ގޯލްޑެން ފުޓްސަލް ޗެލެންޖް: ޕެނަލްޓީ ޖަހައިގެން އޭދަފުށިން ނައިވާދޫ ބަލިކޮށްފި

ފޮޓޯ: ގޯލްޑަން ފުޓްޝަލް އެސޯސިޔޭޝަން
ފޮޓޯ: ގޯލްޑަން ފުޓްޝަލް އެސޯސިޔޭޝަން

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިހާރު ހުޅުމާލޭގައި ކުރިއަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ދެ ވަނަ ބުރުގައި ހދ. ނައިވާދޫއާ ބ. އޭދަފުށި ވާދަކުރިމެޗް ފުރިހަމަ ވަގުތުކުޅެ އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ނައިވާދޫ ބަލިވެއްޖެއެވެ.

ޕެނަލްޓީޖަހައިގެން އޭދަފުށި މެޗް ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ޕެނަލްޓީ އޭދަފުއްޓަށް ވަނީ ނާކާމިޔާބުވެފައެވެ. ނައިވާދޫގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކުރެވިފައިވީނަމަވެސް ފަހުން ޖެހި ދެޕެނަލްޓީވެސްވަނީ ނާކާމިޔާބުވެފައެވެ.

ފޮޓޯ: ގޯލްޑަން ފުޓްޝަލް އެސޯސިޔޭޝަން

ހދ. ނައިވާދޫއާ ބ. އޭދަފުށި ވާދަކުރި މެޗަކީ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ. މިދިޔަ އަހަރު މި ދެޓީމުގެ ވާދަވެރި ކުރިމަތިލުމެއް ފެނިފައިވާއިރު މިދިޔަ އަހަރުގެ ކުއާޓާ ފައިނަލުގައި މި ދެޓީމު ވާދަކުރިއިރު 7-3 އިން ކުރި ހޯދީ އޭދަފުއްޓެވެ.

ނައިވާދޫ ފައިނަލް ބުރަށް ދަތުރުކުރީ އަތޮޅު ޗެމްޕިއަންކަން ހޯދައި ޒޯން އެކެއްގެ ރަނަރަޕް ޓީމުގެ ހައިސިއްޔަތުންނެވެ. އަތޮޅު ބުރުގެ ފައިނަލުގައި އެޓީމުން ހދ. މަކުނުދޫ ބަލިކުރިއިރު ޒޯން ބުރުގައި ވަނީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ. ފުރަތަމަ މެޗުގައި ގޮއިދޫއާ ވާދަކުރި މެޗު 2-2 އިން އެއްވަރުވިއިރު ދެ ވަނަ މެޗުގައި މަކުނުދޫ އަތުން ވަނީ 5-4 އިން މޮޅުވެފަ އެވެ. ފައިނަލް ބުރުގެ ޖާގައެއް އެޓީމުން ކަށަވަރުކުރީ ޒޯންގެ ފަހު މެޗުގައި 4-3 އިން ހއ. އިހަވަންދޫ ބަލިކޮށްގެންނެވެ.

“މެޗް ވަރަށް ސީރިއަށްކޮށް ނަގާނީ. އެއީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިން ތިބި ޓީމެއް. ބަދަލު ހިފާކަށް ނޫން ހަމަ މޮޅުވާން ކުޅޭނީ އެހެން މެޗުތަކުގައި ކުޅޭގޮތަށް. ދެން ނޮކްއައުޓް މެޗެއް ވީމަ ވަރަށް ފޯރިގަދަ ވާނެކަމަށް މި ބަލަނީ”

އޭދަފުއްޓާ ދެކޮޅަށް ނުކުތުމުގެ ކުރިން ނައިވާދޫ ޓީމުގެ މެނޭޖަރު ސިނާން ވަނީ ފަހުމިނެޓްއަށް މަޢުލޫމާތު ދީފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި