•  
  •  
  •  
  •  
  •  
  •  

މާކަނޑު ގެ މެދުގައި އުކާލެވިފައިވާ ރަންމުތް ތަކެއްފަދައިން ވިދާ ބަބުޅަމުންދާ ރާއްޖޭގެ ރަށްތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިން ދުވަހެއްދުވަހަކަށް ދަނީ ގިނަވަމުންނެވެ. އެމީހުންގެ މެދުގައި މިތަން މަގުބޫލުވެ ގުދުރަތީ ގޮތުން ދިވެހިންނަށް ލިބިފައިވާ މި ގައުމަކީ ފަތުރުވެރިންގެ މެދުގައި ހާއްސަ ގަދަރެއް ދެވިފައިވި ތަނަކަށް މިވަނީ ބަދަލުވެފައެެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ރީތިކަމަކީ މީހަކު ދުލުން ބަޔާން ކޮށްދެވޭނެ ފަދަ މަންޒިލެއްނޫނެވެ. މި ސަބަބަށްޓަކައި މިގައުމަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް ދެކޭ ފަތުރުވެރިން ވެސް މަދެއްނޫނެވެ.

ތިލަދުންމަތީގައި ރާއްޖޭގެ ރަށްތަކާއި ދުރުން އޮންނަ މާމަކުނުދޫ އަތޮޅަކީ ފަތުރުވެރިންނާއި ދިވެހިން އެހާގިނައިން ގޮސް އުޅޭ މަންޒިލެއްނޫނެވެ. ދަތުރުފަތުރުގެ އުނދަގޫކަމާއި އެކު މަކުނުދޫގައި ލޯކަލް ޓޫރިޒަމް ފައްކާކުރުމަށްވަނީ ގޮންޖެހުން ތަކާއި ކުރިމަތިވެފައެވެ. މިގޮންޖެހުންތަކާއި އެކުވެސް މަކުނުދޫއަށް މިހާރުދަނީ މަދުމަދުން ފަތުރުވެރިން އަންނަން ފަށާފައެވެ. މަކުނުދޫއާއި މާމަކުނުދޫގެ ބޮޑު ފަޅާކީ ރާއްޖޭގެ ބޮޑެތި ފަޅުތަކުގެ ތެރެއިން ހިމެނޭ ފަޅެކެވެ. ގުދުރަތީ މުއްސަނދިކަމުން ފުރިފައިވާ އެކަހެރިކޮން އޮންނަ އަތޮޅެކެވެ. މިއަތޮޅުގެ ރީތިކަން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިއެއްގެ ވީޑިއޯ އަކުން ދައްކާލިއިރު ރަށްތަކުގެ ވަށައިގެން ލެވިފައިވި ގުދުރަތީ ފަރަކީ ރަށުގެ ހިމާޔަތުގެ މައި އައްޑަނައަށް ވަނީވެފައެވެ.

މާމަކުނުދޫ އަތޮޅު އިންނަފުއްޓާއި ދިއްޕަރުފުއްޓާއި ފެންބޯހުރާގެ އިތުރުން މަކުނުދޫގެ ރީތިކަންވަނީ މިފަތުރުވެރިޔާގެ ކެމެރާއިން ދުނިޔެއަށް ދައްކާލަދީފައެވެ. މި ފަތުރުވެރިޔާގެ ވީޑިއޯ  އިން އަތޮޅުގެ އެހެން ރަށްތަކަށް ލިބިފައިވި ގުދުރަތީ ރީތިކަން އޭގެ އެންމެ ފުރިހަމައަށް ވަނީ ފެނިފައެވެ. ވީޑިއޯއިން ފެނިގެންދާ ރަށްރަށުގެ ވަށައިގެން ލެވިފައިވި ހުދު ދޮންވެލިގަނޑާއި ކަނޑު ފަޅުތަކުންގެ ހިތްގައިމު ކަމަކީ ބަލާ ފޫހިނުވާނޭ މަންޒަރު ތަކެއްވެސްމެއެވެ. މިފަތުރުވެރިޔާ ވަނީ މިދަތުރުގައި 5 ވީޑިއޯއެއް ޔޫޓިއުބްއަށް ލާފައެވެ.

މި ވީޑިއޯތަކުގެ ތެރެއިން އެންމެ އަޅައިގެން ވިޑިއޯއަކީ ފެންބޯ ހުރާގައި ވަރަށް ހާލުގައި ޖެހިފައި އޮތް ވެލައެއް ސަލާމަތްކޮށް ދޫކޮށްލާފައިވާ ވީޑިއޯއެކެވެ.

މިވީޑިއޯތަައް ނަގާފައިވަނީ ސުވެން އާއި ނަޖްދާ ކިޔާފަތުރުވެރިއެކެވެ. މިދެމީހުންނަކީ 2007 ވަނައަހަރުން ފެށިގެން ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރަންމުންދާ ބެކްޕެކް ޓްރެވެލަރސް އިންނެވެ.

1 ޚިޔާލު

  1. މާމަކުނުދޫ ފަޅަކީ ރާއްޖެއިން އެންމެބޮޑު ފަޅު

Your email address will not be published.

More in ރިޕޯޓް