ލޮޓަސް ފިހާރައިން ރާއްޖޭގެ ހުރިހާ ސްކޫލް ދަރިވަރުންނަށް ހޭންޑް ސެނިޓައިޒަރ ފުޅިޔެއް ހިލޭ ދިނުމަށް ނިންމައިފި އެވެ.
ލޮޓަސް ފިހާރައިގެ ޗެއާމަން އަހްމަދު އާރިފް މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ހޭންޑް ސެނިޓައިޒާ ދިނުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުން (74،000 ކުދިންނަށް) ކޮންމެ ކުއްޖަކަށް ހޭންޑް ސެނިޓައިޒާ ފުޅިއެއް ދެނީ. އެކި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މި ހަފްތާގައި ފަށާނެ."
އާރިފް ކުރެއްވި ޓުވިޓުގައި ވިދާޅުވެފައިވެ އެވެ.
Rajjeyge hurihaa school thakkegge dharivarun (74,000 kudhin) nah komme kujjakah hand sanitizer fulhiyeh dhenee. Eki rahrashah fonuvumuge masakkaiy mi hafthaaga fashaane.
— Ahmed Arif (@Arttey) September 6, 2020
އާރިފް އިތުރަށް ބުނެފައިވަނީ ކުޑަކުދިންނަށް ދިނުމަށް ހަމަޖެހިފައިވަނީ 100 އެމްއެލްގެ ފުޅިއެއްކަަމަށާއި ބޮޑެތި ކުދިންނަށް 200 އެމްއެލް ގެ ފުޅީއެއް ދިނުމަށް ނިންމާފައިވާކަމަ ށެވެ.
އާންމުންނަށް ހެޔޮ އަގުގައި ހޭންޑް ސެނިޓައިޒާ ލިބޭނެ ގޮތް ފަހިކޮށް ލޮޓަސް ފިހާރަ އިން ދެ ބްރޭންޑެއްގެ ހޭންޑް ސެނިޓައިޒާ ވަނީ ތައާރަފުކޮށްފަ އެވެ.
އެގޮތުން ރާގާރ ސެނިޓައިޒާގެ 100 އެމްއެލް ފުޅިއެއްގެ ރީޓެއިލް އަގަކީ 15 ރުފިޔާ އެވެ. ދުއިސައްތަ އެމްއެލްގެ ފުޅިއެއް 26 ރުފިޔާ އަށް އަދި އެއް ލީޓަރު ފުޅިއެއް 125 ރުފިޔާ އަށް ވިއްކާއިރު ފަސް ލީޓަރު ހަމެއް ވިއްކާނީ 495 ރުފިޔާ އަށެވެ. ޑިއަރ ބޮޑީގެ 50 އެމްއެލް ފުޅިއެއްގެ ރީޓެއިލް އަގަކީ 16 ރުފިޔާ އެވެ. 236 އެމްއެލް ފުޅިއެއްގެ އަގަކީ 32 ރުފިޔާ އެވެ. އަދި 500 އެމްއެލް ފުޅިއެއް ވިއްކާނީ 50 ރުފިޔާ އަށެވެ.
ލޮޓަސް ފިހާރަ އަކީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގައި ފުންނާބު އުސް އަދި އެކި ކަންކަމުގައި މުޖުތަމަޢުއަށް އެހީތެރިވަމުން އަންނަ ފިހާރައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!