އިންޑިއާއާއި ދެކޮޅަށް ހިންގާ ހަރަކާތުގެ ދިދައަކަށް އައިއެސްއައިއެސްގެ ކަޅު ދިދަ ބޭނުން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މަޖިލިސްގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސްގެ މަޤާމުގައިވެސް ހުންނެވި ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރަށްވާފައިވާ ޓުވީޓެއްގައި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއި ދެކޮޅަށް ހިންގާ ހަރަކާތުގެ ދިދައަކަށް އައިއެސްއައިއެސްގެ ކަޅު ދިދަ ބޭނުން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެ ދިދާގައި މިހާރުވާ ލިޔުން އައިއެސްއައިއެސް ދިދާގައިވާ ލިޔުމަށް ބަދަލު ކުރުމަށް ރޭވުމަކީ މިބާވަތުގެ މުއާމަލާތުގައި އާންމު އުކުޅެއް ކަމަށް މިހާރު ދެކެވޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެއަށްފަހު ރައީސް ނަޝީދު އެ ދިވަޑައިގެންފައި ވަނީ އެކަމާއިމެދު ދިވެހިން ވިސްނުމަށެވެ.
''އިންޑިއާއި ދެކޮޅަށް ހިންގާ ހަރަކާތުގެ ދިދައަކަށް އައިއެސްއައިއެސްގެ ކަޅު ދިދަ ބޭނުން ކުރުމަކީ ކަންބޮޑުވާ ކަމެއް، އެ ދިދާގައި މިހާރުވާ ލިޔުން އައިއެސްއައިއެސް ދިދާގައިވާ ލިޔުމަށް ބަދަލު ކުރުމަށް ރޭވުމަކީ މިބާވަތުގެ މުއާމަލާތުގައި އާންމު އުކުޅެއް ކަމަށް މިހާރު ދެކެވޭ، ދިވެހިން ވިސްނާތި''
= މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު=
India aai dhekolhah hingaa harakaathuge dhidha akah ISIS ge kalhu dhidha beynun kurumakee kanboduvaa kameh.E dhidhaiga mihaaruvaa liyun, ISIS dhidhaige liyumah badhal kurumah reyvumakee mi baavathuge muaamalaathuga aanmu ukulheh kamah maahirun dhekey.Dhivehin visnavaathi!
— Mohamed Nasheed (@MohamedNasheed) October 9, 2020
ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައިވާއިރު، އޮކްޓޯބަރު 7 ވަނަ ދުވަހު މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކެމްޕެއިން ހިންގަމުންދަނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް އަޑީގައި ތިބެގެން ކަމަށް ވިދާޅުވެފައި އެވެ.
އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދީނީ ހަރުކަށި ޓެރަރިސްޓް ޖަމާއަތްތަކުން ގައުމުތައް ހިފުމުގެ ކުރިން އަބަދުވެސް މަސައްކަތް ކުރާނީ ބައިނަލްއަގްވާމީ ގޮތުން އެ ގައުމެއް އެކަހެރި ކުރަން ކަމަށެވެ. އިންޑިއާ އައުޓް ކެމްޕެއިނަކީ އޭގެ ހަރަކާތެއް ކަމަށާއި އެކަން ކުރަނީ މަދު ބަޔަކު ކަމަށާއި އަދި ސިޔާސީ ޕާޓީއަކުން އެކަމަށް އެއްބާރުލުން ދޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"...ހަމަގައިމު ވެސް ސަރުކާރުގައި ހިމެނޭ ޕާޓީތަކަކުން ނުވަންނާނެ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމާ މެދު ކަންބޮޑުވެގެން ގިނަ ދިިވެހިން އުޅޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ރައީސް ނަޝީދު ވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވެސް އިންޑިއާ ދިފާޢު ކުރަށްވައި ވާހަކަ ދައްކަވާފައި އެވެ. އެ ޓުވީޓުގައި އެމަނިކުފާނު ވިދާޅުވީ ދިވެހި-އިންޑިއާ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާއި، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި ވަނީ އަދި ދިވެހިންގެ ތަނަވަސްކަން ހޯދޭނީވެސް އިންޑިއާ-ރާއްޖެ ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން ކަމަށެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިނެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!