ލާމަރުކަޒީ ކުރުމަށްޓަކައި، ފުރަތަމަވެސް ކުރަންވީ ކަމަކީ ބަޖެޓް ލާމަރުކަޒީ ކުރުންކަމަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރ އަލްއުސްތާޛް އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މެންބަރު އަލީ މިހެން ވިދާޅުވީ، ކުރައްވާފައިވާ ޓުވީޓެއްގައެވެ. ޓްވީޓްގައި އަލީ އިތުރަށް ވިދާޅުވެފައިވަނީ ބަޖެޓުގެ އިންވެސްޓްމަންޓްގެ ބައިން ކޮންމެ ބޮލަކަށް ޖެހޭ މިންވަރު އެމީހަކު ނިސްބަތްވާ ރަށަކަށް ޚަރަދުކުރަންވީ ކަމަށާއި، ހުރިހާ ފައިސާއެއް އެއްދިމާއަކަށް އޮއްސާލީމައި މަރުކަޒީ ފަންވަރު އިތުރުވެ ތޮއްޖެހުން އިންތިހާއަށް އިތުރުވާނެކަމަށެވެ.

ލާމަރުކަޒީ ކުރުމައްޓަކައި ފުރަތަމަވެސް ބަޖެޓު ލާމަރުކަޒީ ކުރަންވީ. ބަޖެޓުގެ އިންވެސްޓްމަންޓުގެ ބައިން ކޮންމެ ބޮލަކަށް ޖެހޭމިންވަރު އެމީހަކު ނިސްބަތްވާ ރަށަކަށް ޚަރަދުކުރަންވީ. ހުރިހައި ފައިސާއެއް އެއްދިމާލަކަށް އޮއްސާލީމަ މަރުކަޒީ ފަންވަރު އިތުރުވެ ތޮއްޖެހުން އިންތިހާާވާނެ.

— Ali Hussain (@AleeVoice) September 30, 2019

Ad
ooredoo

 

މެންބަރު އަލީ ފާހަގަ ކުރެވިފައިވަނީ ރައްޔިތުންގެ މަޖިލިސް މެންބަރުން ތެރެއިން އަބަދުވެސް ރައްޔިތުންގެ ހައްޤުގައި ޙާއްސަކޮށް ލާމަރުކަޒީ ނިޒާމާއި މާލެ ތޮއްޖެއްސުމާއި ދެކޮޅަށް ވާހަކަ ދައްކަވާ މެންބަރެއްގެ ގޮތުގައެވެ.