ނަބާހާ އަށް މިފަހަރު ފްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ ތަށި

E6B62D3C-9AC4-4FE9-BC3E-7C7AA894BD57

ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަންގެ ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ އަންހެން ބައިގެ ތަށި ގައުމީ ޗެމްޕިއަން ފާތިމަތު ނަބާހާ ހޯދައިފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މުޅިން އަލަށް ބޭއްވި ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގައި ވެސް އެންމެ ކާމިޔާބު ކުޅުންތެރިއަކީ ވެސް މިފަހަރުގެ ގައުމީ މުބާރާތުގައި ވާދަކުރި ތިން އިވެންޓުން ޗެމްޕިއަންކަން ހޯދި ނަބާހާ އެވެ. އޭނާ ވަނީ މި ފަހަރުގެ މުބާރާތުގައި ވެސް އަންހެން ސިންގަލްސްގެ އިތުރުން އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ތަށި އުފުލާލައިފަ އެވެ.

އަންހެން ސިންގަލްސް ބައިގައި ނަބާހާ މޮޅުވީ ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ ނަޖީބު އަތުން މޮޅުވެގެންނެވެ. ނަބާހާ މޮޅުވީ 21-14، 21-14 އިންނެވެ. އަންހެން ޑަބަލްސް ބައިގައި ނަބާހާ އާއި އޭނާގެ އެއްމާބަނޑު ކޮއްކޮ ނަބީހާގެ ޕެއާ އިން ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. ގައުމީ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ނަބާހާ އާއި ނަބީހާގެ ޕެއާ މޮޅުވީ ފައިނަލުގައި މާޝާ ރަޝީދާއި އައިމިނަތު އަލީގެ ޕެއާ ބަލިކުރުމަށް ފަހު އެވެ

ދާދި ފަހުން ޕާކިސްތާނުގައި އޮތް މުބާރާތުގެ މިކްސް ޑަބަލްސް ބައިން ތާރީހީ ރަން މެޑަލް ހޯދި ޒަޔާން އާއި ނަބާހާގެ ޕެއާ ވަނީ މި ފަހަރުގެ މުބާރާތުގެ އެ އިވެންޓް ކާމިޔާބުކޮށްފަ އެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ ފައިނަލުގައި މޮޅުވީ ނިބާލާއި މައިސާ ފަތުހުﷲގެ ޕެއާ އަތުންނެވެ.

ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ތަށި ޒަޔާން ޒަކީ ހޯދާފައިވަނީ އިއްޔެ ހަވީރު ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ޒުވާން ކުޅުންތެރިޔާ ނިބާލް އަހުމަދުގެ މައްޗަށް 2-1 ސެޓުން ފަހަތުން އަރާ ކުރި ހޯދައެވެ.

 

 

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *