ހއ. އުތީމު ކައުންސިލާއި އެރަށުގައި ހުންނަ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން އުމުރުން ދުވަސްވީ މީހުންގެ ދުވަސް އެރަށުގައި ފާހަގަކޮށްފިއެވެ.
އުތީމު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދިޔަ މިހަރަކާތުގައި މިއަދުވަނީ އުތީމުގެ އުމުރުން ދުވަސްވީ މީހުން އުޅޭ ގޭގެޔަށް ޒިޔާރަތްކޮށް، އުމުރުން ދުވަސްވީ މީހުންނަށް ހަދިޔާ ދީފައެވެ.

މިއަދަކީ، ބައިނަލް އަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހެވެ. މިއަދުގެ އުތީމުގައި އޮތް ހަރަކާތުން އެރަށުގެ އުމުރުން ދުވަސްވީ މީހުނަށްވަނީ އުފާވެރިކަން ލިބިގެންގޮސްފައެވެ.
Discussion 0
Moderated