އިންޑިއާގެ ޖައްމު އަދި ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލައި، ގާނޫނީ އެންމެ މަތީ ބާރުތައް ބޭނުންކުރުމުގެ ހުއްދައާއެކު ދިހަހާހަށްވުރެ ގިނަ ސިފައިން އިންޑިއާގެ ސަރުކާރުން އެ ސަރަހައްދަށް ފޮނުވާފައިވާ މައްސަލައިގައި، އިސްލާމީ ގިނަ ގައުމުތަކަކުން ކަންބޮޑުވުން ފާޅުކޮށްއިންޑިއާ ސަރުކާރާ ދެކޮޅަށް އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ "އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން" އިން ނިންމާފައިވާ ނިންމުމަށް، ރާއްޖެ އޮތީ ތާއީދު ނުކުރާ ގޮތަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވޯލްޑް ފައިނޭންޝަލް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، އެ މައްސަލައާ ބެހޭގޮތުން އިންޑިއާގެ ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ކަޝްމީރު މައްސަލައަކީ އިންޑިއާގެ ދާހިލީ މައްސަލައެއް ކަމަށާއި، އޯއައިސީގެ ގޮވާލުން ރާއްޖޭން ގަބޫލު ނުކުރާނެ ކަމަށެވެ.

Ad
d

"އޯއިއިސީގެ ނިންމުމަށް ތާއީދުކުރެވޭކަށް ނެތް. އޯއައިސީގެ މަދު ގައުމެއްގައި ޑިމޮކްރަސީއެއް އޮތީ. ޑިމޮކްރަސީއެއް އޮތް އިންޑިއާ ފަދަ ގައުމެއްގެ އިންސާނީ ހައްގުތަކާބެހޭ ގޮތުން އޯއައިސީއަށް އެއްޗެއް ބުނެވޭނެކަމަކަށް ގަބޫލެއް ނުކުރަން،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ކަޝްމީރާ ގުޅޭ ކަންކަން ހިނގަންޖެހޭނީ އިންޑިއާ ސަރުކާރުގެ ތެރެއިން ކަމަށާއި، އެކަމުގައި އެހެން ގައުމުތައް ހިމަނަން ނުޖެހޭ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ކަޝްމީރުގައި އިންޑިއާ ސިފައިން ކުރިއަށް ގެންދާ ކަންތައްތަކަކީ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ހަރަކާތެއް ކަމަށް މުސްލިމު ގައުމުތަކުން އަންނަނީ ބުނަމުންނެވެ. އަދި އެ މައްސަލައިގައި ކަޝްމީރު ސަރަހައްދުގެ ރައްޔިތުން ވަނީ އިންޑިޔާ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފައެވެ.

Ad
df

ޖައްމު އަދި ކަޝްމީރާ ބެހޭގޮތުން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް 57 ގައުމު ހިމެނޭ "އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން" އޯއައިސީން އިންޑިއާ ސަރުކާރަށް ވަނީ ގޮވާލައިފައެވެ.