ސެމްސަންގެ ފޯނުތަކަށް ލޯބިކުރާ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަން ގެލެކްސީ ޒެޑް ފްލިޕް އުރީދޫން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
ސެމްސަންގެ މި އީޖާދީ ފޯނަކީ ފުލް ސްކްރީން ފޯނެކެވެ. ނަމަވެސް މިފޯނަކީ އެހެން ފޯނުތަކާއި ޚިލާފަށް ގެންގުޅެން ފަސޭހަ، ފަތްޖަހާލެވޭ ގޮތަށް އުފައްދާފައިވާ މޮޅު ފޯނެކެވެ.
ޑުއަލް ބެޓެރީއާއެކު ފަރުމާ ކުރެވިފައިވާ މިފޯނުގެ ބެޓެރީ މުޅި ދުވަހަށް ހިފަހައްޓާނެއެވެ. ފަތްޖަހާލެވޭ ގޮތަށް އުފައްދާފައިވާ މިފޯނަކީ ތަފާތު އޭންގަލްތަކުން ކޮލިޓީ ފޮޓޯ ނެގުމަށް ވަރަށް ފަސޭހަ ވާނޭހެން ފަރުމާކޮށްފައިވާ ފޯނެކެވެ.
Samsung Galaxy Z Flip, the full screen phone that folds to fit your pocket is now available on #Moolee! Ooredoo customers can enjoy free 2020MB monthly Bonus Data till end of the year. Get yours now & have it delivered to you.
Download https://t.co/jStb2I6ikk pic.twitter.com/wmmtU9CYFp— Ooredoo Maldives (@OoredooMaldives) August 13, 2020
މި ފޯނުތައް މިހާރު އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ ގޮތް އުރިދޫއިން ވަނީ މިހާރު ފަހި ކޮށްދީފައި އެވެ. އެގޮތުން ގެލެކްސީ ޒެޑް ފްލިކްސް، 256 ޖީބީގެ "މިރާ ޕާޕަލް" ކުލައިގެ ފޯނު 22،699ރ. އަށް ލިބެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.
މީގެއިތުރުން ގަންނަ ކޮންމެ ފޯނަކާއި އެކު އުރީދޫ ޕްރީޕެއިޑް، މިކްސް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަހަކު 2020 އެމްބީ ހިލޭ ޑޭޓާ ވެސް މިއަހަރުގެ ނިޔަލަށް ލިބޭ ގޮތަށް އުރީދޫއިން ވަނީ ހަމަޖައްސާފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!