ޗައިނާއިން އަބަދުވެސް ގެންގުޅޭ ސިޔާސަތަކީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަދެ، ޤައުމުތަކާއި ގުޅުން ބަދަހިކުރުމުގެ ސިޔާސަތު ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ސަފީރު މިގޮތަށް ވިދާޅުވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ޗައިނާއިން އެހީވެދީ، ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަަންނަމުންދާ ކަމަށް ތުހުމަތު ކުރައްވައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވާހަކަ ދައްކަވާފައި ވަނިކޮށް ކުރަށްވާފައިވާ ޓްވީޓެއްގައެވެ.

Ad
rt

ސަފީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާއިން އެންމެ ކުރިން ފެށިގެން ވެސް ގެންގުޅެނީ، ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަދެ، ގުޅުން ބަދަހިކުރުމުގެ ސިޔާސަތެއް ކަމަށާއި އެކަން ސާބިތުވެސް ކޮށްދީފައި ވާނެ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް ބަޔަކު ދައްކާ ދޮގު ވާހަކަތަކެއްގެ ސަބަބުން، ނުވަތަ ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ކުޅޭ ކުޅިވަރުތަކުގެ ތެރެއަށް ޗައިނާ ވައްދަން އުޅުނު ނަމަވެސް، އެ ސިޔާސަތު ބަދަލުނުވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

ދިވެހިރައްޔިތުންގެ އަސާސީ ޚިދުމަތްތައް ކަށަވަރު ކޮށްދިނުމަށް ޗައިނާއިން އަބަދުވެސް އެހީތެރިވެ ދިނުމުގައި ދެމި އޮންނާނެކަމަށް ޗައިނާ ސަފީރު ޖަންގް ލިޖޮންގް ގެންދަވަނީ ވިދާޅު ވަމުންނެވެ.