ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް މައްސަލަ ބެލުމުން ތަނާޒުލްވެއްޖެ އެވެ.
ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ޔާމީނާއި ސަން އިންވެސްޓްމަންޓް ކުންފުންޏާއި ސަން ކޮންސްޓްރަކްޝަނާއި މއ. ކުރިކީލަހިޔާ ކްރިކް ރިޒާގެ މައްޗަށް ކުރާ ދައުވާ ބެލުމުން އިސްގާޒީ ޝަކީލް ތަނާޒުލްވި ސަބަބެއް ނޭނގެ އެވެ.
އެ މައްސަލަ ބެލުން މިހާރު ހަވާލުކޮށްފައިވަނީ ގާޒީ އަލީ ނަދީމާ އެވެ.
އިސްގާޒީ ޝަކީލަކީ މިހާރު ހުކުމާ ހިސާބުގައި އޮތް ޔާމީންގެ ވ. އާރަށް މައްސަލަ ބައްލަވާ ގާޒީ އެވެ. އެ މައްސަލައިން އިސްގާޒީ ތަނާޒުލެއް ނުވެ އެވެ.
ފުއްގިރި މައްސަލަ އެހާ ބޮޑަކަށް ކުރިއަށް ނުގެންދެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!