ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޝަކޫރު އަވަހާރަވެއްޖެ
ދިވެހި ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރ (ރިޓަޔަރޑް) އަބްދުއްޝަކޫރު އަބްދުﷲ މިއަދު އަވަހާރަވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ 43 އަހަރަށްވުރެ ގިނަ ދުވަހު ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރަށްވާފައިވާ އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އުމުރުން 75 އަހަރުގައި ޝަކޫރު އަވަހާރަވީ ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު 10:1...