އަރަބިއްޔާ ސްކޫލަށް އެހެން ޕްރިންސިޕަލަކު އައްޔަން ނުކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

އަރަބިއްޔާ ޕްރިންސިޕަލަށް ހުރި ޝުޖާއު އަބްދުއްރަހީމް މަގާމުން ވަކިކުރުމަށްފަހު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ބަދަލުކުރި މައްސަލާގައި ޓްރައިބިއުނަލުން މިއަދު ނެރުނު އަމުރުގައިވަނީ އެ މައްސަލަ ނިމެންދެން އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރުމަށާއި އަދި އެފަދަ ކަމެއް ކުރަމުންދާ ނަމަ އެކަން ހުއްޓާލަން އަންގާ ކަމަށެވެ.

Ad
rt

އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމު މައްސަލަ ނިމެންދެން ޝުޖާއުއަށް އަދާކުރުމުގެ ފުރުސަތު ދިނުމުގެ އަމުރަކަށް ވެސް ޝުޖާއުގެ ފަރާތުން އެ މައްސަލާގައި އެދުނެވެ. އެކަމަކު ޓްރައިބިއުނަލުން އެފަދަ އަމުރެއް ނުދިނެވެ.

އަރަބިއްޔާ މިހާރު ހިންގަމުން ދަނީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދެވެ. އަރަބިއްޔާގެ ގިނަ ބެލެނިވެރިން އެކަމާ ދެކޮޅެވެ. އަދި އެކަމާ ދެކޮޅަށް މުޒާހަރާ ވެސް ކުރި އެވެ.