ވޭތުވި 2 ދުވަސް ވެފައި ވަނީ ކުޅުދުއްފުށީ ސިޓީގެ ޖަމާއަތްތެރިންނަށާއި، އެ ސިޓީގައި މަރުވާ މީހުން ވަޅުލުމުގައި ޝާމިލްވާ މީހުންނަށް އަސަރު ހުރި 2 ދުވަހެވެ.
ވޭތުވި 48 ގަޑިއިރުގެ ތެރޭގައި ކުޅުދުއްފުށީ ސިޓީގައި މަރުވި މީހުން ވަޅުލުމުގެ އެންމެހާ ކަންކަން އެރަށުގެ ޖަމާއަތްތެރިންނާއި، ސަހަރާގައި މަސައްކަތްކުރާ މީހުން ވަނީ ހިތްދަތިކަން ހިތްތަކަށް ލިބުނު ނަމަވެސް ހިތްވަރާއިއެކު އެމީހުންގެ ވާޖިބު އަދާކޮށްފަ އެވެ.
އާންމުގޮތެއްގައި މީހުން މަރުވާ ޢަދަދާއި ޚިލާފަށް ވޭތުވި 2 ދުވަހު އެ ސިޓީގައި ވަނީ ކައިރި ކައިރީގައި 6 ޖަނާޒާ ބާއްވާފަ އެވެ. މިމަހުގެ 5 ވަނަ ދުވަހު އެންމެ ފުރަތަމަ ޖަނާޒާގެ އިންތިޒާމް ހަމަޖައްސަން ޖެހުނީ ދުވަސް ނުފުރާ ވިހޭ ކުޑަކުއްޖަކާއި ވިހޭއިރު ބަލި ކުއްޖެކެވެ. މިދެކުދިން ވެސް ވަޅުލާފައިވަނީ ކެޔޮދަޅީގަ އެވެ. އެއަށްފަހު އައިސީޔޫގައި ޑެންގީހުމަށް ފަރުވާ ހޯދަމުންއައި ބަންގްލަދޭޝްގެ 37 އަހަރުގެ ފިރިހެނެކެވެ. އެއަށްފަހު އުމުރުން 54 އަހަރުގެ އަންހެނަކާއި އުމުރުން 97 އަހަރުގެ ހއ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. ޖެހިގެން އައި ދުވަހު އިތުރު މީހަކުވަނީ މަރުވެފައެވެ.
އެންމެ ތުއްތު ކުދިންފެށިގެން މެދު އުމުރުގެ މީހުންނާއި އުމުރުން 100 އަހަރުވާން ކައިރިވެފައިވާ މީހެއްގެ ކަށުކަމާކެމީގެ ކަންކަން އިންތިޒާމް ކުރުމުގައި މުޅިދުވަސް ހޭދަކުރަން ޖެހުނީ އެރަށުގައި މިޒިންމާ އަދާކުރުމާއި ހަވާލުވެ ތިބި ފަރާތްތަކުންނެވެ.
2nd infant death in 24hrs. https://t.co/oFMcxmcYS7 pic.twitter.com/NBq8uuzD4k
— Adam Abdulla (@edzyadam) September 4, 2020
ކުޅުދުއްފުށީ ސިޓީއަކީ އުތުރުގެ މައި ހޮސްޕިޓަލްވެސް ހުންނަ ސިޓީއަށް ވުމުން، އުތުރުގެ 3 އަތޮޅުން އެސިޓީއަށް އަންނަ ބަލިމީހުން މިދުނިޔެ ދޫކުރުމުން، މަދު މީހެއް ފިޔަވައި ވަޅުލަމުން ދަނީ ކުޅުދުއްފުށީ ސިޓީ ސަހަރާގައިއެވެ. އެހެން ކަމުން އަބަދުވެސް ސަހަރާގައި މަސައްކަތްކުރާ މީހުން ތިބެން ޖެހެނީ ތައްޔާރަށެވެ. މެންދަމެއް، ހެނދުނެއް، މެންދުރެއް، ހަވީރެއް، ރޭގަނޑެއް އެމީހުންގެ މަސައްކަތަކަށް ނޯވެއެވެ.
Asif hard at work mowing the cemetery after completing the burial early in the morning.
The unsung heroes that keep the island running. https://t.co/IWKXVUDsAV pic.twitter.com/TCzve7BMRd— Adam Abdulla (@edzyadam) September 5, 2020
ވޭތުވި 2 ދުވަހުގެ 6 މަރާއި ގުޅިގެން ސަހަރާގެ މަސައްކަތް ކުރާ މީހުންނަށް ވަރުބަލިކަން ގެނުވި ނަމަވެސް މަސައްކަތް ކޮށްފައިވަނީ ކުރިއެކޭވެސް އެއްގޮތަށް ޝަކުވާއެއްނެތި، ހެޔޮހިތުން، އަދާ ކުރަންޖެހޭ ވާޖިބެއް ކަމަށް ދެކިގެންނެވެ.
އެ މަސައްކަތަކީ އަސަރުކުރުވަނިވި މަސައްކަތެކެވެ. އެތައް ލޮލަކުން އޮހޮރިގެން ދާ ކަރުނައިގެ ކުރިމަތީ ނިމިގެންދާ މަސައްކަތެކެވެ. ކެތްތެރިކަމާއި މަޑުމޮޅިކަން އިސްކުރާން ޖެހިފައިއޮންނަ ދީނީ މަތިވެރި މަސައްކަތެކެވެ.
މި މަސައްކަތް ކުރާ މީހުންނަށް ލިބޭ އުޖޫރައަކަށް ބެލުމެއް ނެތި ތިބީ ޚިދުމަތުގައެވެ. އެ މީހުންގެ ޝަކުވާއެއް އެކަމުގައި ފާޅު ނުކުރި ނަމަވެސް ސައުވީސް ގަޑިއިރުގެ އެ ޚިދުމަތަށް އެކަށޭނަ އުޖޫރައެއް ފަހިވެފައި އޮތުމީ އެ އަގުބޮޑު މަސައްކަތް ވަޒަން ކުރެވޭކަން އަންގައި ދެވޭނެ ކަމެކެވެ.
2 more deaths in the past 6 hrs.
That brings the total number of deaths in the past 24hrs to 5.
Thank you @saruvash @AfshanLatheef @YasirLathyf @cscmaldives for facilitating recruitment of burial staff.
With a busy Regional Hospital, we won't be able to cope otherwise https://t.co/YkJK46Robi pic.twitter.com/2CChFjA2lL— Adam Abdulla (@edzyadam) September 5, 2020
ފާހަގަކޮށްލަން ޖެހޭއަނެއް ކަމަކީ ކުޅުދުއްފުށީ ސިޓީއަކީ މާލެ ފިޔަވައި އެންމެ ގިނައިން މީހުން މަރުވެގެން ވަޅުލަން ޖެހޭ ސިޓީއެވެ. އެހެންވާން މެދުވެރިވެފައި ވަނީ ކުރިންވެސް އިޝާރާތް ކުރިހެން އެ ސިޓީއަކީ އުތުރުގެ ތިން އަތޮޅުގެ ބަލިމީހުން ފަރުވާއަށް އެނދުމަތި ކުރެވޭ ހޮސްޕިޓަލް ހުންނަ ސިޓީއަށް ވުމެވެ.
ރާއްޖޭގެ ގިނަ ރަށްތަކުގައި އެކި ދުވަސް މަތިން ކައިރިނޫން މުއްދަތު ތަކުގައި މީހުން މަރުވުމުން ހިލޭ ސާބަހަށް މީހުން ނުކުމެ، ނިޔާވިމީހާ ވަޅުލުމުގެ އިންތިޒާމް އަންނަނީ ހަމަ ޖައްސަމުންނެވެ.
The unsung heroes that keep the island running. The 7th grave these hardworking staff have dug in 48 hours. Thank you Asif and Aheem for staying up late and working round the clock digging graves, organizing funerals & keeping the sahara and cemetery tidy. https://t.co/CbXXQfyRmY pic.twitter.com/2IvNMFQvLF
— Adam Abdulla (@edzyadam) September 6, 2020
ކުޅުދުއްފުށީ ސިޓީގައި މި އިންތިޒާމްތައް ރޭވިފައި ހުރީ ކިހިނެތް؟
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލްލަތީފް ހަސަން ވިދާޅުވީ ވަޅުކޮނުމާއި ސަހަރާގެ މަސައްކަތްތައް ކުރަމުން އަންނަނީ ކައުންސިލްއިން ވަގުތީ 3 މުވައްޒަފުން ނަގައިގެން ކަމަށެވެ.
ކޮންމެ ދުވަހަކުހެން މީހުން މަރުވާއިރު ދާއިމީ މުވައްޒަފުން މާލޭ ސަހަރާތަކުގައި ހަމަޖެހިފައި އޮންނަ ގޮތަށް މިރަށުގައިވެސް ސަހަރާއަށް މުވައްޒަފުން ހަމަޖެހެން ޖެހޭނެ ކަމަށް ގަބޫލުކުރަން،
މިހާރު ސަހަރާގެ މަސައްކަތު ވަޒީފާގައި ގެންގުޅޭ 3 މުވައްޒަފުން ހަމަ ޖެއްސުމުގައި ދަތިތަކެއް ދިމާވިކަން ފާހަގަ ކުރަމުން ލަތީފް ވިދާޅުވި އެވެ.
ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ޖަމާއަތްތެރިންނަށް 100 ރުފިޔާގެ އެލަވަންސް އެއް ދޭކަމަށް ލަތީފް ވިދާޅުވި އެވެ. ޖަނާޒާގެ ކަންކަން ނިންމުމައް މަދުވެގެން 6 ގަޑިއިރު ހޭދަވާކަމަށާއި މިހާރު އުޅޭ މުވައްޒަފުން އެކަން އެކުރަނީ ލިބޭ މުސާރައަކަށް ނުވަތަ ލިބޭ އިނާއަތްތަކަށް ބަލައިގެން ނޫންކަމަށް ލަތީފް ފާހަގަ ކުރި އެވެ.
ލަތީފް އިތުރަށްބުނީ މިކަމުގައި އެތައްފަހަރަކު މާލޭގެ ވުޒާރާތަކާއި ވާހަކަދެކެވިފައިވާ ކަމަށެވެ. ނަމަވެސް ކުޅުދުއްފުށީ ސިޓީގެ މިހާލަތު އެމީހުންނަށް ފަހުމުވުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރިއެވެ. މިހާލަތުގައި އޮތްއިރު، ކުޅުދުއްފުށީ ސިޓީ މާލެ ފިޔަވާ އެހެން ރަށްރަށުގައި އަމަލުކުރަން ޖެހޭ އުސޫލާއި މިންގަނޑުން ނުކިރޭނެކަން ލަތީފް ފާހަގަ ކުރި އެވެ.
މިއަހަރުގެ މެދުތެރޭގައި ކުޅުދުއްފުށީ ކައުންސިލް އިދާރާއިން ގަބުރުސްތާނު މަސައްކަތު 2 މީހުން ހޯދުމަށް އިޢުލާން ކޮށްފައިވެ އެވެ. އެއިޢުލާން ގައިވާ ގޮތުން މިއީ ދާއިމީ ވަޒީފާ އެއް ނޫނެވެ. މުސާރައިގެ ގޮތުގައި -/3100 (ތިންހާސް އެއްސަތޭކަ) ރުފިޔާ އަދި ސާރވިސް އެލަވެންސްގެ ގޮތުގައި -/1000 (އެއްހާސް) ރުފިޔާ އެވެ. މުޅި އެކު ޖުމްލަ -/4100 (ހަތަރު ހާސް އެއް ސަތޭކަ) ރުފިޔާ އެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- މަރުވާ މީހުން ވަޅުލުމަށް ވަޅުކޮނުމާއި ވިހާ ކުދިންގެ މަސް ވަޅުލުން.
- މަރުވާ މީހުން ހިނެވުމުގައި އެހީތެރިވުން.
- ހިނަވާ ގެތައް ސާފުކޮށް ބެލެހެއްޓުން.
- ހިނެވުމުގައި ބޭނުންކުރާ ސާމާނާއި ފޮތި ދޮވެ ސާފުކުރުން.
- ގަބުރަސްތާނުގެ ވިނަ ނޮޅާ ސާފުކުރުމާއި ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
- ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލުން އަންގާ ޙާލަތުގައި ކުރުން.
- އިދާރާގެ ސަޕޯޓް ސްޓާފުންގެ (މަސައްކަތު މީހުންގެ) މަސައްކަތްތައް ކުރުން.
- ޚާއްސަ ހާލަތްތަކުގައި އޮފީހުގެ އެހެން ސެކްޝަންތަކަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
- އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހު މަސައްކަތުގެ ދާއިރާގެ ތެރެއިން، ޙަވާލު ކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
ތިރީގައި މި ހިމަނާލަނީ ގުރޭޓަރ މާލެ ސަރަހައްދުގައި ހުރި ސަހަރާތަކުގެ މަސައްކަތެރިންނަށް މިވަގުތަށް އުޖޫރަތައް ހަމަޖެހިފައި ހުރިގޮތެވެ.
ޖަމާޢަތްތެރިއެއްގެ މުސާރައާއި އެލަވަންސް:
މުސާރަ -/4465
ސަރވިސް އެލަވަންސް -/1500
ސިވިލްކޯ އެލަވަންސް -/700
ރިސްކް އެލަވަންސް ދުވާލަކަށް -/100
ޑެއިލީ އެލަވަންސް ދުވާލަކަށް -/50
ބަންދު ދުވަހުގެ އެލަވަންސް އާއި އިތުރުގަޑީގެ ފައިސާ ލިބޭ.
ޤަބުރުސްތާން މަސައްކަތު ދިވެއްސެއްގެ މުސާރައާއި އެލަވަންސް:
މުސާރަ -/3470
ސަރވިސް އެލަވަންސް -/1000
ސިވިލްކޯ އެލަވަންސް -/1200
ރިސްކް އެލަވަންސް ދުވާލަކަށް -/100
ޑެއިލީ އެލަވަންސް ދުވާލަކަށް -/50
ބަންދު ދުވަހުގެ އެލަވަންސް އާއި އިތުރުގަޑީގެ ފައިސާ ލިބޭ.
ޤަބުރުސްތާނު މަސައްކަތު ބިދޭސީއެއްގެ މުސާރައާއި އެލަވަންސް:
މުސާރަ -/3000
ރިސްކް އެލަވަންސް ދުވާލަކަށް -/100
ކޮއްތު ފައިސާ -/1000
ބަންދު ދުވަހުގެ އެލަވަންސް އާއި އިތުރުގަޑީގެ ފައިސާ ލިބޭ
ހިނަވާގޭގެ ދަތިކަން އިންތިހާއަށް ބޮޑު
ކުޅުދުއްފުއްޓަކީ މާލެ ފިޔަވާ އެންމެ ގިނަ މީހުން ހިނަވާ ރަށެވެ. މިހާރު ބޭނުންކުރާ ހިނަވާގެއަކީ ވަސީލަތްތައް މަދު ވަރަށް ކުޑަ ހިނަވާގެ އެކެވެ. ކުޅުދުއްފުށީގައި މިއަހަރު ރަނގަޅު ފެންފަރުގެ ހިނަވާގެއެއްގެ އަޅަން ނިންމާ އެކަން ކައުންސިލްގެ 2020 ވަނަ އަހަރުގެ ބަޖެޓްގައިވަނީ ހިމަނާފައެވެ. މިއަހަރު ކައުންސިލުން ބަޖެޓްކޮށްފައިވަނީ އެއްފަހަރާ ހަތަރު މީހުން ހިނެވޭހާ ޖާގައިގެ ހުންނާނެ ތަނެއްކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލްލަތީފް ހަސަން ވިދާޅުވީ ހިނަވާގޭގެ މަސައްކަތް ލަސްވެފައިވަނީ ތަފާތުއެކި ކަންކަމާއި އަދި ކޯވިޑް19 ގެ ސަބަބުން ދިމާވި ގޮންޖެހުން ތަކުގެ ސަބަބުން ކަމަށެވެ.

މިހާރު ކުޅުދުއްފުށީ ސިޓީގައި ބޭނުންކުރަމުންދާ ހިނަވާގޭގެ ބައުވެ ވަސީލަތްތައް މަދުވުމުން ގިނަ ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ.
މީހުން ގިނައިން މަރު ވުމަކީ ލިބޭ ހިތްދަތިކަމެކެވެ. މި ހިތްދަތިކަން އިތުރުވެގެން ދަނީ ކަށުކަމާއި ކެމީގެ ކަންކަމުގައި ހަރަކާތްތެރިވާ މީހުން އުޅެން ޖެހޭ ބުރަކަމާއި ލިބޭ އުޖޫރަ ތަފާތުކުރުންތަކެއް ހުރިކަން އިހުސާސްކުރެވޭތީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!