•  
  •  
  •  
  •  
  •  
  •  

2012 ފެބްރުއަރީ 7 ވަނަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އިސްކޮށް ތިއްބެވި މީހުންގެ މައްސަލަ ބެލުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެޖެންޑާކޮށް، ކޮމިޓީގެ ބައްދަލުވުމެއް މިއަދު އޮންނާނެ ކަން މެމްބަރުންނަށް އަންގައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ މައްސަލަ ކޮމިޓީން ބަލަނީ ކޮމިޓީއަށް ލިބުނު ސިޓީއަކަށް ބިނާކޮށެވެ. ނަމަވެސް އެ ސިޓީ ފޮނުވީ ކޮން ފަރާތަކުން ކަމެއް ބުނެފައެއް ނުވެ އެވެ.

އޭރު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމީ، ނަޝީދު އިސްތިއުފާ ދެއްވީ ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރު ދެއްކުމެއް ނެތި، އަމިއްލަފުޅަށް ކަމަށާއި، އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ނަޝީދުގެ ވެރިކަން ”ބަޣާވާތަކުން“ ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރެ އެވެ.

މިމައްސަލަ ބަލާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ 8 މެންބަރަކު ތިއްބަވައެވެ. އަދި މިނިވަން މެންބަރަކާއި، ޖޭޕީގެ އެއް މެންބަރު، ޕީއެންސީގެ އެއް މެންބަރު އަދި ޕީޕީއެމްގެ މެންބަރެއް ހިމެނިވަޑައި ގަންނަވައެވެ. ކޮމެޓީގެ މުޤައްރިރަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާހެވެ. ކޮމެޓީގެ ނައިބު މުޤައްރިރަކީ ކާށިދޫ ދާއިރާގެ މެންބަރ އަބުދުﷲ ޖާބިރެވެ.

ޚިޔާލު

Your email address will not be published.