ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫއިން ވެލިނަގާމައްސަލަ ބޮޑުވެފައިވާކަމަށް ހަނިމާދޫ ކައުންސިލްގެ އިދާރާ އިން ބުނެފިއެވެ.
އެކައުންސިލްގެ އިދާރާއިން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ މިހާރަކަށްއައިސް ރަށުގެ އެކި ސަރަޙައްދުތަކުން ވަޅުކޮނެގެން ވެލިނެގުން އާއްމުވެ ރަށުގެ އެކި މަގުތަކަށް ދަތިވެ ނުރައްކާވާގޮތަށް ރަށުގެ އެކި ސަރަޙައްދުތަކުން ވެލިނެގުން ވަރަށްބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
ވެލިނެގުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ބެލުމެއްނެތި ބައެއްފަރާތްތަކުން ޢަމަލު ކުރަމުން ގެންދާތީ ރަށުގެ އެއްވެސް ސަރަޙައްދަކުން ވެލި، ގައު، އަކިރި ފަދަ އެއްޗެއް ނަގަންވާނީ ރަށުކައުންސިލުން ހުއްދަ ހޯދައިގެން ކަމުގައި ތަކުރާރުކޮށް ވާނީ އެންގިފައިކަމަށް ބުނެފައިވެ އެވެ.
ވީމާ، ރަށުގެ އެއްވެސް ސަރަޙައްދަކުން ވެލި، ގައު، އަކިރި ފަދަ އެއްވެސް އެއްޗެއް ނަގަންވާނީ ކައުންސިލުން ލިޔުމުން ހުއްދަ ހޯދައިގެން ހުއްދަދޭ ސަރަޙައްދަކުން ހުއްދަދިން ޢަދަދަކަށް ހުއްދަ ދެވިފައިވާ ތާރީޚެއްގައެވެ. އަދި ވެލި، ގައު، އަކިރި ނަގާމީހުން އެމަސައްކަތް ކުރާއިރު ކައުންސިލުގެ ލިޔުން މަސައްކަތްކުރާ މީހުންގެ އަތުގައި ފުލުހުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ދެއްކޭގޮތަށް އޮންނަންވާނެއެވެ.
އެކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވެއެވެ.
2020 ސެޕްޓެމްބަރ 6 ވަނަ ދުވަހުން ފެށިގެން ހުއްދަނެތި ވެލި، ގައު، އަކިރި ނަގާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އަޅަމުން ގެންދާނެ ކަމުގައި ދަންނަވާފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!