Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,128 Stories
529 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

ޔާމީންގެ މައްސަލާގެ ހުކުމް އާދިއްތަ ދުވަހު އިއްވަނީ
Raajje

ޔާމީންގެ މައްސަލާގެ ހުކުމް އާދިއްތަ ދުވަހު އިއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އަންނަ އާދިއްތަ ދުވަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ. ވ. އާރަށް މައްސަލާގައި ޔާމީނާއި ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އިއްވަނީ އާދިއްތަ ދުވަހުގެ ހެނދުނެވެ. އާރަށް މައްސަލާގައި ޔާމީނަށް ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ އެވެ. […]

ވަކިކުރަން ނިންމި ފަސް އޮފިސަރުންގެ ވަޒީފާ ކޯޓުން ސަލާމަތްވެއްޖެ
Raajje

ވަކިކުރަން ނިންމި ފަސް އޮފިސަރުންގެ ވަޒީފާ ކޯޓުން ސަލާމަތްވެއްޖެ

ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ސިވިލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. ޕޮލިސް ބޯޑުގެ ލަފައާ އެކު މިދިޔަ އަހަރު ވަޒީފާ އިން ވަކިކުރަން ނިންމީ ހަތް އޮފިސަރެކެވެ. އޭގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅީ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ. ސިވިލް ކޯޓުގެ ހުކުމުގ...

ޔާމީންގެ ފުއްގިރި މައްސަލަ ބެލުން އިސްގާޒީ ދޫކޮށްލައިފި
Raajje

ޔާމީންގެ ފުއްގިރި މައްސަލަ ބެލުން އިސްގާޒީ ދޫކޮށްލައިފި

ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް މައްސަލަ ބެލުމުން ތަނާޒުލްވެއްޖެ އެވެ. ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ޔާމީނާއި ސަން އިންވެސްޓްމަންޓް ކުންފުންޏާއި ސަން ކޮންސްޓްރަކްޝަނާއި މއ. ކުރިކީލަހިޔާ ކްރިކް ރިޒާގެ މައްޗަށް ކުރާ ދައުވާ ބެލުމުން އިސްގާޒީ ޝަކީލް ތަނާޒުލްވި ސަބަބެއް ނޭނގެ އެވެ. އެ މައްސަލަ ބެލުން މިހާރު ހަވާލުކޮށްފައިވަނީ ގާޒީ އަލީ ނަދީމާ އެވެ. އިސްގާޒީ […]

"މާލޭ މީހުން" ގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
Raajje

"މާލޭ މީހުން" ގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

މާލެ ސަރަހައްދުން ގޯތި ދޫކުރުމުގައި މާލޭ މީހުން ކަމަށް ބަލާ މިންގަނޑު ބާތިލްކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ދޫކުރުމުގައި މާލޭ މީހުން ކަމަށް ބަލާނެ މިންގަނޑަކީ އެއްވެސް އިރަކު މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީވެފައިނުވާ މީހުންނެވެ. މިހާރު ހަމަޖައްސާފައިވަނީ ކުރިން އެހެން ތަނެއްގައި ރަޖިސްޓަރީވެފައި އޮތަސް، އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ކަމަށްވާ ނަމަ އަދި އެއީ […]

މަހްފޫޒް މަރާލަން އުޅުމުގެ ދައުވާއިން އެންމެން ސަލާމަތްވެއްޖެ
Raajje

މަހްފޫޒް މަރާލަން އުޅުމުގެ ދައުވާއިން އެންމެން ސަލާމަތްވެއްޖެ

ގާނޫނީ ވަކީލް މަހްފޫޒް ސައީދުގެ ބޮލަށް ވަޅި ހަރައި، އޭނާ މަރާލިކަން އުޅުނު މައްސަލާގައި ދައުލަތުން ދައުވާކުރި އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެ އެެވެ. ސެޕްޓެމްބަރު، 2015 ގައި މާލޭގެ މަގުމަތިން މަހްފޫޒްގެ ބޮޅަށް ވަޅިން ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރީ ރ. އިނގުރައިދޫ ކަރަންކާގޭ ހުސައިން ޝަފްރާޒް އިބްރާހިމާއި ހުޅުމާލެ 11270 އަހުމަދު ރާއިދާއި ހ. ސެނާ ޚާލިދު ނަފީއުގެ އިތުރުން ދަފްތަރު ނަމްބަރު 6201، ފިރާޒް ޖައުފަރުގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ […]

ބަޖެޓްގެ މައްސަލާގައި އަމީރު ގޮވައިގެން އަސްއަދު ސުޕްރީމް ކޯޓަށް
Raajje

ބަޖެޓްގެ މައްސަލާގައި އަމީރު ގޮވައިގެން އަސްއަދު ސުޕްރީމް ކޯޓަށް

ދައުލަތުގެ ބަޖެޓްގެ މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ދެކޮޅަށް ކުރީގެ ފިލްމީތަރި އަސްއަދު ޝަރީފް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ. ކުރީގެ ފިލްމީތަރި އަދި މިހާރު ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ އަސްއަދުގެ އިތުރުން ވަކީލް އިބްރާހިމް ރަމީޒްގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިއަހަރުގެ ބަޖެޓް އިތުރުކުރަން ފާސްކުރި 5.8 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓްގެ މައްސަލާގަ އެވެ. އެ މައްސަލާގައި އެދިފައި އޮތީ އަމީރު ގާނޫނާ ޚިލާފްވި ކަމަށް ނިންމައި ދިނުމަށެވެ. އެ […]

"ބަނޑުގައި އޮތީ ފިރިމީހާގެ ދަރިއެއް ނޫން" ކަމަށް ބުނުމުން ހައްދު ޖަހަނީ
Raajje

"ބަނޑުގައި އޮތީ ފިރިމީހާގެ ދަރިއެއް ނޫން" ކަމަށް ބުނުމުން ހައްދު ޖަހަނީ

މީހަކާ ދިމާލަކަށް، އޭނާގެ އަންހެނުންގެ ބަނޑުގައި އޮތީ އޭނާގެ ދަރިއެއް ނޫން ކަމަށް ބުނި މީހެއްގެ ގައިގައި ގަޒްފުގެ ހައްދު ޖަހަން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ. ގދ. ތިނަދޫ ފިރިހެނެއްގެ މައްޗަށް އެ ހުކުމް އައީ އެހެން ފިރިހެނަކާ ދިމާލަށް އޭނާ ބުނި އެއްޗަކާ ގުޅިގެންނެވެ. އޭނާ ފިރިހެން މީހާއާ ދިމާލަށް ބުނީ އަންހެނުންގެ ބަނޑުގައި އޮތީ ފިރިމީހާގެ ދަރިއެއް ނޫން ކަމަށާއި އެއީ އެހެން މީހެއްގެ ދަރިއެއް ކަމަށެވެ. ދަށު […]

ލޯބިވެރިޔާއަށް ކުރި ޚަރަދު ހޯދަން ފިރިހެނަކު ކުރި ދައުވާ ނާކާމިޔާބު
Raajje

ލޯބިވެރިޔާއަށް ކުރި ޚަރަދު ހޯދަން ފިރިހެނަކު ކުރި ދައުވާ ނާކާމިޔާބު

ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު، އަންހެން މީހާ ލައްވައި ފިރިހެނުން ޚަރަދު ކުރުވާ މައްސަލަ އަބަދުވެސް ބޮޑެވެ. ދެ މީހުން ރުޅިވުމަށްފަހު އަންހެން މީހާ ކޯޓަށް ދިއުމުން އެ ފައިސާ އަނބުރާ ދައްކަން ކޯޓުތަކުން ކުރިން ހުކުމް ކޮށްފައިވެ އެވެ. މިފަދަ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ފިރިހެނަކު އަންހެނަކާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ ވަނީ ނާކާމިޔާބުވެގެން ނިމިފަ އެވެ. އދ. އަތޮޅަށް ނިސްބަތްވާ ފިރިހެނަކު ސިވިލް ކޯޓުގައި ދައުވާކުރީ އޭނާގެ ކުރީގެ އަނބިމީހާއާ ލޯބީގެ […]

ހއ. އަތޮޅު ރަށެއްގައި ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް
Raajje

ހއ. އަތޮޅު ރަށެއްގައި ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް

ހއ. އަތޮޅުގެ ރަށެއްގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރަނިކޮށް އަތުލައިގަތް އެރަށު މީހަކު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ. މެއި، 2020 ގައި އެ ރަށުގެ ފަޅު ގެއެއްގެ ތެރޭގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ދައުލަތުން ދައުވާކުރީ އެރަށު ފިރިހެނަކަށެވެ. އޭނާ ހައްޔަރުކުރީ ވެސް އެތަނުގައި އަމަލު ހިންގަން ހުއްޓާ އާންމުންނަށް ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ. އެ މައްސަލާގައި، އުމުރުން 53 އަހަރުގެ އެ މީހާ 15 އަހަރަށް ޖަލަށްލާން ހުކުމްކުރީ […]

އަރަބިއްޔާއަށް އެހެން ޕްރިންސިޕަލަކު ނުނަގަން އަމުރު ނެރެފި
Raajje

އަރަބިއްޔާއަށް އެހެން ޕްރިންސިޕަލަކު ނުނަގަން އަމުރު ނެރެފި

އަރަބިއްޔާ ސްކޫލަށް އެހެން ޕްރިންސިޕަލަކު އައްޔަން ނުކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ. އަރަބިއްޔާ ޕްރިންސިޕަލަށް ހުރި ޝުޖާއު އަބްދުއްރަހީމް މަގާމުން ވަކިކުރުމަށްފަހު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ބަދަލުކުރި މައްސަލާގައި ޓްރައިބިއުނަލުން މިއަދު ނެރުނު އަމުރުގައިވަނީ އެ މައްސަލަ ނިމެންދެން އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރުމަށާއި އަދި އެފަދަ ކަމެއް ކުރަމުންދާ ނަމަ އެކަން ހުއްޓާލަން އަންގާ ކަމަށެވެ. އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމު މައްސަލަ ނިމެން...

ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކި ކޯޓުން ބަލައިގެންފި
Raajje

ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކި ކޯޓުން ބަލައިގެންފި

ކުރީގެ ރައީސް އަބްދު ﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް މިއަދު ނިންމައިފި އެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލުކޮށް، މަނީ ލޯންޑާ ކުރި ކަމަށް ބުނެ ޔާމީނާ ދެކޮޅަށް ކުރާ ދައުވާގައި ދައުލަތުން އާ ހެކިތަކެއް ހުށަހެޅީ ޔާމީންގެ ދިފާއީ ހެކިން ކޯޓުގައި ދޮގު ހެކިބަސް ދިންކަން ސާބިތު ކުރުމަށެވެ. އެ ހެކި ބަލައިގަތުމަށް އިސްގާޒީ އަހުމަދު ޝަކީލް މިއަދު ނިންމެވުމުން، އެ މައްސަލާގައި ޔާމީނާ އެކު […]

ސިޔާމްގެ ރިސޯޓުގެ ލޯންޗެއް ފޭރުނު މައްސަލަ: ހައި ކޯޓުން ކާމިޔާބެއް ނުވި
Raajje

ސިޔާމްގެ ރިސޯޓުގެ ލޯންޗެއް ފޭރުނު މައްސަލަ: ހައި ކޯޓުން ކާމިޔާބެއް ނުވި

ސަން ސިޔާމްގެ ރިސޯޓެއްގެ ލޯންޗެއް ފޭރިގަތް މައްސަލައެއް ކްރިމިނަލް ކޯޓުން ބަލައިނުގަތުމަށް ނިންމި ނިންމުން ހައިކޯޓުން ދަމަހައްޓައިފި އެވެ. އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ރިސޯޓެއްގެ ލޯންޗެއް ނ. ވެލިދޫ މީހަކު ފޭރިގަނެގެން ގެންދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭނާ ލޯންޗް ހިފައިގެން ދަނިކޮށް ފުލުހުން އޭނާ ކަނޑުމަތިން ހުއްޓުވުމުން ފުލުހުންނަށް ވަޅިއަކުން ބިރު ވެސް ދެއްކި އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވުމުން އެ ކޯޓުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ […]

ނަދީމް މަރާލި މައްސަލާގައި ދައުވާލިބޭ އެންމެން މިނިވަންވެއްޖެ
Raajje

ނަދީމް މަރާލި މައްސަލާގައި ދައުވާލިބޭ އެންމެން މިނިވަންވެއްޖެ

މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބުނު އިސް މީހާއާ އެކު، އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ މިއަދު ސަލާމަތްވެއްޖެ އެވެ. 2017 ވަނަ އަހަރު ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް އާއި ހުސައިން މަފާޒް ސަލީމާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި އާއި ރ. އިންނަމާދޫ ސަމަންތާ، ހުސެއިން ޝާމީން، އާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ […]

ނަޝީދު މަގާމުން ދުރުކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
Raajje

ނަޝީދު މަގާމުން ދުރުކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ދުރުކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަނެ، މިއަދު ބޭރުކޮށްލައިފި އެވެ. ބައިނަލްއަގްވާމީ މަސްރަހުގައި ސްރީލަންކާ ތަމްސީލުކުރަން ނަޝީދު ވަޑައިގަންނަވާތީ އެމަނިކުފާނުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ވަކީލް އަހުމަދު ތާލިބެވެ. އެގޮތަށް ނިންމައިފިނަމަ، އެމަނިކުފާނަށް މަޖިލީހުގެ ރައީސްކަން ގެއްލޭނެ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަނެ ބޭރުކޮށްލިޔަސް އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުން...

އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި އަލަމްގީރަށް އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް
Raajje

އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި އަލަމްގީރަށް އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް

ދިވެހި އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ބަންގްލަދޭޝްގެ އަލަމްގީރުގެ މައްޗަށް އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފަ އެވެ. އެއް ޖިންސުން ގުޅުން ހިންގި މައްސަލަ އާއި އެ މަންޒަރު ރެކޯޑްކުރި މައްސަލާގައި އަލަމްގީރު މިހާރު ވެސް ދަނީ ތިން އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ކްރިމިނަލް ކޯޓުން މިއަދު އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް އިއްވީ އެއް ޖިންސުން ގުޅުން ހިންގުމުގެ […]