ރާއްޖޭގެ އިޤްތިސާދު އިނދަ ޖައްސާލުމަށް އިދިކޮޅުން ބަންގުލަދޭޝް މީހުނާއެކު މަނީ ލޯންޑްރީ ހިންގަމުންދާ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

ޝިފާޢު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިގޮތަށް މަނީ ލޯންޑްރީ ހިންގަމުން ދަނީ ކުރެޑިޓު ކާޑުތަށް ބޭނުންކޮއްގެން ކަމަށެވެ.

Ad
rt

ޝިފާޢު މިއަދު ކުރެއްވި ޓުވީޓެއް ވިދާޅުވީ ‏ދިވެހި އިޤުތިސާދު އިނދަ ޖައްސާލުމުގެ ބޭނުމުގަ އިދިކޮޅުފަރާތްތަކުން، ކުރެޑިޓު ކާޑުތަށް ބޭނުންކޮއްގެން ބަންގުލަދޭޝް މީހުނާއެކު މަނީ ލޯންޑްރީ ހިންގަން ފަށައިފި ކަމަށެވެ.

"މިކަން ތަހުގީގުކޮއް ވަގުތުން މިކަން ހުއްޓުވަން ޖެހޭ، އެއަމަލުތަށް ހިންގި ފަރާތްތަށް ވެސް ހިފާ ހައްޔަރުކުރޭ"

ޝިފާޢު ވިދާޅުވިއެވެ.

އެމްއެމްއޭ، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ބޭންކް އޮފް މޯލްޑިވްސް ޓެގް ކުރަށްވާ ޝިފާޢު އިތުރަށް ވިދާޅުވީ ‏ގައުމަށް ޑޮލަރތާށިވި ވަގުތު އިދިކޮޅު ފަރާތްތަށް މަނީ ލޯންޑަރ ކޮއްގެން ގައުމުން މިލިޔަނުން ދަނީ ޑޮލަރ ބޭރުކުރަމުން ކަމަށެވެ.

ވަގުންވައްކަން ކުރުން ހުއްޓުވުން އަވަސްކުރަންޖެހޭ ކަމަށް ވެސް ޝިފާޢު ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދު ހުއްޓި، ބޮޑު ގޮންޖެހުމަކާއި ކުރިމަތިވެފައި މިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަން ވެސް ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ވަނީ ރަނަށް ވެފައެވެ.

ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް އުފުލިފައިވާއިރު، މި ކަމުގެ ސަބަބުން މުދަލުގެ އަގު ބޮޑުވެ އާންމު ރަށްޔިތު މީހާގެ ރިހޭ ފައި މަށްޗަށް ފޮއި ވެއްޓޭ ހާލަތަށް ހާލަތު ވަނީ ބަދަލުވެފައެވެ.