•  
  •  
  •  
  •  
  •  
  •  

އިންޑިއާގެ މުސްލިމް މެޖޯރިޓީ އޮންނަ ހަމައެކަނި ސްޓޭޓްކަމުގައިވާ ކަޝްމީރުގައި 50،000 ފައްޅި އަޅަން ވިސްނަމުންދާ ކަމަށް އިންޑިއާއިން ބުނެފި އެވެ. ފާއިތުވި އަހަރުތަކުގައި ކަޝްމީރުގައި 50،000 ފައްޅި ބަންދުކޮށްފައިވާ ކަމަށާއި އެތަންތަން ސާވޭކޮށް އަލުން ހުޅުވާނެ ކަމަށް އިންޑިއާއިން ބުނެއެވެ.

އިންޑިއާއިން މިފަދަ ނިންމުމެއް ނިންމި މިދަނޑިވަޅު ދިމާވެފައިވަނީ އިންޑިއާއި ޕާކިސްތާނާއި ދޭތެރޭ ނުތަނަވަސްކަން އުފެދިފައިވާ ދަނޑި ވަޅަކާއެވެ. މިހާރު ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އުފެދިފައިވަނީ ދާދި ފަހުން އިންޑިއާއިން، ކަޝްމީރަށް ކުރިން ދީފައި އޮންނަ ހާއްސަ އިމްތިޔާޒް ނުވަތަ ’އޮޓޯނަމީ“ އުވާލައި އެ ސްޓޭޓް ދެބައިކޮށް އިންޑިއާގެ މައި ސަރުކާރުގެ ދަށަށް ގެނައި ހިސާބުންނެވެ.

އިންޑިއާއިން އެތައްހާސް ފައްޅިއެއް އަލަށް ކަޝްމީރުގައި އަޅަން ނިންމި އިރު މިހާރުވެސް ކަޝްމީރުގައި ހިންދޫން އަޅުކަންކުރާ ބޮޑު ފައްޅިއެއް ހުރެއެވެ. ހިންދޫން އަޅުކަން ކުރުމަށް އެތައް ދުވަހެއްވަންދެން މިފައްޅިއަށްދާ މަގުތައް ބަނދުކޮށްފައި އޮންނާތީ، ކަޝްމީރުގެ ރައްޔިތުންނަށް ދަތުރު ފަތުރު ކުރުމުގައި ތަކުލީފު އުފުލަން ޖެހިފައިވެއެވެ.

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީން ފަހަކަށްއައިސް މިނިންމި ނިންމުމާއި ގުޅިގެން ކަޝްމީރުގައި ދިރިއުޅޭ އެތައްހާސް މުސްލިމުންނަށްވަނީ ތަފާތު ގޯނާއާއި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. މިނިންމުން ވެގެންގޮސްފައިވަނީ ހަމަނުޖެހުން އުފެދި، އެސަރައްދުގައި ދިރިއުޅޭ މުސްލިމުން ހައްޤުތައް ހޯދުމަށް މުޒާހަރާކުރަން ނުކުންނަންޖެހިފައިވާ ނިންމުމަކަށެވެ. މުޒާހަރާތަކުގެ ސަބަބުން މުސްލިމުންނަށްވަނީ އެތައް އަނިޔާތަކަކާއި ކުރިމަތިލާން ޖެހިފައިކަމަށް މީޑިއާ ރިޕޯރޓްތައް ބުނެއެވެ.

ޚިޔާލު

Your email address will not be published.

More in ދުނިޔެ