މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މައި ބަނދަރު ޕޯޓަލް މައި ބަނދަރު ޕޭމަންޓް ގޭޓްވޭ ފަސޭހަ ހިދުމަތްތަކާއި އެކު އަޕްގްރޭޑްކޮށްފިއެވެ.
މިއީ އެމްޕީއެލްގެ ޙިދުމަތް ބޭނުންކުރައްވާ ހުރިހާ ފަރާތްތަކަށް، އެމްޕީއެލްގެ ހިދުމަތްތައް އިތުރު ފުރިހަމަކަމެއް ގެނައުމަށްޓަކައި ގެނެވުނު ބަދަލެއްކަމަށް އެކުންފުނިން ވިދާޅުވި އެވެ.
މި ބަދަލާއި އެކު މައި ބަނދަރު ޕޯޓަލްއިންވެސް ލިންކު ބޭނުންކޮށް ޕޯޓަލްއިން ބޭރުންވެސް ފައިސާ ދެއްކުމުގެ އިންތިޒާމާއި އަދި، މޯބައިލް ޕޭ ޕޭގެ ހިދުމަތް ލިބޭނެ ގޮތްވެސް ވަނީ ހަމަޖެހިފައެވެ. މި ބަދަލާއި އެކު ހުރިހާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއި އަދި ޝިޕިންގ އޭޖެންޓުންނަށްވެސް ފަސޭހަކޮށް އެމްޕީއެލްއަށް ދައްކަންޖެހޭ ފައިސާގެ މުއާމަލާތްތައް އޮންލައިންކޮށް ދެއްކޭނެ ގޮތް މިވަނީ ހަމަޖެހިފައެވެ.
ހިދުމަތަށް އައި ބަދަލުތައް:
. ހުރިހާ ކަސްޓަމަރުންނަށް އޮންލައިންކޮށް ޕޯޓަލްއަށް ރަޖިސްޓްރީ ވެވޭނެ
. މުދަލުގެ ވެރިފަރާތުން އެ ފަރާތެއްގެ މުދަލާ ގުޅޭ ހުރިހާ ތަފްސީލެއް ބަލައިލުމުގެ އިތުރަށް މުދަލަށް ދައްކަން ޖެހޭ ފައިސާ ދެއްކޭނެ
. ޝިޕިންގެ އެޖެންޓުންނަށް އޮންލައިންކޮށް އީޓީއޭ (އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް) އަދި ބީއެލް (ބިލް އޮފް ލޭޑިންގ) ހުށަހެޅޭނެ
. ހުރިހާ ކަސްޓަމަރުންނަށް ފައިސާ ދެއްކި ހުރިހާ ރަސީދުތަކުގެ ތަފްސީލުތައް ކޮންމެ ވަގުތަކުވެސް ޕޯޓަލްއިން ފަސޭހައިން ބަލާލެވޭނެ

"އަޅުގަނޑުމެންގެ އިލްތިމާސަކީ، ކޮވިޑްގެ މިހާލަތުގައި ހުރިހާ ކަސްޓަމަރުންވެސް، އެމްޕީއެލްއަށް އައުމުގެ ބަދަލުގައި ޕޯޓަލްގައި ރަޖިސްޓްރީވެ ހިދުމަތްތައް އޮންލައިންކޮށް ހޯދުން. އަޅުގަނޑުމެންގެ މަގްސަދަކީ، މިހާރު ދެމުންދާ ހުރިހާ ހިދުމަތެއް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހަމައެކަނި އޮންލައިންކޮށް ދިނުމެވެ."
އެކުންފުނިން ވިދާޅުވި އެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލްތައް ކުރިޔަށް އޮތް ދުވަސްތަކުގައި އެ ކުންފުނިން އިއުލާންކުރާނެ ވާހަކަ ހުރިހާ ފަރާތްތަކެއްގެ މައުލޫމާތައްޓަކައި ދަންނަވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!