މޯލްޑިވްސް ގޭހުގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން، އެ ކުންފުނީގެ ކަޝްޓަމަރުން ބައްލަވައިގަންނަވާ ކޮންމެ އެއްޗެއް މުޅިން ހިލޭ ލިބޭނެ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މޯލްޑިވްސް ގޭހުގެ 20 ވަނަ އަހަރީ ދުވަހަކީ މާދަމާޢެވެ. މިދުވަހުގެ މުނާސަބަތާއި ގުޅިގެން އެކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ 20 ވަނަ ކަސްޓަމަރަކަށް ބައްލަވައިގަންނަވާ ކޮންމެ އެއްޗެއް މުޅިން ހިލޭ ލިބޭނެ ޕްރޮމޯޝަނެއް ކުރިއަށްދާނެ ކަމަށް މޯލްޑިވް ގޭހުން ވިދާޅުވިއެވެ.

Ad
rt

މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 22:00 އަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެގޮތުން އެ ޕްރޮމޯޝަން ކުރިއަށް ދާނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ އައުޓްލެޓުންނެވެ.