ހއ.ބާރަށުގައި ރުއްގަސް އުފުރާ ރަށުން ބޭރުކުން ހުއްޓާލުމަށް އީޕީއޭއިން އަންގައިފިއެވެ.

ހއ.ބާރަށުގައި ހިނގަމުންދާ މަޝްރޫޢުއެއްގެ ތެރެއިން ގަވާއިދާ ޚިލާފަށް ރުއްގަސް އުފުރާ ރަށުން ބޭރުކުރާކަމުގެ ޝަކުވާ ލިބުމާ ގުޅިގެން އެމައްސަލަ ބަލާ ވަކިގޮތެއް އަންގަންދެން ރުއްގަސް އުފުރުމުގެ މަސައްކަތް ހުއްޓާލުމަށް އީ.ޕީ.އޭ އިން ވަނީ މަސައްކަތް ކުރިއަށްގެންދާ ފަރާތަށް އަންގާފައިވާނެކަމަށް އީޕީއޭއިން ބުނެގައިވެއެވެ.

Ad
rt

ހއ. ބާރަށުގައި ކުރަމުންދާ މަސައްކަތަކާއި ގުޅިގެން، ހުއްދަނެތި ރުކާއި ގަސް އެރަށުން ނަގަމުންދާކަމުގެ ޝަކުވާ ލިބުމާއި ގުޅިގެން، ކަންހިނގާފައވާގޮތް ބަލަންދެން އެމަސައްކަތް މިހާރުވާނީ ވަގުތީގޮތުން ހުއްޓުވާފައެވެ. މާދަމާ އީ.ޕީ.އޭ ގެ ޓީމެއް އެރަށަށް ދާނެކަމަށް އެފަރާތުން ހާމަކުރެއެވެ.

މައްސަލަ ބެލުމަށް މިނިސްޓްރީއާއި އީ.ޕީ.އޭ ގެ އޮފިޝަލުން މާދަމާ އެރަށަށް ދިއުމަށް ވަނީ ހަމަޖެހިފަ.