އެމްޑީއެންގެ މައްސަލައާއި ގުޅިގެން ތިލަދުންމަތީގެ ބައެއް މެންބަރުންގެ ކަންބޮޑުވުން
ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އޮތް ގޮތް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލަށް ފުރައްސާރަވާފަދަ ބަހުރުވަ ހުރި މައްސަލަ ހޫނުވެފައިވާ މިދަނޑިވަޅުގައި، ތިލަދުންމަތީ ތަމްސީލުކުރައްވާ ބައެއް ރައްޔިތުންގެ މަންދޫބުން އެބޭފުޅުންގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މިމައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޔާސިރު އަބުދުލް ލަޠީފު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެ...