މަސްވެރިންގެ ދުވަސް- ހދ. ނެއްލައިދޫ އަށް އީދެއް

18CC6032-C425-4562-97A5-3B56F1625577

އެންމަސް އެމްވީގެ ފަރާތުން އިންތިޒާމްކޮށް ހދ.ނެއްލައިދޫ އަސަރީމާގެ އަލް މަރުޙޫމް އަބްދުލް ސަމަދު އަލީގެ ހަނދާނުގައި ހދ ނެއްލައިދޫގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށާއި ވާދައަށް މަސްބޭނުމުގެ ގޮތުން ބާއްވާ މުބާރާތެއް ބާއްވަން ނިއްމައިފިއެވެ.

އަލް މަރުޙޫމް އަބްދުލް ސަމަދަކީ ހދ ނެއްލައިދޫއަށް އުފަން، މަސްވެރިކަމުގެ ދާއިރާއިން މެދުކެނޑުމެއްނެތި 71 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާއިން ރައީސުލްޖުމުހޫރިއްޔާ ދެއްވާ ދެ އިނާމެއް މި ބޭފުޅާއަށް ވަނީ ލިބިވަޑައިގެންފައެވެ. އެގޮތުން އިބްރާހިމް ނާސިރުގެ ދައުރުގައި " އެންމެގިނައިން ފުރުން" މި އެވޯޑާއި، އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމުގެ ދައުރުގައި " އެންމެ ގިނައިން މަސްބޭނި" އެވޯޑު ހާސިލްކުރައްވާފައިވެއެވެ. އަދި 1993 ވަނަ އަހަރު މަސްވެރި ކަމުގެ ދާއިރާއިން އާންމު ޚިދުމަތަށް ހިތްވަރުދިނުމުގެ ސަނަދު ވަނީ ހާސިލްކުރައްވާފައެވެ.

މަސްވެރިކަމުގެ ދާއިރާއިން ހދ.ނެއްލައިދޫ އަކީ ގިނަ ކާމިޔާބީތަކެއް ލިބިފައިވާ ރަށަކަށް ވާއިރު 1962 ވަނަ އަހަރުން ފެށިގެން 1971 ވަނަ އަހަރާއި ހަމައަށް މެދުނުކެނޑި ވަނީ ގިނަ ކާމިޔާބީތަކެއް ލިބިފައެވެ. އެގޮތުން ލިބިފައިވާ ކާމިޔާބީތަކަކީ

  1. 1962 ވަނަ އަހަރުގައި ބޭއްވުނު މަސްވެރިކަމުގެ މުބާރާތުން 3 ވަނަ
  2. 1963 ވަނަ އަހަރުގައި ބޭއްވުނު މަސްވެރިކަމުގެ މުބާރާތުން، ފަރުމަސްވެރިކަމުން 3 ވަނަ
  3. 1964 ވަނަ އަހަރުގައި ބޭއްވުނު މަސްވެރިކަމުގެ މުބާރާތުން 3 ވަނަ
  4. 1965 ވަނަ އަހަރުގައި ބޭއްވުނު މަސްވެރިކަމުގެ މުބާރާތުން، ކަށިކުނޑީގެ މަސައްކަތުން 3 ވަނަ
  5. 1966 ވަނަ އަހަރުގައި ބޭއްވުނު މަސްވެރިކަމުގެ މުބާރާތުން، ކަށިކުނޑީގެ މަސައްކަތުން 1 ވަނަ
  6. 1967 ވަނަ އަހަރުގައި ބޭއްވުނު މަސްވެރިކަމުގެ މުބާރާތުން، މަސް ބޭނުމުން 2 ވަނަ
  7. 1968 ވަނަ އަހަރުގައި ބޭއްވުނު މަސްވެރިކަމުގެ މުބާރާތުން، ފަރުމަސްވެރިކަމުން 3 ވަނަ
  8. 1969 ވަނަ އަހަރުގައި ބޭއްވުނު މަސްވެރިކަމުގެ މުބާރާތުން، މަސް ބޭނުމުން 3 ވަނަ
  9. 1970 ވަނަ އަހަރުގައި ބޭއްވުނު މަސްވެރިކަމުގެ މުބާރާތުން، ކަށިކުނޑީގެ މަސައްކަތުން 2 ވަނަ
  10. 1971 ވަނަ އަހަރުގައި ބޭއްވުނު މަސްވެރިކަމުގެ މުބާރާތުން، މަސް ބޭނުމުން 3 ވަނަ

މި މުބާރަތް ބާއްވަންހަމަޖެހިފައިވަނީ  ބައިނަލްއަގުވާމީ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ.

މި މުބާރާތުގައި އެއްވަނަ އަށް ދާ ޓީމަކަށް ޓްރޮފީ، ރަންމެޑަލް އަދި 3000 ( ތިންހާސް ރުފިޔާ) ރުފިޔާގެ ފައިސާގެ އިނާމް ދޭން ހަމަޖެހިފައިވާއިރު
ދެވަނައަށް ދާ ޓީމަކަށް ޓްރޮފީ، ރިހިމެޑަލް އަދި 2000 ( ދެހާސް ރުފިޔާ) ރުފިޔާގެ ފައިސާގެ އިނާމު ގެ އިތުރުން ތިންވަނައަށްދާ ޓީމަށް ޓްރޮފީ، ބުރޮންޒް މެޑަލް އަދި 1000 (އެއްހާސް ރުފިޔާ) ރުފިޔާ ދޭންވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މުބާރާތުގެ އެންމެ މޮޅު ކެޔޮޅަށް ޓުރޮފީ އާއި އިނާމްދޭން ހަމަޖެހިފައިވާއިރު މުބާރާތުގެ އެންމެ ބަރުމަސް ބާނާ ފަރާތަކަށްވެސް ޓްރޮފީ އާއި އިނާމްދޭން ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު 07 ޑިސެމްބަރު ވާ ހޮނިހިރު ދުވަހުގެ12:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމް ހދ.ނެއްލައިދޫ ކައުންސިލަށް ހުށަހެޅުމަށް އެފަރާތުން ވަނީ އިޢުލާން ކޮށްފައެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *