ހއ. އަތޮޅުގެ ރަށެއްގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރަނިކޮށް އަތުލައިގަތް އެރަށު މީހަކު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
މެއި، 2020 ގައި އެ ރަށުގެ ފަޅު ގެއެއްގެ ތެރޭގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ދައުލަތުން ދައުވާކުރީ އެރަށު ފިރިހެނަކަށެވެ.
އޭނާ ހައްޔަރުކުރީ ވެސް އެތަނުގައި އަމަލު ހިންގަން ހުއްޓާ އާންމުންނަށް ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.
އެ މައްސަލާގައި، އުމުރުން 53 އަހަރުގެ އެ މީހާ 15 އަހަރަށް ޖަލަށްލާން ހުކުމްކުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ކުރީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެގެން ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!