އެމްޕީއެލްގެ "މައި ބަނދަރު" ޕޭމަންޓް ގޭޓްވޭ އަޕްގްރޭޑްކޮށްފި
މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މައި ބަނދަރު ޕޯޓަލް މައި ބަނދަރު ޕޭމަންޓް ގޭޓްވޭ ފަސޭހަ ހިދުމަތްތަކާއި އެކު އަޕްގްރޭޑްކޮށްފިއެވެ. މިއީ އެމްޕީއެލްގެ ޙިދުމަތް ބޭނުންކުރައްވާ ހުރިހާ ފަރާތްތަކަށް، އެމްޕީއެލްގެ ހިދުމަތްތައް އިތުރު ފުރިހަމަކަމެއް ގެނައުމަށްޓަކައި ގެނެވުނު ބަދަލެއްކަމަށް އެކުންފުނިން ވިދާޅުވި އެވެ. މި ބަދަލާއި އެކު މައި ބަނދަރު ޕޯޓަލްއިންވެސް ލިންކު ބޭނުންކޮށް ޕޯޓަލްއިން ބޭރުންވެސް ފައިސާ ދެއްކުމުގެ އިންތިޒާމާއި އަދި، މޯބައިލް ޕޭ ޕޭގެ ހިދުމަތް ލިބޭނެ ގޮތްވެސް ވަނީ ހަމަޖެހިފަ...