އަހްމަދުގެ ވަދާއީ މެސެޖު: އަބަދުވެސް ހުންނާނީ ފުނަދޫއަށް ހެޔޮއެދޭ މީހެއްގެ ގޮތުގައި
ށ. ފުނަދޫ ކައުންސިލް ހުނިޖަހައިލެވެނީ ކޮންމެ ދައުރެއްގައިހެން އުތުރުގެ ސަރަހައްދުން އެންމެ ހިންގުންތެރި އެއް ކައުންސިލްގެ ގޮތުގައެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދޭ އެކި އެވޯޑްތައް އެ ކައުންސިލުން ހޯދަމުންދާ މިންވަރު ފުދެއެވެ. ފުނަދޫއަށް މިއަދު އައިސްފައިވާ ތަރައްގީގެ ފަހަތުގައި އެތައް ބައެއްގެ ބުރަ މަސައްކަތާއި އިހުލާސްތެރި ގުރުބާނީތަކެއް ވާއިރު، އޭގެ ތެރެއިން ފޭއްދިގެން އަންނަ އެއް ނަމަކީ ކައުންސިލްގެ މިނިމިދާ ދައުރުގެ ރައީސް އަހްމަދު އިބްރާހީމްފ...