ދިވެހި ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރ (ރިޓަޔަރޑް) އަބްދުއްޝަކޫރު އަބްދުﷲ މިއަދު އަވަހާރަވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ 43 އަހަރަށްވުރެ ގިނަ ދުވަހު ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރަށްވާފައިވާ އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
އުމުރުން 75 އަހަރުގައި ޝަކޫރު އަވަހާރަވީ ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު 10:15 ހާއިރުގައެވެ.
ތައުޒިޔާގެ މެސެޖް pic.twitter.com/4bafFCFHZD
— Maldives Police (@PoliceMv) March 24, 2026
އަބްދުއްޝަކޫރު އަބްދުﷲ އަކީ ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ފުލުހުންގެ ހިދުމަތުގައި 43 އަހަރަށް ވުރެ ގިނަ ދުވަހު އިޚްލާޞްތެރި ހިދުމަތްތަކެއް ކުރެއްވުމަށްފަހު، އެމަނިކުފާނު ރިޓަޔާކުރެއްވީ މާޗު 5، 2009 ގައެވެ.
ޝަކޫރު އަވަހާރަވުމާ ގުޅިގެން ފުލުހުންގެ މުއައްސަސާއިން ވަނީ އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!