ކުޅުދުއްފުށި ސިޓީގައި މިއުޒިއަމެއް ތަރައްޤީކުރަން ހަވާލުކޮށްފި
ހދ. ކުޅުދުއްފުށި ސިޓީގައި މިއުޒިއަމެއް ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ އެ ސިޓީގެ ތާރީޚާއި ސަގާފަތް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މަސައްކަތް ހަވާލުކޮށްފައިވަނީ ގިބްސް ޕްރައިވެޓް ލިމިޓެޑް އާއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލާއި އެ ކުންފުންޏާ ދެމެދު ވަނީ ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށ...