އިހަވަންދޫ ފެނަކަ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފި
ހއ. އިހަވަންދޫ ފެނަކަ ކޯޕަރޭޝަންގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ. ފެނަކަ އިހަވަންދޫބުރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ މިއަދު ހެނދުނު 8:45 ގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުޙައްމަދު އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާޢު އެވެ މިރަސްމިއްޔާތު ބާއްވާފައި ވަނީ އައު އޮފީސް އިމާރާތް އެޅުމަށް ޓަކައި ފެނަކަ އަށް ދޫކޮށްފައިވާ ބިމުގައެވެ. ބިންގާ އަޅުއްވައި ދެއްވުމަށްފަހު މިރަސްމިއްޔާތުގައި ވާހަކ...