އެމްޓީޓީސީގެ މަސައްކަތުގެ ދުވެލި މެކުހަށްޖަހައި، ތައިލެންޑްގެ ހޮސްޕިޓާލިޓީ ކުންފުނި، ސެންޓާރާ އިން ރިސޯޓު ހެދުމަށް މާލެ އަތޮޅުން ކުއްޔަށް ނަގާފައިވާ ފަޅެއް ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ ސެންޓާރާގެ ހެޑް އޮފީހުގަ އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހު އެވެ. ސެންޓާރާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ތިރާޔުތް ޗިރަތިވަތް އެވެ.

Ad
rt

މިއެއްބަސްވުމުގެ ދަށުން 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން އެއްބަސްވެފައިވާއިރު،މާލެ އަތޮޅުގެ ފަޅަކުން 21 ހެކްޓަރުގެ ބިން ހިއްކައި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ބްރޭކް ވޯޓާ ގާއިމް ކުރުމުގެ މަސައްކަތް ކުރާނެ އެވެ.

އެމްޓީޓީސީއިން ސެންޓާރާފަދަ ބޮޑު ބައިނަލް އަޤްވާމީ ކުންފުންޏެއްގެ އިތުބާރު ހޯދުމަކީ، ކުންފުނީގެ ހުންގާނުގައި ހުންނެވި ސީއީއޯ ހަސަން ޝާހުގެ މާލިމީކަމުގެ ދަށުގައި ކުންފުނި ހޯދި ބޮޑުކާމިޔާބީ އެކެވެ. އެމްޓީސީއިން ދަނީ ސަރުކާރުގެ ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައްވެސް ހިންގަމުން، ތަފާތު ދައްކަމުންނެވެ.