Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,619 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

އިޤުތިސާދު އިނދަ ޖައްސާލުމަށް އިދިކޮޅުން ބަންގްލަދޭޝް މީހުނާއެކު މަނީ ލޯންޑްރީ ހިންގަނީ: ޝިފާޢު
Raajje

އިޤުތިސާދު އިނދަ ޖައްސާލުމަށް އިދިކޮޅުން ބަންގްލަދޭޝް މީހުނާއެކު މަނީ ލޯންޑްރީ ހިންގަނީ: ޝިފާޢު

ރާއްޖޭގެ އިޤްތިސާދު އިނދަ ޖައްސާލުމަށް އިދިކޮޅުން ބަންގުލަދޭޝް މީހުނާއެކު މަނީ ލޯންޑްރީ ހިންގަމުންދާ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިގޮތަށް މަނީ ލޯންޑްރީ ހިންގަމުން ދަނީ ކުރެޑިޓު ކާޑުތަށް ބޭނުންކޮއްގެން ކަމަށެވެ. ޝިފާޢު މިއަދު ކުރެއްވި ޓުވީޓެއް ވިދާޅުވީ ‏ދިވެހި އިޤުތިސާދު އިނދަ ޖައްސާލުމުގެ ބޭނުމުގަ އިދިކޮޅުފަރާތްތަކުން، ކުރެޑިޓު ކާޑުތަށް ބޭނުންކޮއްގެން ބަންގުލަދޭޝް މީހުނާއެކު މަނީ ލޯންޑްރީ ހިންގަން ފަށައިފި ކަމަށެވެ...

ޒުވާނުންގެ އިސްނެގުމާއިއެކު މައްސަލަތަކަށް ހައްލު ހޯދުމަށް "ދިއްދޫ ރައްޔިތުންގެ އަޑު" 
Thiladhunmathi News

ޒުވާނުންގެ އިސްނެގުމާއިއެކު މައްސަލަތަކަށް ހައްލު ހޯދުމަށް "ދިއްދޫ ރައްޔިތުންގެ އަޑު" 

“ދިއްދޫ ރައްޔިތުންގެ އަޑު” ގެ ނަމުގައި ޒޫމް މެދުވެރިކޮން ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަން ފަށައިފި އެވެ. “ދިއްދޫ ރައްޔިތުންގެ އަޑު” ގެ ފުރަތަމަ ބައްދަލުވުމަށްފަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިއީ ދިއްދޫގެ ތަރައްޤީއާއި ދިއްދޫގައި ހުރި މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން އުފެއްދިފައިވާ ޙަރަކާތެކެވެ. މި ޙަރަކާތުގެ މައިގަނޑު އަސާސްތަކަކީ، ދިއްދޫ ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް ދިއްދޫއިން ޚިދުމަތް ހޯދާ އަތޮޅުގެ ރައްޔިތުންނަށް ވެސް ގިނަ ޚިދުމަތްތަ...

Raajje

އިންކަމް ސަޕޯޓް އެލަވެންސް ލިބުނުތަ؟ ޖުމްލަ 59.1 މިލިއަން ރުފިޔާ ދޫކޮށްފި

މިހާތަނަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 6،388 މީހަކަށް ޖުމްލަ 59.1 މިލިއަން ރުފިޔާ ދޫކޮށްފިކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވެންސް ދީފައި ވަނީ 6،388 މީހަކަށެވެ. މި ސްކީމްގެ ދަށުން މިހާތަނަށް ޖުމްލަ 59.1 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ކޯވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ “އިންކަމް ސަޕޯޓް […]

ޕްރިންސިޕަލުންގެ ޓެނުއަރޝިޕް އުޞޫލު އާއްމު ކޮށްފި
Raajje

ޕްރިންސިޕަލުންގެ ޓެނުއަރޝިޕް އުޞޫލު އާއްމު ކޮށްފި

ޕްރިންސިޕަލް މަޤާމަކީ އެޑިޔުކޭޝަން މިނިސްޓްރީގެ އޮނިގަނޑުގައި ހިމެނިފައިވާ މަޤާމެއް ގޮތުގައި ކަނޑައަޅުއްވާ ޕްރިންްސިޕަލުންގެ ޓެނުއަރޝިޕް އުސޫލު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އާއްމުކޮށްފިއެވެ. މި އުޞޫލުގައިވާގޮތުން ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި އެންމެ ގިނަ ދުވަހު ހުރެވޭނީ ޖެހިޖެހިގެން 4 އަހަރުގެ 2 ދައުރާއެކު ޖުމުލަ 8 އަހަރެވެ. މި އުޞޫލުގެ މައިގަނޑު މަޤްސަދަކީ ދިގުމުއްދަތެއްގައި އެއް ޕްރިންސިޕަލެއް ސްކޫލް ހިންގަން ހުރުމުން ދިމާވާ އެކި އެކި މައްސަލަތައް ހައްލުކުރުމާއި، އައު ޚިޔާލުތައް ސްކޫލު...

ޖަލުތަކަށް ފޯނާއި، ޑްރަގް ވައްދާ ވިޔަފާރިކުރާ ފަރާތްތައް ހޯދެންޖެހޭ: ނިހާދު
Raajje

ޖަލުތަކަށް ފޯނާއި، ޑްރަގް ވައްދާ ވިޔަފާރިކުރާ ފަރާތްތައް ހޯދެންޖެހޭ: ނިހާދު

ޖަލުތަކަށް ފޯނާއި، ސިމް ކާޑާއި އަދި ޑްރަގް ވައްދާ ވިޔަފާރިކުރާ ފަރާތްތައް ހޯދެން ނުޖެހޭ ސަބަބެއް ނެތް ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. ނިހާދު މިހެންވިދާޅުވީ “ޖަލުތަކުގެ މުވައްޒަފުން ވިސްލްބްލޯކުރުމާބެހޭ ޤާނޫނުނަށް އަހުލުވެރި ކުރުވަނީ” ސުރުޚީ ދަށުން ގެނެސްފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓުވީޓެއްގައި އެވެ. ނިހާދު ވިދާޅުވީ ޖަލުތަކަށް އެފަދަ ތަކެތި ވައްދައި ވިޔަފާރިކުރާ މީހުން ހޯދެން ނުޖެހޭ ސަބަބެއް ނެތްކަމަށާއި، ކިޔައި އުޅެނީ އެ ވިޔަފާރިއަކީ ޖަލު ބަލަހައްޓާ ވެ...

ކުޅުދުއްފުށި - ކޮޗިން ކާގޯފެރީ: މިމަހުގެ ފަހުކޮޅު ފަށަނީ، މަހަކު ދެ ދަތުރު ބާއްވާނެ
Thiladhunmathi News

ކުޅުދުއްފުށި - ކޮޗިން ކާގޯފެރީ: މިމަހުގެ ފަހުކޮޅު ފަށަނީ، މަހަކު ދެ ދަތުރު ބާއްވާނެ

އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުޓާދެމެދު މިމަހުގެ ފަހުކޮޅު ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެކަމަށް ޓާރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ. ޓާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވަނީ މިކަމާގުޅޭ އެންމެ ފަހުގެ މަޝްވަރާތަކާއި ތައްޔާރީތަށް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާވަނީ ކުޅުދުއްފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި މިކަމާގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. ޓްރާންޕޯޓް މިނިސްޓްރ...

ސަރުކާރުން އުޅެނީ ބިރުދައްކައި ގޯނާކުރަން: ވަހީދުގެ އޮފީސް
Raajje

ސަރުކާރުން އުޅެނީ ބިރުދައްކައި ގޯނާކުރަން: ވަހީދުގެ އޮފީސް

އިއްޔެވެސް ރައީސް ވަޙީދު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ކަމަށާއި، ސަރުކާރުގެ މިފަދަ އަމަލުތަކަކީ އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުމާއި، ގޯނާކުރުމާއި، ސިޔާސީ ހަރަކާތް ހިންގުން ހަނިކޮށް، ދަތިކުރުމަށްޓަކައި ހިންގަމުންދާ އަމަލުތައްކަމަށް ދެކޭކަމަށް ރައީސް ވަޙީދުގެ އޮފީހުން ބުނެފިއެވެ. ރައީސް ވަޙީދުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިޔާސީ ކަންކަމުގައި ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދަވާތީ، އެކަމާއި ގުޅޭގޮތުން އިއްޔެ ހަވީރު 4:00 ގައި އެމަނިކުފާނު 2 ވަ...

މުއްދަތު ހަމަވިއިރު ޖާބިރާއި ނަސީރު މާލީ ބަޔާން ހުށަނާޅުއްވާ
Raajje

މުއްދަތު ހަމަވިއިރު ޖާބިރާއި ނަސީރު މާލީ ބަޔާން ހުށަނާޅުއްވާ

ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަން އޮންނަ މުއްދަތު ހަމަވިއިރު، މަޖިލީހުގެ ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި މުލަކު ދާއިރާގެ މެމްބަރު އިބްރާޙިމް ނަސީރު ފިޔަވާ އެހެން ހުރިހާ މެމްބަރުން މަލީ ބަޔާން ހުށަހަޅައިފިއެވެ. މަޖިލިސް ގަވާޢިދުގައި ބުނާ ގޮތުން މަޖިލިސް މެމްބަރުންނާއި އެ މެމްބަރުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅުއްވަން ޖެހެނީ ކޮންމެ އަހަރެއްގެ އޮގަސްޓް 31ގެ ކުރިންނެވެ. މަޖިލިސް ގަވާޢިދު ބުނާގޮތުން […]

ހަނިމާދޫއަށް އިންޑިއާ އަސްކަރީ ދެ މަތިންދާ ބޯޓު ޖައްސައިފި
Thiladhunmathi News

ހަނިމާދޫއަށް އިންޑިއާ އަސްކަރީ ދެ މަތިންދާ ބޯޓު ޖައްސައިފި

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް އަވަށްޓެރި އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓު ޖައްސައިފިއެވެ. މި ދެ މަތިންދާ ބޯޓުވެސް އެ އެއަރޕޯޓަށް ޖައްސާފައި ވަނީ މިއަދު ހެނދުނުއެވެ. މި ގޮތުން ޖެއްސި ފުރަތަމަ މަތިންދާ ބޯޓު އެ އެއަރޕޯޓަށް ޖައްސާފައި ވަނީ ހެނދުނު 10:25 ހާއިރެވެ. އަނެއް ބޯޓު ޖެއްސީ އޭގެ ދިހަވަރަކަށް މިނެޓް ފަހުންނެވެ. އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓު ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސުމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ މިއީ ސިލްސިލާކޮށް […]

ކޭޑީ ވުމެންސް ވޮލީ މުބާރާތުގެ ޗެންޕިޔަންކަން މިޑްލްސް ސްޕޯޓްސް ކުލަބް
Thiladhunmathi News

ކޭޑީ ވުމެންސް ވޮލީ މުބާރާތުގެ ޗެންޕިޔަންކަން މިޑްލްސް ސްޕޯޓްސް ކުލަބް

ހއ. ދިއްދޫގައި ކުރިއަށްދިޔަ “ކޭޑީ ވުމެންސް ވޮލީ ބޯޅަ މުބާރާތުގެ” ޗެންޕިޔަންކަން މިޑްލްސް ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ. މިމުބާރަތަކީ ދިއްދޫގައި ދިރިއުޅޭ އަންހެން ކަނބަލުން ނަށް ދިއްދޫ ޒުވާން ވިޔަފާރި ވެރިޔާ ކޭ ޑީ އާއި ޒުވާނުންގެ މަރުކަޒު ގުޅިގެން ބޭއްވި މުބާރާތެކެވެ. ދިއްދޫ ޒުވާނުންގެ މަރުކަޒުގައި ގައި ކުރިއަށްދިޔަ މިމުބާރާތުގެ ފައިނަލްގައި މިޑްލްސް ސްޕޯޓްސް ކުލަބާއި ބައްދަލުކޮށްފައިވަނީ ޓީމް ހިޔަލަ އިންނެވެ. ފައިނަލް މެޗް މިޑްލްސް ސްޕޯޓްސް އިން ކާމިޔާބު ކޮށްފައިވަނީ 3 ސެޓު […]

84 އަހަރުގެ މީހަކު މޫދަށް ވެއްޓި މަރުވެއްޖެ
Raajje

84 އަހަރުގެ މީހަކު މޫދަށް ވެއްޓި މަރުވެއްޖެ

84 އަހަރުގެ މީހަކު މޫދަށް ވެއްޓި މަރުވެއްޖެ އެވެ. މިޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިރޭ 20:45 އެހައިކަންހާއިރު ތ ގުރައިދޫ ގައި 84 އަހަރުގެ ދިވެހި ފިރިހެނަކު، އެ ރަށު ޖެޓީއާއިދިމާ ފަޅުތެރެއަށް މޫދަށް ވެއްޓިފައިވާކަމަށެވެ. ފުލުހުން ބުނީ އެމީހާ މަރުވެފައިވަނީ ގުރައިދޫ ހެލްތު ސެންޓަރ އަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ. މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ބުނެއެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ މަރުވި މީހާއަކީ އެކަނި […]

ޗައިނާގެ ސިޔާސަތަކީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަދެ، ގުޅުން ބަދަހިކުރުން: ސަފީރު
Raajje

ޗައިނާގެ ސިޔާސަތަކީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަދެ، ގުޅުން ބަދަހިކުރުން: ސަފީރު

ޗައިނާއިން އަބަދުވެސް ގެންގުޅޭ ސިޔާސަތަކީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަދެ، ޤައުމުތަކާއި ގުޅުން ބަދަހިކުރުމުގެ ސިޔާސަތު ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ. ސަފީރު މިގޮތަށް ވިދާޅުވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ޗައިނާއިން އެހީވެދީ، ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަަންނަމުންދާ ކަމަށް ތުހުމަތު ކުރައްވައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލ...

މިއީ މަސައްކަތް ތެރިންނަށް ކަޅު ދުވަހެއް: އެމްއެޗްޕީޔޫ
Raajje

މިއީ މަސައްކަތް ތެރިންނަށް ކަޅު ދުވަހެއް: އެމްއެޗްޕީޔޫ

ރައްޔިތުންގެ މަޖްލިސްއިން އިއްޔެ ވަޒީފާ އާއި ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު، އިއްޔެއަކީ މަސައްކަތް ތެރިންނަށް ކަޅު ދުވަހެއް ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނެފިއެވެ. އެ ޖަމްޢިއްޔާއިން މިހެން ބުނެފައި ވަނީ އިއްޔެ އެ ޖަމްޢިއްޔާއިން ކޮށްފައިވާ ޓުވީޓެއްގައި އެވެ. އެމްއެޗްޕީޔޫއިން ބުނީ ރައްޔިތުންގެ މަޖްލިސްއިން، ވަޒީފާ އާއި ބެހޭ ގާނޫނަށް، ގެނައި އިސްލާހުތަކާއި އެކު، ޖޮބް ސެކިއުރިޓީ ގެއްލިގެންދާނެ ކަމަށެވެ. ” މިއީ، މަސައްކަތް ތެރިންނަށް ކަޅު ދުވަހެކެވެ. [...

ލޮޓަސް ފިހާރައިން ރާއްޖޭގެ ކޮންމެ ދަރިވަރަކަށް ސެނިޓައިޒަރ ފުޅިޔެއް ދެނީ
Business

ލޮޓަސް ފިހާރައިން ރާއްޖޭގެ ކޮންމެ ދަރިވަރަކަށް ސެނިޓައިޒަރ ފުޅިޔެއް ދެނީ

ލޮޓަސް ފިހާރައިން ރާއްޖޭގެ ހުރިހާ ސްކޫލް ދަރިވަރުންނަށް ހޭންޑް ސެނިޓައިޒަރ ފުޅިޔެއް ހިލޭ ދިނުމަށް ނިންމައިފި އެވެ. ލޮޓަސް ފިހާރައިގެ ޗެއާމަން އަހްމަދު އާރިފް މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ހޭންޑް ސެނިޓައިޒާ ދިނުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ. “ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުން (74،000 ކުދިންނަށް) ކޮންމެ ކުއްޖަކަށް ހޭންޑް ސެނިޓައިޒާ ފުޅިއެއް ދެނީ. އެކި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މި ހަފްތާގައި ފަށާނެ.” އާރިފް ކުރެއްވި ޓުވިޓުގަ...

ހަނިމާދޫއިން ވެލިނަގާ މައްސަލަ ބޮޑު ވެއްޖެ
Thiladhunmathi News

ހަނިމާދޫއިން ވެލިނަގާ މައްސަލަ ބޮޑު ވެއްޖެ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫއިން ވެލިނަގާމައްސަލަ ބޮޑުވެފައިވާކަމަށް ހަނިމާދޫ ކައުންސިލްގެ އިދާރާ އިން ބުނެފިއެވެ. އެކައުންސިލްގެ އިދާރާއިން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ މިހާރަކަށްއައިސް ރަށުގެ އެކި ސަރަޙައްދުތަކުން ވަޅުކޮނެގެން ވެލިނެގުން އާއްމުވެ ރަށުގެ އެކި މަގުތަކަށް ދަތިވެ ނުރައްކާވާގޮތަށް ރަށުގެ އެކި ސަރަޙައްދުތަކުން ވެލިނެގުން ވަރަށްބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ވެލިނެގުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ބެލުމެއްނެތި ބައެއްފަރާތްތަކުން ޢަމަލު ކުރަމުން ގެންދާތީ ރަށުގެ އ...