84 އަހަރުގެ މީހަކު މޫދަށް ވެއްޓި މަރުވެއްޖެ އެވެ.
މިޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިރޭ 20:45 އެހައިކަންހާއިރު ތ ގުރައިދޫ ގައި 84 އަހަރުގެ ދިވެހި ފިރިހެނަކު، އެ ރަށު ޖެޓީއާއިދިމާ ފަޅުތެރެއަށް މޫދަށް ވެއްޓިފައިވާކަމަށެވެ.
ފުލުހުން ބުނީ އެމީހާ މަރުވެފައިވަނީ ގުރައިދޫ ހެލްތު ސެންޓަރ އަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ. މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ބުނެއެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ މަރުވި މީހާއަކީ އެކަނި ހިނގާ އުޅޭ މީހެއްކަމަށާއި އެމީހާ ބަނދަރަށް ވެއްޓިފާ އޮއްވާ ފެނުނީ ޑިންގީއެއްގައި ތިބި ދެމީޙުންނަށް ކަމަށެވެ. އެމީހާ ނަގައިގެން ގެންދިޔައީ އެމީހުންކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު މަޢުލޫމާތު ދީފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!