ހއ. އިހަވަންދޫ މަސްވެރި ދޯނިތަކާއި ގުޅިގެން އުފައްދާފައިވާ ފެއާރޓްރޭޑް ޔޫނިއަންނަށް މިހާތަނަށް ލިބިފައިވާ ބަޖެޓުން 2019 އިން 2020 އަށް ކަނޑައަޅާފައިވާ ޙަރަކާތްތަށް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖުމްލަ 7 ދާއިރާ އަކުން 10 ހަރަކާތް ހިންގުމަށްށެވެ،
އެގޮތުން ތިމާވެށި ދާއިރާއިން ރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ބޮޑު ޙަރަކާތެއް ގެންދިއުމާއި ތިމާވެއްޓާއި މެދު މީހުން ހޭލުންތެރި ކުރުމަށް ޕްރޮގްރާމެއް ހިންގުމާއި ރަށުގެ އެކި ހިސާބުތަކުގައި ޑަސްބިން އަދި ތިމާވެށީގެ ބޯޑު ހަރުކުރުމުގެ އިތުރުން އެންވެރިކަމާއި މަސްވެރިކަން ދެމެހެއްޓެނިވި ގޮތުގައި ކުރުމާއިބެހޭ މަޢުލޫމާތާއި ތަމްރީން ޕްރޮގްރާމެއް ހިންގުން ހިމެނެއެވެ.
އިޖްތިމާއީ ދާއިރާއިން ސްކޫލް ބެލެނިވެރިންގެ ހިޔަލެއް ހެދުމުގެ ހަރަކާތް ހިމެނޭއިރު ޒުވާނުންގެ ދާއިރާއިން ކުޅިވަރު މުބާރާތްތައް ހިންގުންވެސް ބަޖެޓްގައި ހިމެނިފައިވެއެވެ.
ތައުލީމީ ދާއިރާއިން ރަށުގެ ތަޢުލީމީ ޙަރަކާތްތަކަށް ހިންގުމާއި ރައްކާތެރިކަމުގެ ދައިރާއިން މަސްވެރިންނަށް ރައްކާތެރި ތަމްރީން ޕްރޮގްރާމެއް ހިންގުން ބަޖެޓްގައި ހިމެނިފައިވާއިރު ސިއްހީގޮތުން ހަށިހެޔޮ ދުޅަހެޔޮ ސިއްޙީ ޕްރޮގްރާމް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އިއުލާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ދީނީގޮތުން ހޭލުންތެރި ޕްރޮގްރާމް ހިންގުމަށް ވަނީ ބަޖެޓްކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.
އެގޮތުން ޕްރޮޕޯސަލް ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 21 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހުން ފެށިގެން 26 ނޮވެންބަރު ވާ އަންގާރަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09.00 ން މެންދުރުފަހު 13:30 ގެ ކުރިން ކައުންސިލަށް ދުރުވެ މައުލޫމާތު ސާފުކުރުމަށްފަހު 28 ނޮވެމްބަރު ވާ ބުރާސްފަތު ދުވަހު 11:30 އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކައުންސިލްގެ އިއުލާނުގައި ވަނީ ބުނެފައިވެއެވެ.
މައުލޫމާތު ސާފުކޮށް ޕްރޮޕޯސަލް ހުށަހެޅޭނީ ސަރުކާރު ކުންފުނި، ސަރުކާރުގެ މުއައްސަސާތަކާއި، އަދި ރަށުގެ ކުލަބު ޖަމިއްޔާ ޖަމާއަތްތަކަށްކަމަށާއި ސަރުކާރު ކުންފުނި، ސަރުކާރު މުއައްސަސާތަކާއި، ރަށުގެ ކުލަބު ޖަމިއްޔާ ޖަމާއަތް ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ ޕްރޮޕޯސަލް ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއެއް ގެންނައުމަށް ކައުންސިލްގެ އިއުލާނުގައި ވަނީ ބުނެފައެވެ.
އަދި ސަރުކާރު ކުންފުނިތަކާއި ރަށުގެ ކުލަބު ޖަމިއްޔާ ޖަމާއަތްތަކުން އެތަނެއްގެ ރަޖިސްޓަރީ ކޮޕީއެއް ގެންނަންޖެހޭނެ ކަމަށާއި މަޢުލޫމާތުސާފުނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައި ނުގަނެވޭނެކަމަށް ވެސް އެފަރތުގެ އިއުލާނުގައި ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!