ނަޒާހާ އޭނާގެ ކުރީގެ ފިރިމީހާ މަރާލީ ގަސްދުގައި ކަމަށް ބުނާތީ ނުރުހުން
ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާ ދުރާލާ ރާވައިގެން ކުރީގެ ފިރިމީހާ މަރާލީ ކަމަށް ދައުލަތުން ބުނާތީ ނަޒާހާގެ ވަކީލް ސުޕްރީމް ކޯޓުގައި މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ. ޖޫން، 2010 ގައި މާލޭގައި ނަޒާހާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ، ހަސަން ޝާހިދަށް ވަޅިން ހަމަލާދިން މައްސަލާގައި ނަޒާހާ އުމުރަށް ޖަލަށްލި ހުކުމް ހައި ކޯޓުން ދެމެހެއްޓި މައްސަލަ ނަޒާހާގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި […]