Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,680 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ވީސާ ފީ ނުދައްކާ އުޅޭ ބިދޭސީން ފެނިއްޖެނަމަ ވަގުތުން ޑީޕޯޓްކޮށްލަނީ
Raajje

ވީސާ ފީ ނުދައްކާ އުޅޭ ބިދޭސީން ފެނިއްޖެނަމަ ވަގުތުން ޑީޕޯޓްކޮށްލަނީ

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ “ކުރަނގި އޮޕަރޭޝަން” ގެ ތިންވަނަ ފިޔަވަހި އަންނަ މޭ މަހުގެ ދެވަނަ ދުވަހު ފަށާނެކަމަށާއި އަދި މި އޮޕަރޭޝަންގެ ތެރެއިން ވިސާ ފީ ނުދައްކާ އުޅޭ ބިދޭސީއަކު ފެނިއްޖެ ނަމަ، އެ މީހަކު ވަގުތުން ހައްޔަރުކޮށް ޑީޕޯޓްކޮށްލާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވި...

ރަސްމާލެ މަޝްރޫޢު: 504 ހެކްޓަރުގެ ބިން ހިއްކައިފި
Raajje

ރަސްމާލެ މަޝްރޫޢު: 504 ހެކްޓަރުގެ ބިން ހިއްކައިފި

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހިއްކަމުންދާ ރަސްމާލޭގެ 50 އިންސައްތަ ބިން ހިއްކާ ނިމިފައިވާކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަބުދުﷲ މުއްތަލިބު ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 50 އިއްސަތަ ހިއްކާ ނިންމާލެވިފައިވާ ކަމަށެވެ. އަދި އެއީ...

މި އަހަރުގެ މިހާތަނަށް 74 މިލިއަން ރުފިޔާގެ ޑްރަގް އަތުލެވިފައިވޭ: އިހްސާން
Raajje

މި އަހަރުގެ މިހާތަނަށް 74 މިލިއަން ރުފިޔާގެ ޑްރަގް އަތުލެވިފައިވޭ: އިހްސާން

މި އަހަރުގެ މިހާތަނަށް 89 ކިލޯގެ މަސްތުވާތަކެތި އަތުލެވިފައިވާއިރު، އެ ތަކެތީގެ މަގުމަތީގެ އަގު 74.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މި އަހަރުގެ މިހާތަނަށް ހިންގި އެކި އޮޕަރޭޝަންތަކުގައި 89 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އަދި މާޗު މަހުގެ 5 ވަނަ ދުވަހުން ފެށި...

''ދިވެހި ކޮންމެ ހިތެއްގެ ވިންދަކަށް ވާންވާނީ ޤުރްއާނަށް އޮތް ލޯތްބާއި މަތިވެރި ޤަދަރު''
Raajje

''ދިވެހި ކޮންމެ ހިތެއްގެ ވިންދަކަށް ވާންވާނީ ޤުރްއާނަށް އޮތް ލޯތްބާއި މަތިވެރި ޤަދަރު''

ދިވެހި ކޮންމެ ހިތެއްގެ ވިންދަކަށް ވާންވާނީ ކީރިތި ޤުރްއާނަށް އޮތް ލޯތްބާއި މަތިވެރި ޤަދަރާއި އިހްތިރާމް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މުވައްޒަފުންގެ ދެވަނަ ޤުރްއާން އަދި މަދަހަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ޤުރްއާން މުބާރާތްތަކަކީ ހަމައެ...

ނޯތު ރީޖަން ކޮލިފައިންގެ ފުރަތަމަ މެޗު ދިއްދޫ ކާމިޔާބުކޮށްފި
Thiladhunmathi News

ނޯތު ރީޖަން ކޮލިފައިންގެ ފުރަތަމަ މެޗު ދިއްދޫ ކާމިޔާބުކޮށްފި

ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފުރަތަމަ މެޗު ދިއްދޫ ކާމިޔާބުކޮށްފިއެވެ. ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފުރަތަމަ މެޗު އެޓޯލް ޗެމްޕިއަންޝިޕް 2025/26ގެ ހއ. އަތޮޅުގެ ޗެމްޕިއަން ދިއްދޫ ކާމިޔާބުކުރީ އެޓޯލް ޗެމްޕިއަންޝިޕް 2025/26ގެ ހދ.އަތޮޅު ޗެމްޕިއަން ކުޅުދުއްފުށީ ސިޓީގެ މައްޗަށް 4-1 އިން ކުރި ހޯދައިގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި […]

ކުށްތަކުން ރައްކާތެރިކުރުމަށް ކޮމަންޑޫގައި ފުލުހުންގެ ހާއްސަ މަސައްކަތްތަކެއް
Raajje

ކުށްތަކުން ރައްކާތެރިކުރުމަށް ކޮމަންޑޫގައި ފުލުހުންގެ ހާއްސަ މަސައްކަތްތަކެއް

ކުށްތަކުން ރައްކާތެރިކުރުމަށް ރައްޔިތުންނާ ގާތުން ބައްދަލުކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތެއް ށ. ކޮމަންޑޫގައި ފުލުހުން ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި އެޕްރީލް މަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، ކުށްމަދުކުރުމަށާއި ކުށްތަކުން ރައްކާތެރި...

ޙައްޖު ކިއު ދިގުވެފައި އޮތް މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން: ޝަހީމް
News

ޙައްޖު ކިއު ދިގުވެފައި އޮތް މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން: ޝަހީމް

ޙައްޖު ކިއު ދިގުވެފައި އޮތް މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫންކަމަށާއި، މި މައްސަލައަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ޙައްޖުގެ ކިއު ދިގުދެމިގެންދިއުމުގެ ސަބަބުން ދިމާވެފައިވާ ބައިނަލްއަޤުވާމީ މައްސަލައެއްކަމަށް އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ޙައްޖު ކިއު...

މާއްޓޭ މިނިސްޓަރުގެ ހާއްސަ އެޑްވައިޒަރަކަށް، ހާނިމް ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރަކަށް
Raajje

މާއްޓޭ މިނިސްޓަރުގެ ހާއްސަ އެޑްވައިޒަރަކަށް، ހާނިމް ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރަކަށް

ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ގޯލްކީޕަރު އަދި ކާމިޔާބު ކޯޗު މައުރޫފް އަޙްމަދު (މާއްޓޭ) މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ހާއްސަ އެޑްވައިޒަރަކަށް އަދި ކުޅިވަރުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ މުހައްމަދު ހާނިމް ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރަކަށް ހަމަޖައްސައިފިއެވެ. މައުރޫފް އަޙްމަދު މި މަޤާމަށް އައްޔަންކުރެއްވީ ކުޅިވަރު ލާމަރުކަޒީ ކުރުމާ ގުޅޭ ކަންކަމުގައި މިނިސްޓަރަށް ލަފާދެއްވާ ހާއްސަ އެޑްވައިޒަރެއްގެ ގޮތުގައެވެ. މާއްޓޭއަކީ 1980 ގެ ފަހުކ...

ކެލާގެ ފުރަތަމަ ހާފިޒު ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހް
Thiladhunmathi News

ކެލާގެ ފުރަތަމަ ހާފިޒު ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހް

ކީރިތި ޤުރުއާން ހިތުދަސްކުރައްވައި، އުމުރުން އެންމެ 13 އަހަރުގައި ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ހއ. ކެލާ، ދޭލިޔާގެ، ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހްއާ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ، ޢަބްދުﷲ ޢައްޔާޝް ހޯދި މި ފުރިހަމަ ކާމިޔާބީއާ ގުޅިގެން ވަޒީރު އޭނާއާ ބައްދަލުކުރައްވައި، އެ މަތިވެރި މަސައްކަތް ފާހަގަކުރައްވާފައިވާ ކަމަށެވެ. ޢައްޔާޝްއަކީ ހއ. ކެލާ އަށް އުފ...

އެމްޕީއެލްގެ ވެރިއަކަށް ޝަފީގު
Business

އެމްޕީއެލްގެ ވެރިއަކަށް ޝަފީގު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް ހުސެއިން ޝަފީގު މިއަދު އައްޔަންކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، ދަފްތަރު ނަންބަރ ރސ 2861، ޙުސެއިން ޝަފީޤް މިއަދުން ފެށިގެން ހަމަޖައްސާފައިވާކަމަށެވެ. އެމްޕީއެލްގެ އައު ވެރިއަކަށް ހަމަޖެއްސި ޝަފީޤަކީ ކަނޑުދަތުރުފަތުރާ ގުޅޭ ކަންކަމުގައި 35 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކު...

ދިއްދޫ އާއި ކުޅުދުއްފުށީ ސިޓީގައި އެފްއެސްއެމްގެ ފިއުލް ޝެޑު ގާއިމުކުރަނީ
Thiladhunmathi News

ދިއްދޫ އާއި ކުޅުދުއްފުށީ ސިޓީގައި އެފްއެސްއެމްގެ ފިއުލް ޝެޑު ގާއިމުކުރަނީ

ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުށީ ސިޓީގައި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ ޝެޑުތަކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ނިންމި ނިންމުމެކެވެ. މި މަޝްރޫއުގެ ދަށުން މިހާރުވެސް ހއ. އިހަވަންދޫ އާއި ހދ. ހަނިމާދޫގައި އެފްއެސްއެމްގެ ފިއުލް ޝެޑުތަކުން ދަނީ ޚިދުމަތް ދެމުންނެވެ. ދިއްދޫ އާއި ކުޅުދުއްފުށީގައި މި ޚިދުމަ...

މުދަލު ޒަކާތުގެ ނިޞާބަކީ 21،836.50ރ. ކަމަށް ކަނޑައަޅައިފި
Raajje

މުދަލު ޒަކާތުގެ ނިޞާބަކީ 21،836.50ރ. ކަމަށް ކަނޑައަޅައިފި

މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ 21,836.50 ދިވެހި ރުފިޔާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ހާމަކޮށްފިއެވެ. މިއީ މީގެ ކުރިން ނިސާބުގެ ގޮތުގައި ކަނޑައަޅާފައި އޮތް 19,527.90 ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ދިވެހިރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ބައިނަލްއަގުވާމީ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކަށް ބަލައިގެންނެވެ. ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގައި ވެސް ޒަކާތުގެ ނިސާބަށް ދަނީ ދަތިތަކެއް ނެތި ބަދަލ...

މަސްހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެ
Raajje

މަސްހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެ

ލ. ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން މިއަދު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި، ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު، 21 އޭޕްރީލް 2026 ވަނަ ދުވަހުގެ ހަވީރު 15:42 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ލ. ހިތަދޫ، އަމާން، އަޙްމަދު ހަމްޒާން (21އ) އެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް އެޓެންޑްވެ، އެ […]

މާލޭގައި ކުދިން ބައިތިއްބާ ތަނެއްގައި 18 އަހަރުގެ އަންހެނަކު ނިޔާވި މައްސަލަ ތަހުގީގު ކުރަނީ
Raajje

މާލޭގައި ކުދިން ބައިތިއްބާ ތަނެއްގައި 18 އަހަރުގެ އަންހެނަކު ނިޔާވި މައްސަލަ ތަހުގީގު ކުރަނީ

މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ އަންހެނަކު ނިޔާވި ހާދިސާއެއް، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 އޭޕްރީލް 20 ވާ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުންކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ސޯ...

ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާކުރި މީހަކު 18 އަހަރަށް ޖަލަށް
Raajje

ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާކުރި މީހަކު 18 އަހަރަށް ޖަލަށް

ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާއެކު ޖިންސީ އަމަލު ހިންގި މައްސަލައެއްގައި މީހަކު 18 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލައިގައި ކުށް ސާބިތުވެ ޖަލު ހުކުމް އިއްވާފައިވަނީ ޏ. ފުވައްމުލަކު، ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށެވެ. މި މައްސަލައިގެ ޝަރީއަތް ނިންމައި ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން، ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށް ވަނީ 18 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައެވެ. ނަމަވެސް، މި މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުގައި […]