Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,680 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ސިނާން ޓިކެޓް ކަށަވަރުކޮށްފި
Raajje

ސިނާން ޓިކެޓް ކަށަވަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅަން އެ ޕާޓީން މިއަދު ބޭއްވި ޕްރައިމަރީގައި ކުރި ހޯދައި، އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ޓިކެޓް ކަށަވަރުކޮށްފިއެވެ. މިއަދު ބޭއްވި ޕްރައިމަރީގައި ވާދަކުރެއްވީ ސިނާން އާއި ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ. މިއަދުގެ ޕްރައިމަރީގައި ސިނާނަށް 226 ވޯޓު ލިބިފައިވާއިރު، އޭނާ...

ޗައިނާގެ އެހީގައި މާލޭގައި 500 ފްލެޓް އަޅަން އެއްބަސްވުމެއް
Raajje

ޗައިނާގެ އެހީގައި މާލޭގައި 500 ފްލެޓް އަޅަން އެއްބަސްވުމެއް

މާލޭގައި 500 ސޯޝަލް ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ހައުސިން މިނިސްޓްރީން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޗައިނާގެ ބެއިޖިންގގައި މިހާރު ކުރިއަށްދާ “ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް” ކޮންފަރެންސްގެ ހަވާސާގައި ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ބިނާކުރާ 500 ހައުސިންގ ޔުނިޓަކީ ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަ...

''ދިއްދޫ ރައްޔިތަކު މީސްމީޑިއާގައި އާންމުކުރި ސިޓީގައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައިދޭނެ''
Raajje

''ދިއްދޫ ރައްޔިތަކު މީސްމީޑިއާގައި އާންމުކުރި ސިޓީގައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައިދޭނެ''

ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބުނު ކާރުތައް ރަޖިސްޓްރީ ނުކުރެވި ލަސްވާތީ ދިމާވާ ދަތިތަކާ ގުޅިގެން ހއ. ދިއްދޫ ރައްޔިތަކު މީސްމީޑިއާގައި އާންމުކުރި ސިޓީގައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައި، އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަށްވާނެކަމުގެ ޔަގީންކަން އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ދެއްވައިފިއެވެ. ހއ. ދިއްދޫ، މުތީގެ، އާދަމް ސަލީމް މީސްމީޑިއާގެ ”އެކްސް” މެދުވެރިކޮށް ވަޒީރު ސައީދަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވަނީ، ޓެކްސީ ނަފާ ލޯނ...

ކުނިވެފައި ހުރި ލޭ ނޭޅޭކަން ޞިއްޙީ ގޮތުން ބަލާއިރު ޔަގީން ކުރެވޭ: ބްލަޑް ސާވިސަސް
Raajje

ކުނިވެފައި ހުރި ލޭ ނޭޅޭކަން ޞިއްޙީ ގޮތުން ބަލާއިރު ޔަގީން ކުރެވޭ: ބްލަޑް ސާވިސަސް

އޭޕްރިލް 20 ވަނަ ދުވަހު ތެލެސީމިއާ ކުދިންގެ ގަޔަށް އަޅާފައިވާ ލެޔަކީ ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިވާ ލޭ ނޫންކަން ސިއްހީ ގޮތުން ބަލާއިރު ޔަގީން ކުރެވޭކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމް.ބީ.އެސް) އިން ރޭ ބުނެފިއެވެ. މިދިޔަ ހޯމަ ދުވަހު ތެލެސީމިއާ ސެންޓަރުގައި ތިން މީހެއްގެ ގަޔަށް ލޭ އެޅުމުގައި ދިމާވި މި ހާދިސާއާ ގުޅިގެން އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، ލޭ ރައްކާކުރާ ދެ ނަމްބަރު އައިސް އަލަމާރިއަށް ޓެކްނިކަލް މައްސަލައެއް ދިމާވިކަން […]

''ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށް އިޙްތިރާމްކޮށް، ދޭންވީ ހިތްވަރުގެ މެސެޖުތައް''
Raajje

''ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށް އިޙްތިރާމްކޮށް، ދޭންވީ ހިތްވަރުގެ މެސެޖުތައް''

ރާއްޖޭގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ޙާދިސާތަކާ ގުޅިގެން، ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށް އޯގާތެރިކަމާއި ހިތްވަރު ދިނުމަށް ސިއްހަތާއި ޢާއިލާ އާއި އިޖުތިމާއީ އެހީތެރިކަމާބެހޭ ވުޒާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ. އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނަފްސާނީ ދުޅަހެޔޮކަމަކީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއްކަން ޤަބޫލުކޮށް، އެ ދާއިރާއިން ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް ހަރުދަނާކުރުމަށް ފަންނީ ބޭފުޅުންނާއި ގ...

ޝައިޚް އާސިމް ރާއްޖޭގެ ފަސް ސިޓީއަކަށް، ފުރަތަމަ ދަރުސް ކުޅުދުއްފުށީ ސިޓީގައި
Religion

ޝައިޚް އާސިމް ރާއްޖޭގެ ފަސް ސިޓީއަކަށް، ފުރަތަމަ ދަރުސް ކުޅުދުއްފުށީ ސިޓީގައި

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ސައޫދީ އަރަބިއްޔާގެ ޝައިޚް އާސިމް އަލް ހަކީމް ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ. “ދަ ޓްރެވަލާ” ގްރޫޕުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ އަށް ދުވަހުގެ މުއްދަތަށް ކުރިއަށްދާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ސައިޚް ރާއްޖޭގެ ފަސް ސިޓީއެއްގައި ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އެވެ. މި ދަރުސްތަކުގެ ތެރެއިން އެންމެ ފުރަތަމަ ދަރުސް ބޭއްވުމަށް […]

ހުވާކުރާ ސިކުންތުން ފެށިގެން ފިއްލަދޫގެ ''ފޮށިން ބޭރުގައި'' ހުރި ހަރުމުދަލަށް ޚިޔާނާތްތެރިވުން ނިމުމަކަށް ގެންނާނަން: އިންތިޚާބީ ރައީސް
Thiladhunmathi News

ހުވާކުރާ ސިކުންތުން ފެށިގެން ފިއްލަދޫގެ ''ފޮށިން ބޭރުގައި'' ހުރި ހަރުމުދަލަށް ޚިޔާނާތްތެރިވުން ނިމުމަކަށް ގެންނާނަން: އިންތިޚާބީ ރައީސް

ހުވާކުރާ ސިކުންތުން ފެށިގެން ހއ. ފިއްލަދޫގެ “ފޮށިން ބޭރުގައި” ހުރި ހަރުމުދަލަށް ޚިޔާނާތްތެރިވުން ނިމުމަކަށް ގެންނަވާނެ ކަމަށް އެ ރަށު ކައުންސިލްގެ އިންތިޚާބީ ރައީސް މުޙައްމަދު ހާމިދު ވިދާޅުވެއްޖެއެވެ. ހާމިދު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު 2026 ގައި ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ މާލޭ ޕީއެންސީ މައި ޖަގަހައިގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ. ފިއްލަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔު...

ސެލޫންތަކުން ވެކްސް އާއި ލޭޒާ ފަރުވާ ހޯދުމުގައި ޢައުރަ ކަޝްފުކުރުމަކީ ޙަރާމްކަމެއް: ޚުޠުބާ
Column

ސެލޫންތަކުން ވެކްސް އާއި ލޭޒާ ފަރުވާ ހޯދުމުގައި ޢައުރަ ކަޝްފުކުރުމަކީ ޙަރާމްކަމެއް: ޚުޠުބާ

މިއަދުގެ ހުކުރު ޚުޠުބާގައި، އިސްލާމީ ރިވެތި އުޞޫލުތަކާއި ސާފުތާހިރުކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލަމުން، ސެލޫންތަކުން “ވެކްސް” ނުވަތަ “ލޭޒާ” ފަރުވާ ހޯދުމުގައި ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުމަކީ ޙަރާމްކަމެއްކަމަށް ބަޔާންކޮށްފިއެވެ. “އިސްލާމީ ނަޒަރަކުން ރީތިކަމާއި ސާފުތާހިރުކަން” މި މައުޟޫޢަށް މިއަދު އިއްވި ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީނެވެ. އެހެން ޙަޟާރަތްތަކުގައި ރީތިކަން ބޭރުފުށުގެ ޒީނަތަށް އެކަނި މިންކުރި ނަމަވެސް، އިސް...

ވޯލްޑް ކަޕް މެޗުތައް ޓީވީއެމް އާއި ޔެސް ޓީވީން ހިލޭ ބަލާލެވޭނެ
Sports

ވޯލްޑް ކަޕް މެޗުތައް ޓީވީއެމް އާއި ޔެސް ޓީވީން ހިލޭ ބަލާލެވޭނެ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންނަށް މީޑިއާނެޓުގެ ނެޓުވޯކް މެދުވެރިކޮށް ހިލޭ ބަލާލެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި މީޑިއާނެޓް ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިއަހަރުގެ ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ޓީވީއެމް އަދި ޔެސް ޓީވީ މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފެންނާނެއެވެ. މީޑިއާނެޓުގެ ކޭބަލް ޓީވީގެ އިތުރުން، އެ ކުންފުނީގެ މޯބައިލް އެޕްލ...

އިންޑިއާ އަށް 400 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފި
Raajje

އިންޑިއާ އަށް 400 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފި

އިންޑިއާގެ ރިޒާވް ބޭންކުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ލޯނު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދައްކާ ޚަލާސްކޮށްފިއެވެ. މި ލޯނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ޤާއިމްކުރި އެއްބަސްވުމެއްގެ ދަށުން ދޫކުރި ލޯނެކެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ބޮޑު އެއްބާރުލުމެއް ދީފައެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާއިން […]

ތެހެރާންގައި އެއަރ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓް ކޮށްފި، ބެލެވެނީ ތަމްރީނެއްކަމަށް
International

ތެހެރާންގައި އެއަރ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓް ކޮށްފި، ބެލެވެނީ ތަމްރީނެއްކަމަށް

އީރާނުގެ ވެރިރަށް ތެހެރާންގެ ބައެއް ސަރަހައްދުތަކުގައި ބުރާސްފަތި ދުވަހުގެ އިރުއޮއްސުނު ވަގުތު އެއަރ ޑިފެންސް ސިސްޓަމްތައް މަސައްކަތްކުރާ އަޑު އިވިފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ދައުލަތުގެ ނިއުސް އެޖެންސީ އިރްނާ އިން ބުނި ގޮތުގައި، ވެރިރަށުގެ ހުޅަނގާއި އިރުމަތީ ސަރަހައްދުތަކުން އެއަރ ޑިފެންސްގެ އަޑު ވަނީ އިވިފައެވެ. މި ހާދިސާއާ ގުޅޭގޮތުން އީރާނުގެ މީޑިއާތަކުން ފަހުން ހާމަކޮށްފައިވާ ގޮތުގައި، އެއަރ ޑިފެންސްތައް ހަރަކާތްތެރިވީ ކުރިއަށްދިޔަ ޓެސްޓެއްގެ ތެރެއިންނެވެ. ނަމަވެސް...

ނޯތު ރީޖަން ކޮލިފައިންގައި ހަނިމާދޫގެ ފުރަތަމަ މެޗުން ހޯދި މޮޅާއެކު ފައިނަލް ކަށަވަރުވެއްޖެ
Raajje

ނޯތު ރީޖަން ކޮލިފައިންގައި ހަނިމާދޫގެ ފުރަތަމަ މެޗުން ހޯދި މޮޅާއެކު ފައިނަލް ކަށަވަރުވެއްޖެ

ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ދެވަނަ މެޗުގައި ކުޅުދުއްފުށީ ސިޓީގެ މައްޗަށް ހަނިމާދޫ މިއަދު ކުރި ހޯދައިފިއެވެ. މިއަދުގެ މެޗުގައި ހަނިމާދޫ މޮޅުވީ 3-0 އިންނެވެ. މި ނަތީޖާއާއެކު ކުޅުދުއްފުށީ ސިޓީ ކުޅުނު ދެމެޗުން ބަލިވުމުން އެ ޓީމަށް ވަނީ މުބާރާތް ނިމިފައެވެ. މި މޮޅާއެކު މުބާރާތުގެ އެއްމެޗު ބާކީ އޮއްވާ ހަނިމާދޫ އަށް […]

މިލަންދޫގައި ބޮޑު ދެ ވައްކަމެއް، ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

މިލަންދޫގައި ބޮޑު ދެ ވައްކަމެއް، ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ށ. މިލަންދޫ ގެއަކުން ޓީވީތަކަކާއި އަގުބޮޑު ސެންޓުފުޅިތަކެއް ވަގަށް ނެގި މައްސަލައަކާއި، ގަރާޖަކުން އަގުބޮޑު އިންޖީނު ބައިތަކެއް ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި އެޕްރީލް މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު  މި މައްސަލަތަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައި ވަނީ އެޕްރީލް 21 ވަނަ ދުވަހުއެވެ. އެ ދެ މީހުންނަކޯ ރެޑްރޯސް / ށ. މިލަންދޫ، އަޙްމަދު ޢަޒީމް (34އ) އަދި ތަރިވިދާގެ / ށ. މިލަންދޫ، މުޙައްމަދު […]

އެމެރިކާ އިޒްރޭލަށް: އީރާނާއެކު އޮތް ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ގުނާނީ އާދީއްތަ ދުވަހާ ހަމައަށް
Raajje

އެމެރިކާ އިޒްރޭލަށް: އީރާނާއެކު އޮތް ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ގުނާނީ އާދީއްތަ ދުވަހާ ހަމައަށް

އީރާނާއެކު އޮތް ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އާދީއްތަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާކަން އެމެރިކާއިން އިސްރާއީލަށް އަންގާފައިވާ ކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނެފިއެވެ. މި ނިންމުން ނިންމާފައި ވަނީ މަޝްވަރާތަކުން ނަތީޖާއެއް ނުކުމެދާނެތޯ އުފެދިފައިވާ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް އާ ސުންގަޑިއެއް އަދި އިޢުލާނެއް ނުކުރެއެވެ. ނަމަވެސް، ފާއިތުވި ހަފުތާތަކުގައި އޭނާ ވަނީ ހަނގުރާމަ ހުއްޓާލުމަށް އެކި ތާރީޚުތައް ކަނޑައަޅައި، ތަކުރާރުކޮށް އެ ތާރީޚ...

ތިލަމާލެ ބްރިޖުގެ 72 އިންސައްތަ ވަނީ ނިމިފައި، އަމާޒަކީ 2027 ގައި ހުޅުވުން: މުއްތަލިބު
Raajje

ތިލަމާލެ ބްރިޖުގެ 72 އިންސައްތަ ވަނީ ނިމިފައި، އަމާޒަކީ 2027 ގައި ހުޅުވުން: މުއްތަލިބު

މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖު މަޝްރޫޢުގެ 72 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަބުދުﷲ މުއްތަލިބު ވިދާޅުވީ، އެ ބްރިޖުގެ 72 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަަމަށެވެ. މިވަގުތު ކުރިއަށް ދަނީ ސެގްމެންޓް ކާސްޓްކުރުމާއި، ތަނބުތައް ގުޅުވާލުމުގެ މަސައްކަތް ކަމަށ...