މާލޭގެ އެމްޕީއެލް ސަރަޙައްދު ބޭރުން ދަތުރުކުރި ޓަގު ބޯޓަކާއި ލޯންޗެއް ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، އެމް.ޕީ.އެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 މާރިޗު 21 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:39 އެހާއިރުއެވެ.

Ad
rt

މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ، އޭނާއަށް މިހާރު ދަނީ އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުން މައުލޫމާތު ލިބިފައިވާ ގޮތުގައި ކެޕްޓަނަށް ލިބުނު އަނިޔާތައް ސީރިއަސްއެއް ނޫނެވެ.

އެކްސިޑެންޓް ހިނގި ވަގުތު ލޯންޗުގައި ކެޕްޓަންގެ އިތުރުން ތިން ފަޅުވެރިން ތިއްބެވެ.

މި ހާދިސާގައި ލޯންޗުގެ ބައެއް ބޮޑަށް ހަލާކުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ފާހަގަކުރެއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.