•  
  •  
  •  
  •  
  •  
  •  

ހދ. ނެއްލައިދޫގެ ގޭބިސީތަކުންނާއި ވިޔަފާރިތަކުން އުކާލެވޭ ކުންޏަށް މިއަދުން ފެށިގެން ރުފިޔާ ނަގަން ކައުންސިލުން ނިންމައިފިއެވެ.

މިއީ ނެއްލައިދޫ ތާރީޚުގައިވެސް މިގޮތަށް ކުނި މެނޭޖްކުރުމަށް އަގު ނަގަން ފަށާ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލަން ޖެހެއެވެ. ކުނި އުކާލުމަށް ރަޖިސްޓަރ ކުރުމަށް އެދޭ ފޯމް އެ ކައުންސިލުން ލިބެން ހުންނާނެކަމަށް އެކައުންސިލުން މަޢުލޫމާތު ދެއެވެ.

މިގޮތަށް އަގު ނަގާގޮތަށް ކައުންސިލުން ނިންމާފައިވަނީ ނެއްލައިދޫއަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި އުޞޫލެއްގެ ތެރެއިން ތިމާވެއްޓާއި ރަޙުމަތްތެރި ގޮތަކަށް ކުނި މެނޭޖް ކުރަމުންދާ އަދި ކުނީގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލު ކުރެވިފައިވާ ރަށަށް ހެދުމުގެ މަޤުޞަދުގައިކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.

އަދި ކުނި މެނޭޖް ކުރުމާބެހޭ މަޢުލޫމާތު މިއަހަރުގެ ފެބުރުއަރީ އަދި އޮކްޓޯބަރ މަހު ރައްޔިތުންނާ ހިއްސާ ކުރެވިފައިވާނޭކަމަށާއި އެ ޚިދުމަތް ހޯދުމަށް ރަޖިސްޓަރ ކުރަން ޖެހޭނެކަމަށްވެސް އެ އިޢުލާނުގައިވެއެވެ. އަދި ރަޖިސްޓަރ ކުރުމަށް ހުޅުވާލެވިފައިވާއިރު ރަޖިސްޓަރ ނުކުރާ ފަރާތްތަކުން ކުނި ކޮއްޓަށް ގެންދާ ކުނި މެނޭޖް ކުރުމަށް ގޭޓް ފީއެއް ނެގޭނެކަމަށްވެސް އެ ކައުންސިލުން ކުރި އިޢުލާނުގައިވެއެވެ.

މި ގޮތުގެ މަތިން މީހުން ދިރިއުޅޭ ގޭބިސީތަކުން މަހަކަށް 130ރ ، ފަޅު ގޯތި އަދި ގެވަޅުތަކުން މަހަކަށް 75ރ އަދި ވިޔަފާރިތަކުން މަހަކަށް 200ރ ނަގާގޮތަށްވަނީ ނިންމާފައެވެ. އަދި ރަޖިސްޓަރ ނުކުރާ ފަރާތްތަކުން ކުނި އުކާލާއިރު ތިރީގައިވާ ގޮތަށް އަގު ނަގާގޮތަށްވެސް ވަނީ ނިންމާފައެވެ.

  • ވީލްބަރޯގައި ކުނިގެންދާނަމަ ދަތުރަކަށް 10.00
  • އަތްގާޑިޔަލުގާ ކުނިގެންދާނަމަ ދަތުރަކަށް 15.00
  • ޕިކަޕް 1.5 ޓަނަށްވުރެ ބޮޑުނަމަ ދަތުރަކަށް 30.00
  • ޕިކަޕް 1.5 ޓަނަށްވުރެ ކުޑަނަމަ ދަތުރަކަށް 20.00
  • އާދައިގެ ބާޒާރު ކޮތަޅަކަށް 3.00
  • ބޮޑެތި ކޮތަޅު، ރަތްކޮތަޅު، ޑަސްބިން ކޮތަޅު، ގޯނި، ބާލިދީ 5.00

 

ޚިޔާލު

Your email address will not be published.