ހއ. ދިއްދޫން މިއަދު 22 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ދިއްދޫން ޕޮޒިޓީވްވެފައިވާ 22 މީހުންގެ ތެރޭގައި ހިމެނެނީ އަލާމާތްތައް ހުރެގެން ފްލޫ ކުލިނިކަށް ދެއްކި 10 މީހަކާއި ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު މީހުންގެ ތެރެއިން ޕޮޒިޓިވްވި 11 މީހުންނެވެ. މީގެ އިތުރުން އެރަށުގައި ނެގުނު ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އެކަކު ޕޮޒިޓިވްވެފައެވެ.

Ad
rt

މިމަހުގެ 24 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައެވެ. މިހާރު އެރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި 45 މީހުން އެބަތިއްބެވެ.

މިފަހުން އެރަށުން ވަނީ 420 ސާމްޕަލްއެއް ނަގާފައެވެ. މީގެ ތެރެއިން ނަތީޖާ ނުލިބި ވަނީ 69 ސާމްޕަލްއެއްގެ އެވެ.

މިމަހުގެ 25 ވަނަ ދުވަހު ކުއްލި ގޮތަކަށް ހއ. އަތޮޅު ހޮސްޕިޓަލުގައި ނިޔާވި މީހެއްވަނީ ކޯވިޑް19 އަށް ޕޮޒިޓީވްވެފައެވެ. އެއާއި އެކު ކޮވިޑް ބަލީގައި އެރަށުން ނިޔާވި މީހުންގެ އަދަދުވަނީ 2 އަކަށް އަރާފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބަށް ބަލާއިރު ރާއްޖެއިން މއިަދު ވަނީ އިތުރު 178 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، 245 މީހުން ބަލިން ރަނގަޅުވެފައެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 73،660 އަށް އަރާފައެވެ.