ފެނަކައިގެ މުވައްޒަފުންނަކީ ފަންނީ ގާބިލް މުވައްޒަފުންނަށް ހެދުމަށްޓަކައި ޚާއްޞަ ޓްރެއިނިންގ އިންސްޓިޓިއުޓްއެއް "ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް ރިސާރޗް"ގެ ނަމުގައި ގާއިމުކޮށްފި އެވެ.

މިކަމާއިގުޅިގެން ފެނަކައިން ބުނީ ‏އެކުންފުނީގެ ޚިދުމަތުގައި ތިއްބެވި މުވައްޒަފުންނަށް ޚާއްޞަކޮށްގެން ޓްރެއިނިންގ އިންސްޓިޓިއުޓްއެއް ރަޖިސްޓަރީކޮށް، ވުޖޫދު ކުރެވިފައި ވާކަމަށެވެ.

Ad
rt

3300 އަށްވުރެ ގިނަ މުވައްޒަފުން ޚިދުމަތް ކުރައްވަމުންދާ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ދެވޭ ޚިދުމަތުގެ މޭސްތިރިންގެ ގޮތުގައި ޤާބިލު މުވައްޒަފުން އުފެއްދެވުމަށް "ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް ރިސާރޗް" ގެ ނަމުގައި ތަޢުލީމާއި ތަމްރީންދޭ މަރުކަޒެއް ފެނަކަ ކޮޕަރޭޝަންގައި ރަޖިސްތްރީ ކުރެއްވީ މިއަދު އެވެ.

މިއަދު ފެނަކައިގައި ވުޖޫދު ކުރެވިގެން މިދިޔަ އިންސްޓިޓިއުޓްގެ ހަޤީޤީ މަޤްޞަދަކީވެސް ކުންފުނީގެ ވަޒީފާގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ވޮކޭޝަނަލް ޓެރޭނިންގ ދިނުމާއި، ދެވޭ ޚިދުމަތްތަކާއި ގުޅޭ ދާއިރާއިން މަތީ ތަޢުލީމު ހޯދުމުގެ ފުރުޞަތު ތަނަވަސް ކޮށްދިނުންކަމަށާއި އަދި މި އިންސްޓިޓިއުޓްއިން ރިނިޔުމަބް އެނާރޖީ، ފެނާއި ނަރުދަމާ ދިރާސާތައް ކުރެވިގެން ދާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

މި އިންސްޓިޓިއުޓުން ތަޢުލީމް ޙާޞިލްކޮށް ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި ބައިނަލް އަޤްވާމީ ފެންވަރު ހުނަރާއި ޤާބިލުކަން ހުރުމާއިއެކު އެ ދަރިވަރުންނަށް އެފެންވަރުގެ ސެޓްފިކެޓެއް އޮންނާނެއެވެ. ފެނަކަ ކޯޕަރޭޝަން އައި އޯއެސް އަށް ސާރޓިފައިވެފައިވަނީ ކުންފުނީގެ ހިންގުން ހަރުދަނާކުރެވި މުވައްޒަފުންގެ ހީވާގި މަސައްކަތާއިއެކު ދެވޭ ޚިދުމަތް ބައިންލް އަޤްވާމީ ފެންވަރަށް ފެތޭތީކަން މިއަދު މީ ޤަބޫލުކުރަން ޖެހޭ ހަޤީޤަތެކެވެ. ޒަމާން ބަދަލުވެ ފެނަކަ ހިންގުމުގައި ލޯހުޅުވި ހުށިޔާރު މާލިމީއެއްގެ ޙިކުމަތާއިއެކު ކުންފުނީގެ މިސްރާބު ހުރީ ރާއްޖޭގެ ނިސްބަތުން އެންމެ ހަރުދަނާ އަދި ޚިދުމަތުގައި އެންމެ އުސްކުންނަށް ވާޞިލުވުމަށްކަން ފާހަގަ ކޮށްލެވެ އެވެ.

ފެނަކަ ކޯޕަރޭޝަންއަކީ ފެނާއި ނަރުދަމާ އަދި ކަރަންޓް، އަސާސީ ޚިދުމަތުގެ ގޮތުގައި ދެމެހެއްޓެނިވި ރަނގަޅު ޚިދުމަތެއްގެ ގޮތުގައި އަތޮޅުތެރޭގެ ރައްޔިތުންނަށް ފޮރުކޮށްދިނުމާއިއެކު، މި ޚިދުމަތްތަކާއި ގުޅުންހުރި އެންމެހާ ޚިދުމަތްތަކެއް ވިލަރެސްކުރުމަށް އުފައްދަވާ އެ ޚިދުމަތުގައި ހުއްޓުމެންނެތި މަސައްކަތް ކުރައްވާ ކުންފުންޏެކެވެ.

ކުންފުނިން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެއިރަކު ދިމާވާ ގޮންޖެހުންތަކާއިއެކު ކުރިމަތި ލުމަކީ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން އަބަދުވެސް އިސްކަންދެއްވާ ކަމެއްކަމުގައި ފާހަގަ ކުރެވެ އެވެ. ޚިދުމަތް ދެވޭ ކޮންމެ ދާއިރާއެއްގައިވެސް ކަމަށް ޤާބިލު ހުނަރުވެރި ޒުވާނުން އުފެއްދުމަކީ މިސަރުކާރުގެ ވަޢުދަކަށްވެ، ސިޔާސަތުގެ ތެރޭހިމެނި އިދާރާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ހުށަހެޅިފައިވާ ކަމަކަށް ވީހިންދު، ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ލަފަޔާއި އިރުޝާދުގެ ތެރެއިން އަސާސީ ހިދުމަތުން އެއްވެސް ރައްޔިތަކު މަހްރޫމް ވިޔަނުދިނުމާއިއެކު އެ ޚިދުމަތް ކުޑަހިނދުކޮޅަކަށްވެސް މެދުކެނޑުނަ ނުދިނުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރެއްވުމަށް ފެނަކައިގެ އެމްޑީ ސަޢިދު ގެންދަވަނީ އުޅާހަށްވެސް ދެމިނުލާ މަސައްކަތް ކުރައްވަމުންނެވެ.

ޚިދުމަތެއް އޭގެ އެންމެފުރިހަމަ ގޮތުގައި ރައްޔިރުންނާއި ހަމައަށް ފޯރުކޮށްދެވޭނީ ޚިދުމަތް ދިނުމުގައި ސާބިތުވެ ތިއްބެވި މުވައްޒަފުންނަކީ ކަންކަމަށް ލޯހުޅުވި ރޯފިލާފައިވާ ބަޔަކަށްވެގެންކަން މިހާރުގެ މެނޭޖްމަންޓުން އަބަދުވެސް ޤަބޫލުކުރައްވާ ކަމުގައި ފެނަކައިން ބުނެ އެވެ.

މުވައްޒަފުން ޢަމަލީ މައިދާނުގައި މަސައްކަތް ކުރެއްވުމަށް ނުކުންނަވާފައި ތިއްބެވިނަމަވެސް އެ މުވައްޒަފުންގެ ކުރިއެރުމަށް އެކި ހުނަރުތަކާއި ތަމްރީނު ހޯދުމަށް އެއްވެސް ހުރަހެއް އޮވެގެން ވާނެކަމަށް އެމްޑީ ސަޢިދު ޤަބޫލުފުޅެއް ނުކުރައްވައެވެ.

މުވައްޒަފުންނަށް ޚިދުމަތުގައި ތިއްބަވާ، ޢާއިލާއާއިއެކު އެއްފަސްގަނޑެއްގައި ފަސޭހަކަމާއިއެކު ވާޞިލުވޭވޭނެ ހިސާބެއްގައި ތިބެ އުނގެނުމަށް ފުރުޞަތު ތަނަވަސްކޮށްދީ ޒަމާނީ ތަޢުލީމާއި ތަމްރީނު ދިނުމާއިއެކު ޒިންމާދާރު ނަޒާޙަތްތެރި މުވައްޒަފުންތަކެއް ބިނާކޮށްދިނުމަކީ މިއަދު ކުންފުނީގެ އަމާޒެއް

ފެނަކައިން ބުނެފައިވެއެވެ.

އެ އަމާޒަށް ވާޞިލުވުމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ގެ ސީދާ ބެއްލެވުމުގެ ދަށުން މިއަދު މިވަނީ މުވައްޒަފުންގެ ޒަމާންވީ ޝަކުވާތަކަކަށް ނިމުންގެނުވައިދީ މުވައްޒަފުންގެ މަސައްކަތަށް ލިބުނު އިތުރު އާރޯކަމެއް ގެނުވަދީފައެވެ.

ފެނަކައިން މި ވުޖޫދުކުރި ޓްރެއިނިންގ އިންސްޓިޓިއުޓްގެ ސަބަބުން އެ ކުންފުނީގެ މުވައްޒަފުންނަށް އެ މުވައްޒަފުންގެ ދާއިރާތަކުން އިތުރު ތަމްރީނާއި ތަޢުލީމުގެ ފުރުޞަތު ލިބި ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެއެވެ.