ހއ. ހޯރަފުށި، މޫސާ ފަޟްލީން ރޭ މިދުޔެއާއި ވަކިވެގެން ދިޔުމުން މުޅި ހޯރަފުއްޓަށް ވަނީ މޮޅިވެރިކަމާއި، ފުން ހިތާމައެއް ލިބިފައެވެ.
ހޯރަފުށި ދާއިރާގެ މަޖިލިސް މެންބަރ އަޙްމަދު ސަލީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޫސާ ފަޟްލީން ކުއްލި ގޮތަކަށް ނިޔާވުމަކީ ހޯރަފުއްޓަށް ލިބުނު ހިތާމައެއް ކަމަށެވެ.
މި ހިތާމައިގައި އަޅުގަނޑާއި ޢާއިލާ ބައިވެރިވަން. މަރްހޫމް އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މާތްﷲ މިންވަރު ކުރަށްވާށި. އަމީން
ސަލީމް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވެއެވެ.
އަޅުގަނޑުގެ އަޚު މޫސާ ފަޟުލީން ކުށްލިގޮތަކަށް ނިޔާވިޚަބަރު އެހީ ނުހަނުފުން ހިތާމަޔާއި އަސަރާ އެކު. މޫސަގެ ފުރާނައަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރުކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ pic.twitter.com/NT16z7QLtU— Ahmed Shiyam (@Shiyamaldives) October 12, 2020
މޫސާ ފަޟްލީން އަކީ ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި ވަޒީފާ އަދާ ކުރަމުން އައި ޒުވާނެކެވެ. އެޗްޑިސީއިންކުރި ޓުވީޓެއްގައި ބުނެފައިވަނީ ގެއްލިގެން އެދިޔައީ އަގުހުރި ޓީމް މެންބަރެއްކަމަށެވެ. މިހިތާމައިގައި އެކުންފުނިންވެސް ބައިވެރިވާކަން ހާމަކޮށްވަނީ މޫސާ ފަޟްލީންގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައިވެ އެވެ.
It is with great sadness that we learnt the passing of our valued team member Mr. Moosa Fazleen.
May Allah grant him Jannatul Firdaus. Our thoughts and prayers are with his family during this difficult time. pic.twitter.com/B5IggP3ZNi— HDC (@hdcmaldives) October 12, 2020
34 އަހަރުގެ މޫސާ ފަޟްލީން އަކީ ހުޅުމާލޭގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮން ހަރަކާތްތެރިވަމުން އައި ޒުވާނެކެވެ. މޫސާ ފަޟްލީންގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދުގެ ފަހުގައި މަޖިދުލް ތަޢާވުން (އާސަހަރާ މިސްކިތް) ގަ އެވެ. ޖަނާޒާގައި ބައިވެރިވުމަކީ އެއްމުސްލިމަކު އަނެއްމުސްލިމަކަށް އަދާކޮށްދޭންޖެހޭ ޙައްގެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!