މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްއަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ ލާދީނީ ޖަމާއަތްކަމަށް ރާއްޖޭގެ މައި މިސްކިތް މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
އިބްރާހިމް ރަޝީދު މިހެން ބުނެފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް ޖަމިއްޔާއިން ތައްޔާރު ކުރި ރިޕޯޓެއްގައި ޤުރުއާނަށާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ބަދުބަސް ރައްދުވާ ގޮތަށް ލިޔެފައިވާ މައްސަލަ ބޮޑުވެފައިވަނިކޮށެވެ.
އިބްރާހިމް ރަޝީދު މިހެން ބުނެފައިވަނީ އޭނާ ރޭ ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްއެއްގައެވެ.
އިބްރާހިމް ރަޝީދު ވިދާޅުވިގޮތުގައި އެމްޑީއެންއަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ ލާދީނީ ޖަމާއަތްކަމަށާއި، މި ޖަމާއަތުގެ އިސްފަރާތްތައް ހައްޔަރުކުރުމަށް ގޮވާލާކަމަށް ބުނެފައި ވެއެވެ.
"އެމީހުން (އެމްޑީއެން) އިސްލާމްދީނަށް ކުރާ ފުރައްސާރަ އަކީ އޮޅިގެން ކުރެވުނު ކަމެއްނޫން. އެއީ ދިވެހި ފަސްގަނޑުން އިސްލާމް ދީން ފޮހެލުމަށްޓަކައި ލާދީނީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ބޮޑު ޖަރީމާއެއް"
އިބްރާހިމް ރަޝީދު ވިދާޅުވެފައިވެއެވެ.

މިހާރުގެ ޕޮލިސް ކޮމިޝަނަރ ބޯޑް މެންބަރުކަން ކުރައްވާފައިވާ މި ޖަމިއްޔާއަކީ އިންސާނީ ހައްޤާއި ޑިމޮކްރަސީ ހިމާޔަތްކުރުމަށް ރާއްޖޭގައި ރަޖިސްޓްރީ ކުރެވި ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.
އިބްރާހިމް ރަޝީދަކީ މި ސަރުކާރުން އިސްލާމީ މަރުކަޒުގެ އިމާމް ކަމަށް ކަނޑައަޅުއްވާފައިވާ ބޭފުޅެކެވެ. އިބްރާހިމް ރަޝީދަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ބޭފުޅެކެވެ.
އެމްޑީއެންގެ ރިޕޯޓުގައި އިސްލާމީ ހުދޫދު ތަކަކީ އަނިޔާގެ ގޮތުގައި ސިފަކޮށްފައިވާއިރު އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ "ޚިޔާލީ ވާހަކައެއް"ގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން ވެސް ކީރިތި ޤުރުއާނުގެ ސަބަބުން ގެވެށި އަނިޔާ އިތުރުވާ ކަމަށް ދޭހަވާ ގޮތަށް ވެސް އެ ރިޕޯޓުގައި ލިޔެފައިވާކަން ފާހަގަކުރެވެއެވެ.
މިއާއެކު އެމްޑީއެންގެ އިސްވެރިނަށް ގިނަ އަދަދެއްގެ ޢާންމުންނާއި، ދީނީ އިލްމުވެރިން އަދި ސިޔާސީ ފަރާތްތަކުން ފާޑުކިޔުން އަމާޒްވުމާއެކު ފުލުހުން ވަނީ އެމްޑީއެންގެ އިސްވެރިންގެ ފޮޓޯ ޢާންމު ކުރާ މައްސަލަ ބަލަމުން އަންކަމަށް ފުލުހުން ހާމަކުރައްވާފައެވެ.
ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށް ވަކާލާތުކޮށް ވެސް އެމްޑީއެންގެ ރިޕޯޓުގައި ލިޔެފައިވާއިރު އެކަމާއި ދެކޮޅަށް ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!