"ދިއްދޫ ރައްޔިތުންގެ އަޑު" ގެ ނަމުގައި ޒޫމް މެދުވެރިކޮން ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަން ފަށައިފި އެވެ.

"ދިއްދޫ ރައްޔިތުންގެ އަޑު" ގެ ފުރަތަމަ ބައްދަލުވުމަށްފަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިއީ ދިއްދޫގެ ތަރައްޤީއާއި ދިއްދޫގައި ހުރި މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން އުފެއްދިފައިވާ ޙަރަކާތެކެވެ. މި ޙަރަކާތުގެ މައިގަނޑު އަސާސްތަކަކީ، ދިއްދޫ ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް ދިއްދޫއިން ޚިދުމަތް ހޯދާ އަތޮޅުގެ ރައްޔިތުންނަށް ވެސް ގިނަ ޚިދުމަތްތަކެއް ލުއިފަސޭހަކަމާއެކު ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ބާރު އެޅުމެވެ. އަދި ދިއްދޫގެ ކަންކަމާ ޙަވާލުވެ ތިއްބެވި ފަރާތްތައް ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ޖަވާބުދާރީކުރުވަން މަސައްކަތްކުރުމެވެ. މީގެ އިތުރުން، ދިއްދޫގައި މިހާރު ހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރާއި ދިއްދޫ ކައުންސިލާ ގުޅިގެން މަސައްކަތްކުރުންކަމަށެވެ.

Ad
rt

ފުރަތަމަ ބައްދަލުވުމުގައި، ދެ ޖިންސުގެ 33 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މި ޒުވާނުން ދާއިމީ ގޮތެއްގައި ޙަރަކާތްތެރިވުމާއި، މި މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މިބައްދަލުވުމަކީ ތަޢާރަފްގެ ބައްދުލުވުމެއްކަމަށާއި ކޮންމެ ހަފްތާއަކު ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ރޭވިފައިވާކަމަށް އެފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ "ދިއްދޫ ރައްޔިތުންގެ އަޑު" މި ޙަރަކާތުގައި ބައިވެރިވެވަޑައިގަންނަވާ އެންމެ ބޭފުޅުންނަކީ ވޮލަންޓިއަރ އުސޫލުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންކަމަށާއި އަދި މި ޙަރަކާތުގައި އިތުރު ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު ވަނީ އާންމުކޮށް ހުޅުވާލެވިފައިކަމަށެވެ. އަދި ދިއްދޫގެ ކޮންމެ ރައްޔިތަކު ވެސް މި ޙަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް މަރުޙަބާކިޔާކަމަށެވެ.

"ދިއްދޫ ރައްޔިތުންގެ އަޑު" މި ޙަރަކާތުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރަޖިސްޓްރީކުރެއްވި ބައެއް ބޭފުޅުންނަށް ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ޒޫމް މީޓިންގ ގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިނުގެންނެވީތީ ނިހާޔަތަށް މަޢާފަށް އެދޭކަމަށާއި އަދި ކުރިއަށް އޮތް ބައްދަލުވުންތަކުގައި އެ ކަން ޙައްލުކުރެވިގެންދާނެކަމުގެ ޔަޤީންކަން އަރުވާކަމަށް ބުނެފައިވެއެވެ. އަދި މިހާރު މި ޙަރަކާތުގެ ވައިބަރ ގްރޫޕެއް ހެދިފައިވާތީ، އެ ގްރޫޕް މެދުވެރިކޮށް ޙަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު އޮތް ވާހަކައާއި، ޙަރަކާތުގެ ހުރިހާ ޒޫމް މީޓިންގ ތަކުގައި ބައިވެރިވެވަޑައިގެންނެވޭނެ ވާހަކަ ދަންނަވާފައިވެއެވެ. އަދި މި ޙަރަކާތުގެ ކުރިއަށް ހުރި ޕްރޮގްރާމްތަކާއި މަސައްކަތްތަކުގެ މަޢުލޫމާތު ލިބިވަޑައިގަންނަވާނެ ކަމުގައި ދަންނަވާފައިވެ އެވެ.

"ދިއްދޫ ރައްޔިތުންގެ އަޑު" ޙަރަކާތާ ގުޅިވަޑައިގެންނެވި އެންމެ ބޭފުޅުންނަށް ޙަރަކާތުގެ ނަމުގައި މަރުޙަބާއާއި ޝުކުރު ދަންނަވަމެވެ. އަދި މި ޙަރަކާތަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަލްފާޟިލް ޢަބްދުﷲ ވަޙީދުގެ ދެއްވާނެކަމުގައި އެ މަނިކުފާނު އިއްޔެ ހާމަކުރައްވާފައިވާތީ، އެކަމަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

އެބަޔާނުގައި ބުނެފައިވެއެވެ.

ދިއްދޫގެ ޒުވާނުން އިސްނަގައިގެން ދިއްދުއަށް މި ވަގުތު ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުމަށާއި...

Posted by Dhidhdhoo Online on Saturday, September 12, 2020

މިބައްދަލުވުންތަކުގައި މަޝްވަރާކުރެވޭ ކަންކަމާއި ކުރިއަށް ކުރަން ރޭވެމުންދާކަންކަން ހިއްސާކުރުމަށް ވައިބަރ ގުރޫޕްއެއް ހެދިފައިވާކަމަށާއި ކުރިއަށް އޮތްތަނުގައި ފޭސްބުކް ޕޭޖްއެއް އަދި ވެބްސައިޓްއެއް ފަރުމާކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެފަރާތުން ހާމަކުރެއެވެ.

"ދިއްދޫ ރައްޔިތުންގެ އަޑު" މި ނަމުގައި ދިއްދޫގެ ތަރައްޤީއަށް މަސައްކަތްކުރުމަށާއި، ދިއްދުއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ޒުވާނުން ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން މިރޭ ހިންގަން ފެށުނު ޙަރަކާތަށް އަޅުގަނޑު މަރުޙަބާ ކިޔަމެވެ. އަދި ރަށުގެ ތަރައްޤީއަށާއި ކުރިއެރުމަށް އެ ބޭފުޅުން ކުރައްވާ މަސައްކަތްތަކުގައި އަޅުގަނޑުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން ދިއްދޫ ދާއިރާގެ މެންބަރ އަބްދުﷲ ވަހީދު ވިދާޅުވެފައިވެއެވެ.