Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,646 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

އާބާދީ ކުޑަ ރަށްރަށުން މުވައްޒަފުން ނުލިބޭ ނަމަ، އެހެން ރަށެއްގައި ހުރެގެން މަސައްކަތް ކުރެވޭނެ އުސޫލެއް އާންމުކޮށްފި
Raajje

އާބާދީ ކުޑަ ރަށްރަށުން މުވައްޒަފުން ނުލިބޭ ނަމަ، އެހެން ރަށެއްގައި ހުރެގެން މަސައްކަތް ކުރެވޭނެ އުސޫލެއް އާންމުކޮށްފި

އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލް އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތްތަކުގައި، އެ އަތޮޅެއްގެ އެހެން ރަށެއްގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތުގެ ހާއްސަ އުސޫލެއް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން އާންމުކޮށްފިއެވެ. ސީއެސްސީން ބުނީ މި އުސޫލުގެ މައިގަނޑު ބޭނުމަކީ އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލް އިދާރާތަކުން ދޭންޖެހޭ އަސާސީ ހިދުމަތްތައް ދިނުމަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި، އެ އަތޮޅެއްގެ އެހެން ރަށެއްގައި ހުރެގެން (އެ ރަށެއްގެ […]

ޝައްކުވެގެން ބެލި ޝިޕްމެންޓަކުން 3.8 ކިލޯގެ ކެނެބިސް ފެނިއްޖެ
Raajje

ޝައްކުވެގެން ބެލި ޝިޕްމެންޓަކުން 3.8 ކިލޯގެ ކެނެބިސް ފެނިއްޖެ

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.8 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް (ކަސްޓަމްސް) އިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން އަތުލައިގެންފައިވާ މި މަސްތުވާތަކެއްޗަކީ ކެނެބިސް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި، މި ތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި މަސްތުވާތަކެތި ފެނިފައި ވަނީ ވައިގެ މަގުން ރާއްޖެއަށް ގެނެސްފައިވާ އެއާފްރައިޓް ޝިޕްމެންޓެއްގެ ތެރެއިން ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެއާފްރައިޓް ޝިޕްމެންޓު ބަލައިފާ...

ޒުވާނުންގެ މުޒާހަރާއަށްފަހު، ހިރިލަންދޫއިން ފިއްލެއު ބޭރުކޮށްދޭނެ ބަޔަކު ހޯދަނީ
Raajje

ޒުވާނުންގެ މުޒާހަރާއަށްފަހު، ހިރިލަންދޫއިން ފިއްލެއު ބޭރުކޮށްދޭނެ ބަޔަކު ހޯދަނީ

ތ. ހިރިލަންދޫ ރަށު ޖެޓީއަށް ކަޅުތެލާއި ފިއްލެއު އަންނަ މައްސަލައިގައި އެ ރަށު ޒުވާނުން ކަންބޮޑުވުން ފާޅުކޮށް މުޒާހަރާކުރުމާ ގުޅިގެން، ރަށުގައި އުފެދޭ ފިއްލެއު ދުވަހުން ދުވަހަށް ރަށުން ބޭރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާއިން އިޢުލާނުކޮށްފިއެވެ. ކައުންސިލުން މިއަދު އިޢުލާނުކުރީ ކުރިއަށްއޮތް 2 އަހަރު ދުވަހުގެ މުއްދަތަށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. މި އިޢުލާނު ކޮށްފައިވަނީ ރަށު ޖެޓީއަށް ކަޅުތެލާއި ފިއްލެއު އަންނަ މައްސަލައާ ގުޅިގެން ރަށުގެ ބައެއް...

ޕޭމަންޓް ސިސްޓަމްގެ ޤާނޫނު ހިމެނޭހެން 3 ބިލެއް ތަޞްދީޤު ކުރައްވައިފި
Raajje

ޕޭމަންޓް ސިސްޓަމްގެ ޤާނޫނު ހިމެނޭހެން 3 ބިލެއް ތަޞްދީޤު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިތުރުން ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ. މި ތިން ބިލަކީ 17 އޯގަސްޓު 2026 ވީ ހޯމަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލްތަކެކެވެ. ޤައުމީ […]

%78 ރިސޯޓުން ގަވާއިދުން ޑޮލަރު މާރުކުރޭ؛ މާރުނުކުރާ ތަންތަނުގެ ނަންތައް އާންމުކުރަން ފަށައިފި
Business

%78 ރިސޯޓުން ގަވާއިދުން ޑޮލަރު މާރުކުރޭ؛ މާރުނުކުރާ ތަންތަނުގެ ނަންތައް އާންމުކުރަން ފަށައިފި

ރާއްޖޭގައި ހިންގާ ރިސޯޓުތަކުން ގާނޫނާ އެއްގޮތަށް ބޭރު ފައިސާ މާރުކުރަމުންދާއިރު، %78 ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ކޮމްޕްލަޔަންސް ރިޕޯޓުން ދައްކައިފިއެވެ. އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ބޭރު ފައިސާގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގޮތަށް އެއްވެސް ގޮތަކަށް ބޭރު ފައިސާ މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް އާންމުކުރުމުގެ މަސައްކަތް މަރުކަޒީ ބޭންކުން މިހާރު ވަނީ ފަށާފައެވެ. ނަން އާންމުކުރި ރިސޯ...

ޓެލެގްރާމުން ލިންކު ފޮނުވައިގެން 92 ހާސް ރުފިޔާ ފޭރިގަނެފި!
Raajje

ޓެލެގްރާމުން ލިންކު ފޮނުވައިގެން 92 ހާސް ރުފިޔާ ފޭރިގަނެފި!

ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ، އޯޓީޕީ ކޯޑު ހިއްސާކުރުމުން މަކަރާއި ހީލަތުން އެކައުންޓުން 92،000 ރުފިޔާ އަތުލި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މިމަހުގެ 17 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް) އަށް ހުށަހަޅާފައިވާ މިމައްސަލަ އާއި ގުޅޭގޮތުން، ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް އެކައުންޓުގެ ވެރިފަރާތް ވަނުމަށްފަހު، އޭނާއަށް ލިބުނު އޯޓީޕީ ކޯޑު ހިއްސާކުރުމާ ގުޅިގެންނެވެ. އެއާއެކު،...

ގޯއްޗާއި ފުލެޓު ފޯމުތަކުގެ މައުލޫމާތު ފުށުއަރާ ނަމަ ޕޯޓަލް މެދުވެރިކޮށް އަންގަނީ: ޖަވާބުދޭން 7 ދުވަސް
Raajje

ގޯއްޗާއި ފުލެޓު ފޯމުތަކުގެ މައުލޫމާތު ފުށުއަރާ ނަމަ ޕޯޓަލް މެދުވެރިކޮށް އަންގަނީ: ޖަވާބުދޭން 7 ދުވަސް

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ވެރިފައި ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް (އެމްއައިއެޗްޔޫޑީ) އިން ފަށައިފިއެވެ. އެ މިނިސްޓްރީން ބުނީ ފޯމުތަކުގައިވާ މައުލޫމާތުތަކުގައި އެއްވެސް ފުށުއެރުމެއްވާ ނަމަ އެކަން “ބޯހިޔާވަހިކަން” ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގާނެ ކަމަށެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި، ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލ...

މެދުރާއްޖެތެރެއާއި ދެކުނަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި
Raajje

މެދުރާއްޖެތެރެއާއި ދެކުނަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހާމަކޮށްފިއެވެ. މެޓް އޮފީހުން ބުނި ގޮތުގައި މިއަދު މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. އަދި މި ސަރަހައްދުތަކުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ. މެދުރާއްޖެތެރެއާއި ދެކުނަށް ވިއްސާރަ ކުރާއިރު، މެޓް އޮފީހުން ބުނީ މިއަދު ހަވީރު 6:00 އާ […]

މާލޭގެ ގެސްޓްހައުސްއެއްގައި މޮޅަދޫ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
Thiladhunmathi News

މާލޭގެ ގެސްޓްހައުސްއެއްގައި މޮޅަދޫ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލޭގެ ގެސްޓްހައުސްއެއްގައި ހއ. މޮޅަދޫ މީހެއް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މާފަންނު ގެސްޓްހައުސްއެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބިފައިވަނީ ހަވީރު 5:51 އެހާކަންހާއިރު އެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ހއ. މޮޅަދޫ، އޯސަނިކްވިލާ، ޢުމުރުން 45 އަހަރުގެ އިބްރާހީމް ނަޢީމެވެ. މި ކަމާ ގުޅޭގޮތުން ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް […]

ދައުލަތަށް ލިބުނު އާމްދަނީ 27 ބިލިއަނަށް: އެންމެ ބޮޑު ކުރިއެރުމެއް ޓީޖީއެސްޓީން!
Raajje

ދައުލަތަށް ލިބުނު އާމްދަނީ 27 ބިލިއަނަށް: އެންމެ ބޮޑު ކުރިއެރުމެއް ޓީޖީއެސްޓީން!

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 27.1 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު، 13 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 27.1 ބިލިއަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.6 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ފާއިތުވެދިޔަ […]

ޖަޒީރާ ގައުމުތަކުގެ ބިޒްނަސް 2 ފޯރަމެއް ރާއްޖޭގައި ބާއްވަނީ، 30 އަށްވުރެ ގިނަ ގައުމަކުން ބައިވެރިވޭ!
Raajje

ޖަޒީރާ ގައުމުތަކުގެ ބިޒްނަސް 2 ފޯރަމެއް ރާއްޖޭގައި ބާއްވަނީ، 30 އަށްވުރެ ގިނަ ގައުމަކުން ބައިވެރިވޭ!

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ބޮޑު ދެ ފޯރަމެއް ކަމަށްވާ “ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026” އާއި “އައިލެންޑް އިންވެސްޓްމަންޓް ފޯރަމް” ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި މަހުގެ 23 އިން 25 އޮގަސްޓު 2026 އަށް ކުރިއަށްދާ މި ފޯރަމްތަކުގައި 30 އަށް ވުރެ ގިނަ ޤައުމުން 200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ. އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ […]

އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ކުޅުދުއްފުށި ސިޓީއަށް
Thiladhunmathi News

އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ކުޅުދުއްފުށި ސިޓީއަށް

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ހދ. ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން، އެ ކުންފުނީގެ މަޝްރޫއުތައް ބައްލަވާލައްވައި، ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފިއެވެ. މި ދަތުރުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ދާއޫދު ވެސް ބައިވެރިވެލެއްވިއެވެ. އެމްޑީ ހުސައިން ފަހުމީއާއެކު މެމްބަރު މުހައްމަދު ދާއޫދު ވަނީ މި ދަތުރުގެ އެކި ހަރަކާތްތަކުގައްޔާއި ބައްދަލުވުންތަކުގައި އަމަލީގޮތުން ބައ...

ކާރިސާތަކަށް އިޖާބަދިނުމަށް ކެލާގައި ހާއްސަ ތަމްރީނުތަކެއް
Thiladhunmathi News

ކާރިސާތަކަށް އިޖާބަދިނުމަށް ކެލާގައި ހާއްސަ ތަމްރީނުތަކެއް

ކުއްލި ހާލަތްތަކުގައި އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ހއ. ކެލާގައި ކޮމިއުނިޓީ އިމަޖެންސީ ރެސްޕޮންސް ޓީމު (ސާޓް) އަށް ހާއްސަ ތަމްރީނުތަކަކާއި ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ އަމަލީ ތަމްރީނު ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފިއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ތަމްރީނުތަކަކީ، އެ އިދާރާގެ “ކޮމިއުނިޓީ-ބޭސްޑް ރެސިލިއަންސް ބިލްޑިންގ” (ސީބީއާރުބީ) ޕްރޮގްރާމްގެ ދަށުން ހިންގުނު ހަރަކާތްތަކެކެވެ. މި ޕްރޮގްރާމް ކުރިއަ...

މިއަދުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ 19،266.10 ރުފިޔާ
Raajje

މިއަދުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ 19،266.10 ރުފިޔާ

ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް އަނެއްކާވެސް ބަދަލުތަކެއް ގެނެސް، މިއަދުން ފެށިގެން އެ އަދަދަކީ 19،266.10 ރުފިޔާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައިފިއެވެ. ޒަކާތް ބެލެހެއްޓުމުގެ ކަންކަން ކުރިއަށްގެންދާ ޒަކާތު ހައުސްއިން ބުނި ގޮތުގައި، މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބުގެ ގޮތުގައި ބަލާނީ 19،266.10 ދިވެހި ރުފިޔާއެވެ. މިއީ މީގެ ކުރިން ކަނޑައަޅާފައި އޮތް އަދަދަށްވުރެ ދަށް އަދަދެކެވެ. މުދަލު ޒަކާތުގެ ނިސާބަށް އެންމެ […...

މަސްތުވާތަކެއްޗާއެކު ދުވާފަރުން ހައްޔަރުކުރި މީހާ 7 ދުވަހަށް ބަންދަށް
Raajje

މަސްތުވާތަކެއްޗާއެކު ދުވާފަރުން ހައްޔަރުކުރި މީހާ 7 ދުވަހަށް ބަންދަށް

ރ. ދުވާފަރުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ދީފިއެވެ. މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. މި މަހުގެ 19 ވަނަ ދުވަހު ދުވާފަރުގައި ހިންގި އެ އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ރަށު އަނބުމާގެ، ޢަލީ ޢަބްދުﷲ (38އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. ފުލުހުން ބުނި ގޮތުގައި އޭނާގެ މައްޗަށް...