Skip to main content

ފާތިމަތު ސިނާޒާ

Viewer
🇲🇻 ތިލަދުން Desk
226 Stories
104 Reads

Published on ތިލަދުން (Thiladhun) by ފާތިމަތު ސިނާޒާ

އެޗްއައިވީ ޖެހޭ ގޮތާމެދު ކަންބޮޑުވާން ޖެހޭ- އެޗްޕީއޭ
Raajje

އެޗްއައިވީ ޖެހޭ ގޮތާމެދު ކަންބޮޑުވާން ޖެހޭ- އެޗްޕީއޭ

މިއަހަރު އެޗްއައިވީގެ އަދަދު އިތުރުވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށާއި ނަމަވެސް އިތުރުވާ އަދަދަށް ވުރެ ކަންބޮޑުވާން ޖެހެނީ އެބަލި ޖެހޭ ގޮތާއި މެދު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޕަބްލިކް ހެލްތު އޮފިސަރ ޢަބްދުލް ހަމީދު ވިދާޅުވެއްޖެއެވެ. ރާއްޖެޓިވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ހަމީދު ވިދާޅުވީ ކުރީގަ އެޗްއައިވީ އަކީ އާއްމުކޮށް ރާއްޖެއިން ބޭރުން މީހުން ހިފައިން އަންނަ ބައްޔެއް ކަމުން އެދުވަސްވަރު ސަމާލުކަމެއް ދިނީ ބޭރުން އަންނަ މީހުންނާއި އޭރު ބޭރުގައި […]

ނެއްލައިދޫގެ ގޭބިސީތަކުންނާއި ވިޔަފާރިތަކުން އުކާލެވޭ ކުންޏަށް މިއަދުން ފެށިގެން ރުފިޔާ ނަގަނީ
Thiladhunmathi News

ނެއްލައިދޫގެ ގޭބިސީތަކުންނާއި ވިޔަފާރިތަކުން އުކާލެވޭ ކުންޏަށް މިއަދުން ފެށިގެން ރުފިޔާ ނަގަނީ

ހދ. ނެއްލައިދޫގެ ގޭބިސީތަކުންނާއި ވިޔަފާރިތަކުން އުކާލެވޭ ކުންޏަށް މިއަދުން ފެށިގެން ރުފިޔާ ނަގަން ކައުންސިލުން ނިންމައިފިއެވެ. މިއީ ނެއްލައިދޫ ތާރީޚުގައިވެސް މިގޮތަށް ކުނި މެނޭޖްކުރުމަށް އަގު ނަގަން ފަށާ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލަން ޖެހެއެވެ. ކުނި އުކާލުމަށް ރަޖިސްޓަރ ކުރުމަށް އެދޭ ފޯމް އެ ކައުންސިލުން ލިބެން ހުންނާނެކަމަށް އެކައުންސިލުން މަޢުލޫމާތު ދެއެވެ. މިގޮތަށް އަގު ނަގާގޮތަށް ކައުންސިލުން ނިންމާފައިވަނީ ނެއްލައިދޫއަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި އުޞޫލެއްގެ ތެރެއިން ތިމާވެއްޓާއި...

މަސްވެރިންގެ ދުވަސް- ހދ. ނެއްލައިދޫ އަށް އީދެއް
Thiladhunmathi News

މަސްވެރިންގެ ދުވަސް- ހދ. ނެއްލައިދޫ އަށް އީދެއް

އެންމަސް އެމްވީގެ ފަރާތުން އިންތިޒާމްކޮށް ހދ.ނެއްލައިދޫ އަސަރީމާގެ އަލް މަރުޙޫމް އަބްދުލް ސަމަދު އަލީގެ ހަނދާނުގައި ހދ ނެއްލައިދޫގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށާއި ވާދައަށް މަސްބޭނުމުގެ ގޮތުން ބާއްވާ މުބާރާތެއް ބާއްވަން ނިއްމައިފިއެވެ. އަލް މަރުޙޫމް އަބްދުލް ސަމަދަކީ ހދ ނެއްލައިދޫއަށް އުފަން، މަސްވެރިކަމުގެ ދާއިރާއިން މެދުކެނޑުމެއްނެތި 71 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާއިން ރައީސުލްޖުމުހޫރިއްޔާ ދެއްވާ ދެ އިނާމެއް މި ބޭފުޅާއަށް ވަނީ ލިބިވަޑައިގެންފައެވެ...

މާމަކުނުދޫ އަތޮޅުގެ ރީތިކަން ފަތުރުވެރިއެއްގެ ޑްރޯން ވީޑިއޯތަކުން
Thiladhunmathi News

މާމަކުނުދޫ އަތޮޅުގެ ރީތިކަން ފަތުރުވެރިއެއްގެ ޑްރޯން ވީޑިއޯތަކުން

މާކަނޑު ގެ މެދުގައި އުކާލެވިފައިވާ ރަންމުތް ތަކެއްފަދައިން ވިދާ ބަބުޅަމުންދާ ރާއްޖޭގެ ރަށްތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިން ދުވަހެއްދުވަހަކަށް ދަނީ ގިނަވަމުންނެވެ. އެމީހުންގެ މެދުގައި މިތަން މަގުބޫލުވެ ގުދުރަތީ ގޮތުން ދިވެހިންނަށް ލިބިފައިވާ މި ގައުމަކީ ފަތުރުވެރިންގެ މެދުގައި ހާއްސަ ގަދަރެއް ދެވިފައިވި ތަނަކަށް މިވަނީ ބަދަލުވެފައެެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ރީތިކަމަކީ މީހަކު ދުލުން ބަޔާން ކޮށްދެވޭނެ ފަދަ މަންޒިލެއްނޫނެވެ. މި ސަބަބަށްޓަކައި މިގައުމަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް ދެކޭ ފަތ...

80 އިސްލާހާއެކު ލާމަރުކަޒީ ބިލު ކޮމިޓީން ފާސްކޮށްފި
Raajje

80 އިސްލާހާއެކު ލާމަރުކަޒީ ބިލު ކޮމިޓީން ފާސްކޮށްފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލު ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އިސްލާހުތައް ހުށަހެޅީ އެމްޑީޕީ، އެލްޖީއޭ، އެޗްއާރުސީއެމް، އޮޑިޓާޖެނެރަލް، އީޕީއޭ، ޓްރާންސް ޕޭރެންސީ، ހޯޕްފޯ ވިމެންގެ ފަރާތުން ކަމަށާއި އެގޮތުން ޖުމުލަ 80 އިސްލާހާއެކު ލާމަރުކަޒީ ބިލު މިއަދު ކޮމިޓީން ފ...

އިހަވަނދޫ ފެއަރ ޓްރޭޑު ޕްރިމިއަމް ޕްލޭންގެ ހަރަކާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

އިހަވަނދޫ ފެއަރ ޓްރޭޑު ޕްރިމިއަމް ޕްލޭންގެ ހަރަކާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. އިހަވަންދޫ މަސްވެރި ދޯނިތަކާއި ގުޅިގެން އުފައްދާފައިވާ ފެއާރޓްރޭޑް ޔޫނިއަންނަށް މިހާތަނަށް ލިބިފައިވާ ބަޖެޓުން 2019 އިން 2020 އަށް ކަނޑައަޅާފައިވާ ޙަރަކާތްތަށް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖުމްލަ 7 ދާއިރާ އަކުން 10 ހަރަކާތް ހިންގުމަށްށެވެ، އެގޮތުން ތިމާވެށި ދާއިރާއިން ރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ބޮޑު ޙަރަކާތެއް ގެންދިއުމާއި ތިމާވެއްޓާއި މެދު މީހުން ހޭލުންތެރި ކުރުމަށް ޕްރޮގްރާމެއް ހިންގުމާއި ރަށުގެ އެކި ހިސާ...

ޕާރސަނަލް ރޭޑިއޭޝަން މޮނިޓަރިންގެ ބެޖް އަދި ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް އައިޖީއެމްއެޗްގައި ތައާރަފްކޮށްފި
Raajje

ޕާރސަނަލް ރޭޑިއޭޝަން މޮނިޓަރިންގެ ބެޖް އަދި ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް އައިޖީއެމްއެޗްގައި ތައާރަފްކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕާރސަނަލް ރޭޑިއޭޝަން މޮނިޓަރިންގެ ބެޖް އަދި ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް ތައާރަފް ކޮށްފިއެވެ. ޕާރސަނަލް ރޭޑިއޭޝަން މޮނިޓަރިންގް ބެޖް އަދި ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް ތަޢާރަފް ކޮށްފައި ވަނީ އައި.ޖީ.އެމް.އެޗްގެ ޑިޕާޓްމަންޓް އޮފް ރޭޑިއޮލޮޖީ އިން އިސްނަންގަވައިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެވެ. މިއީ މުޅި ރާއްޖޭގައި ޕާރސަނަލް ރޭޑިއޭޝަން ބެޖް ތައާރަފް ކުރި ފުރަތަމަ ފަހަރުވެސް މެއެވެ. މި ބެޖް އަކީ ރޭޑިއޭޝަން އާއި ގުޅުން ހުރި މަސައްކަތްކުރާ މުވައްޒަފުން ރ...

ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ކޯސްތައް ތިލަދުންމަތީގެ 4 ރަށެއްގައި
Thiladhunmathi News

ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ކޯސްތައް ތިލަދުންމަތީގެ 4 ރަށެއްގައި

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި 2020 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް އިޢުލާން ކޮށްފިއެވެ. އެގޮތުން 12 އަތޮޅެއްގައި ކޯސްތައް ފެށުމަށް ހަމަޖެހިފައި ވާއިރު މި ހުރިހާ ކޯހެއް ހއ،ދިއްދޫ، ހޯރަފުށި، އުތީމް ގެ އިތުރުން ކުޅުދުއްފުށީގައިވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ ފަސް ކޯހެއް އިޢުލާން ކޮށްފައިވާއިރު ކޮންމެ ކޯހަކަށްވެސް ޖުމްލަ 60 ޖާގަ ވަނީ ހުޅުވާލާފައެވެ. އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ޤިރާއަތު ސެޓްފިކެޓް 1،2،3 އަދި ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް ގެ [...

މާފަރު އެއަރޕޯޓްގެ އޮޕަރޭޝަން 1 ޑިސެމްބަރުގައި ފަށަނީ
Raajje

މާފަރު އެއަރޕޯޓްގެ އޮޕަރޭޝަން 1 ޑިސެމްބަރުގައި ފަށަނީ

އާބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްގީ ކުރި މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް އޮޕަރޭޝަނަށް ގެނެސް، ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. އަންނަމަހު އެއްވަނަ ދުވަހު އެއަރޕޯޓުގެ އޮޕަރޭޝަންތައް ފެށުމަށް ހަމަޖެހިފައިވާއިރު ހަމަ އެދުވަހު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މާފަރު އެއަރޕޯޓުން ފަށާނެކަމަށްވެސް މޯލްޑިވިއަންއިން މަޢުލޫމާތުދެއެވެ. މާފަރުގައި ތަރައްޤީކޮށްފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި...

ހާއްސަ އެހީ އަށް ބޭނުންވާ ދިއްދޫ ފަރާތަކަށް ނައިބު ރައީސް ގެ ހާއްސަ އެހީ އެއް!
Thiladhunmathi News

ހާއްސަ އެހީ އަށް ބޭނުންވާ ދިއްދޫ ފަރާތަކަށް ނައިބު ރައީސް ގެ ހާއްސަ އެހީ އެއް!

ރައިީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހއ.ދިއްދޫއަށް ކުރެއްވި ދަތުރުގައި އެރަށުގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށް ހާއްސައެހީއެއް ވެދެއްވައިފިއެވެ. ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިއްދޫގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި އެމަނިކުފާނު ވަނީ އެފަރާތްތަކުގެ ހާލު އަހުވާލު އޮޅުންފިލުއްވައި އ...

ފެނަކަ ރެކްރިއޭޝަން ކްލަބުން ބޭއްވި 2 ވަނަ ޒޯން ފުޓްސަލް މުބާރަތުގެ ޗެންޕިއަންކަން ޓީމް މުލަކު
Sports

ފެނަކަ ރެކްރިއޭޝަން ކްލަބުން ބޭއްވި 2 ވަނަ ޒޯން ފުޓްސަލް މުބާރަތުގެ ޗެންޕިއަންކަން ޓީމް މުލަކު

ފެނަކަ ރިކްރިއޭޝަން އިން އިންތިޒާމްކޮށްގެން ބާއްވަމުންއަންނަ ޒޯން ފުޓްސަލް މުބާރާތް ބާއްވައިފިއެވެ. މ، ފ، ދ އަތޮޅުގެ ބުރާންޗްތަކުގެ ޒޯން ފުޓްބޯޅަ މުބާރަތް ފ.ނިލަންދޫގައި ފަށާފައިވަނީ އިއްޔެ އެވެ. އިއްޔެ ފެށި މި މުބާރާތް ޝަރަފްވެރިކޮށްދެއްވީ ފެނަކަ ކުންފުނީގެ ޑިރެކްޓަރ އަތުހަރު ހަލީމެވެ. މި މުބަރާތުގައި 12 ބުރާންޗަކުން 9 ޓީމް ބައިވެރިވެފައިވާއިރު 75 މުވައްޒަފުން ވަނީ ކުޅެފައެވެ. މި މުބާރާތުގައި ޓީމް ކުޑަހުވަދޫ، ޓީމް މަޑުއްވަރީ، ޓީމް މުލަކު، ޓީމް ދިއްގަރު- ބަނޑިދޫ، ޓީމް މަގޫދޫ، […]

Raajje

ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

ސްކޫލް ބަންދާއި ދިމާކޮށް ދުނިޔޭގެ އެކި ޤައުމުތަކަށް ދާ ދިވެހިން، ދަތުރުކުރުމުގެ ކުރިން ފޮރިން މިނިސްޓްރީގެ ވެބްސައިޓުން ރަޖިސްޓްރީވުމަށްފަހު ދަތުރުކުރުމަށް އެމިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިންގ މިނިސްޓްރީގެ ޖޮއެންޓް ސެކެޓްރީ ބަދޫރާ ސައީދު ވިދާޅުވީ ކޮންމެ ދިވެއްސަކުވެސް ދަތުރުފެށުމުގެ ކުރިން އެ މިނިސްޓްރީގެ ވެބްސައިޓުގައި ރަޖިސްޓަރީ ވުމަކީ މުހިންމުކަމެއްކަމަށާއި، މިނިސްޓްރީގެ ވެބްސައިޓުން ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ހަމަޖައް...

ނަބާހާ އަށް މިފަހަރު ފްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ ތަށި
Sports

ނަބާހާ އަށް މިފަހަރު ފްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ ތަށި

ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަންގެ ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ އަންހެން ބައިގެ ތަށި ގައުމީ ޗެމްޕިއަން ފާތިމަތު ނަބާހާ ހޯދައިފިއެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން މުޅިން އަލަށް ބޭއްވި ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގައި ވެސް އެންމެ ކާމިޔާބު ކުޅުންތެރިއަކީ ވެސް މިފަހަރުގެ ގައުމީ މުބާރާތުގައި ވާދަކުރި ތިން އިވެންޓުން ޗެމްޕިއަންކަން ހޯދި ނަބާހާ އެވެ. އޭނާ ވަނީ މި ފަހަރުގެ މުބާރާތުގައި ވެސް އަންހެން ސިންގަލްސްގެ އިތުރުން އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ތަށި އުފުލާލައިފަ އެވެ. އަންހެން ސިންގަލް...

ދިވެހިންގެ ތެރެއިން 68 % މީހުންނަކީ ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތް ބޭނުންކުރާ މީހުން
Raajje

ދިވެހިންގެ ތެރެއިން 68 % މީހުންނަކީ ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތް ބޭނުންކުރާ މީހުން

ޑިޖިޓަލްކޮށް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާ ދެއްކޭ ހިދުމަތްތައް ބޭނުންކުރާ ނިސްބަތް، ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ މަތީގައި އުޅެނީ ރާއްޖޭގައި ކަަމަށް ވޯލްޑް ބޭންކުން ކޮށްފައިވާ ސާވޭ “ފައިނޭންޝަލް އިންކްލޫޝަން އިން މޯލްޑިވްސް 2018” އިން ދައްކައިފިއެވެ. މި ސާވޭއިން ދެއްކިގޮތުގައި ދިވެހިންގެ ތެރެއިން 68 ޕަސެންޓް މީހުންނަކީ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރާ މީހުންނެވެ. މިއީ ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ސާވޭއިން ވަނީ ދައްކާފައެވެ. ޑި...

ހިތާނީ ކޭމްޕް ފެށުމުގެ ރަސްމިއްޔާތު ހދ.ކުޅުދުއްފުށީގައި
Thiladhunmathi News

ހިތާނީ ކޭމްޕް ފެށުމުގެ ރަސްމިއްޔާތު ހދ.ކުޅުދުއްފުށީގައި

އަންނަ މަހު 24ގައި 19 އަތޮޅެއްގައި ހިތާނީ ކޭމްޕު ކުރިއަށްދިއުމަށް ހެލްތު މިނިސްޓްރީން ނިންމާފައިވާއިރު ރަސްމީކޮށް މި ކޭމްޕް ފެށުމުގެ ރަސްމިއްޔާތު ހދ.ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިތާނީ ކޭމްޕާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓްރީން ބުނެފައިވަނީ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާގެ ނައީބް ފައިސަލް ނަސީމު ވަޑައިގަންނަވާނެ ކަމަށާއި ކުޅުދުއްފުށީގައި ރަސްމީކޮށް އެކޭމްޕު ފެށުމުން ރާއްޖޭގެ ހުރިހާ އަތޮޅެއްގެ...