ސަރުކާރަށް ދޫނުކޮށް މަޖިލިސްއިން ބިލްތައް ޑްރާފްޓް ކުރަނީ؟
ސަރުކާރުން މަޖިލީހަށް ފޮނުވަން ނިންމާފައިވާ ބިލުތައް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން ޑްރާފްޓް ކުރުމުގެ މަސައްކަތްތަކެއް ފަށާފައިވާކަމަށް އިއްޔެ އިއުލާންކުރެވިގެން ދިޔުމާއެކު ދެންއައީ ބަންޑަރަ ނައިބުގެ ނުސީދާ ނުރުހުމުގެ ޓުވީޓެކެވެ. އެކަމާ ގުޅިގެން ބަންޑާރަ ނައިބު އިބްރާޙީމް ރިފްއަތު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި، ސިޔާސަތުތައް ތަންފީޛުކުރާނެ ހަމަތައް ބަޔާނ...