ގާނޫނީ ވަކީލް މަހްފޫޒް ސައީދުގެ ބޮލަށް ވަޅި ހަރައި، އޭނާ މަރާލިކަން އުޅުނު މައްސަލާގައި ދައުލަތުން ދައުވާކުރި އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެ އެެވެ.
ސެޕްޓެމްބަރު، 2015 ގައި މާލޭގެ މަގުމަތިން މަހްފޫޒްގެ ބޮޅަށް ވަޅިން ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރީ ރ. އިނގުރައިދޫ ކަރަންކާގޭ ހުސައިން ޝަފްރާޒް އިބްރާހިމާއި ހުޅުމާލެ 11270 އަހުމަދު ރާއިދާއި ހ. ސެނާ ޚާލިދު ނަފީއުގެ އިތުރުން ދަފްތަރު ނަމްބަރު 6201، ފިރާޒް ޖައުފަރުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ މަހްފޫޒަށް އެމީހުން ހަމަލާދިން މަންޒަރު ފެނުނު ކަމަށް ހެކިވެރިން ހެކިބަސް ދީފައިނުވާ ކަމަށެވެ. އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހަ ހެކިން ވެސް ކޯޓުގައި ހެކިބަހެއް ނުދިނެވެ. ދައުލަތުން އެދުނީ އެ މީހުން ތަހުގީގަށް ދިން ބަޔާންތަކަށް ރިއާޔަތް ކުރާށެވެ.
ކޯޓުން ނިންމީ އެގޮތަށް ރިއާޔަތް ނުުކުރެވޭނެ ކަމަށެވެ. ކޯޓުގެ ހުކުމުގައިވަނީ ވީޑިއޯ ފުޓޭޖްތަކުން ނަގާފައިވާ ފޮޓޯތަކުން ވެސް ދައުވާލިބޭ މީހުން މަހްފޫޒަށް ހަމަލާދިން މަންޒަރު ނުފެންނަ ކަަމަށެވެ.
ދައުވާލިބޭ މީހުން ސައިކަލުތަކެއްގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކަކީ ވެސް ހާދިސާ ހިނގިތަނާ މާ ދުރު ސަރަހައްދަކުން ނަގާފައިވާ ފޮޓޯތަކެއް ކަމަށް ހުކުމުގައިވެ އެވެ. އަދި އެ މީހުންގެ ފޯން ކޯލް ޑީލެއިޓްތަކެއް ހުށަހެޅިޔަސް، ކޯޓު އަމުރެއް ނެތުމުން އެއަށް ރިއާޔަތް ނުކުރަން ކޯޓުން ނިންމި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!