Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,447 Stories
2,622 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް ހިލޭ ގޭސް ފޯރުކޮށްދިނުމަށް މޯލްޑިވް ގޭހުން ނިންމައިފި
Raajje

ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް ހިލޭ ގޭސް ފޯރުކޮށްދިނުމަށް މޯލްޑިވް ގޭހުން ނިންމައިފި

ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް ހިލޭ ގޭސް ފޯރުކޮށްދިނުމަށް މޯލްޑިވް ގޭހުން ނިންމައިފިއެވެ. މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޝިދާތާ ޝަރީފެވެ. މޯލްޑިވް ގޭހުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމެވެ. “ދައުލަތުން ކުދިން ބަލަހައްޓާއިރު، ދައުލަތުން ވެސް ބޮޑެތި ހަރަދުތަކެއް ކޮށްގެން އެކަން ކުރަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު. އެހެންމެ އެ ކުދިންނަށް ދޭންޖެހޭ ރައްކާ...

މަސްތުވާތަކެއްޗާއެކު ރ. ހުޅުދުއްފާރުން ދެ މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެއްޗާއެކު ރ. ހުޅުދުއްފާރުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ރ.އުނގޫފާރު ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި  މަސްތުވާތަކެއްޗާއެކު ދެ މީހަކު ރ. ހުޅުދުއްފާރުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުދުއްފާރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮކްޓޫބަރ...

އަފްޣާނިސްތާން ހަނގުރާމަ - ވޭތުވެދިޔަ ތިންމަހު 1174 މީހުން މަރުވެފައިވޭ: ޔޫއެން
International

އަފްޣާނިސްތާން ހަނގުރާމަ - ވޭތުވެދިޔަ ތިންމަހު 1174 މީހުން މަރުވެފައިވޭ: ޔޫއެން

އަފްޣާނިސްތާނުގައި ކުރަމުންދާ ހަނގުރާމައިގައި ފާއިތުވި 3 މަސްދުވަހު ދެވުނު ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ‘މީގެ ކުރިން ދުވަހަކުވެސް ނުވާ ވަރަށް އިތުރުވެފައިވާ’ ކަމުގައި އދ. އިން ހާމަކޮށްފިއެވެ. އެ ޖަމްއިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ފާއިތުވި ޖުލައި މަހުން ފެށިގެން ސެޕްޓެންބަރުގެ ނިޔަލަށް ދެވުނު ހަމަލާތަކުގައި 1174 މީހުން މަރުވެ، 3139 މީހުން ޒަޚަމްވެފައި ވާއިރު، މިއީ ފާއިތުވި އަހަރުގެ މި ތިން މަހާ އަޅާބަލާއިރު %42 ގެ އިތުރުވުމެކެވެ. ގިނަ މީހުން މަރުވެފައި ވަނީ […]

ޒުވާން ނެޓްބޯޅަ ޓީމު ދެވަނަ މެޗުގައި ނޭޕާލު ބަލިކޮށްފި
Sports

ޒުވާން ނެޓްބޯޅަ ޓީމު ދެވަނަ މެޗުގައި ނޭޕާލު ބަލިކޮށްފި

މިހާރު ނޭޕާލުގެ ވެރިރަށް ކަތަމަނޑޫގައި ފެށިގެން ކުރިއަށްދާ ސައުތު އޭސިއާގެ ފުރަތަމަ، 16 އަހަރުން ދަށުގެ ނެޓުބޯޅަ މުބާރާތުގައި ރާއްޖޭގެ ޒުވާން ނެޓުބޯޅަ ޤައުމީ ޓީމު ކުޅުނު ދެވަނަ މެޗުން، މުބާރާތް ބާއްވާ ނޭޕާލު ބަލިކޮށްފިއެވެ.   އިއްޔެ ރާއްޖެގެ ގަޑިން ހަވީރު ހަތަރުގަޑި ފަނަރާގައި، ނޭޕާލުގެ ވެރިރަށް ކަތަމަނޑޫގެ އާރމީ ފިޒިކަލް ޓްރެއިނިންގ އެންޑް ސްޕޯރޓްސް ސެންޓަރގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ނޭޕާލު ބަލިކޮށްފައިވަނީ 27-35 ޕޮއިންޓުންނެވެ.   މިމުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ […]

ނޮޅިވަރަމުން ދޫކޮށްފައިވާ ގޯތިތަކުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ވަގުތީ އަމުރެއް ނެރެފި
Thiladhunmathi News

ނޮޅިވަރަމުން ދޫކޮށްފައިވާ ގޯތިތަކުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ވަގުތީ އަމުރެއް ނެރެފި

ނޮޅިވަރަމުން ދޫކޮށްފައިވާ ގޯތިތަކުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ވަގުތީ އަމުރެއް ނެރެފި އެވެ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން މިރޭ ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ގޯތި ހޯދުމަށް ނޮޅިވަރަމް ކައުންސިލަށް ހުށައަޅާފައިވާ ފަރާތަކުން އެފަރާތަށް ޕޮއިންޓް ދިނުމުގައި ކައުންސިލުން އިހުމާލު ވެފައިވާ ކަމަށް ބުނެ ހުށައެޅި މައްސަލާގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައި ވާތީވެ، އެފަރާތުން ހުށައަޅާފައިވާ މައްސަލާއިގައި ވަކި ގޮތެއް ނިމެންދެން ކައުންސިލުން އެގޯތިތަކުގެ އެއްވެސް މަސައްކަތެއް ނ...

Thiladhunmathi News

ލެބޯޓަރީގެ ޚިދުމަތް ހއ. ތަކަންދޫގައި ފަށައިފި

ލެބޯޓަރީގެ ޚިދުމަތް ހއ. ތަކަންދޫގައި ފަށައިފި އެވެ. މިއަދު ހަވީރު ތަކަންދޫ ސިއްހީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މިލެބޯޓަރީ ހުޅުވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ. މިރަސްމިއްޔާތުގައި ބާރަށުދާއިރާގެ މެންބަރ އަޙްމަދު އަބްދުﷲ ވެސްވަނީ ބައިވެރިވެފައެވެ. ލެބޯޓަރީގެ ޚިދުމަތް ފެށުމާއެކު އާންމުކޮށް އެފަދަ ލެބޯޓަރީތަކުން ހެދޭ ޓެސްޓްތައް ތަކަންދޫ ހެދޭނެ ކަމަށާއި އެގޮތުން ލޭގެ ޓެސްޓްތަކާއި ޔޫރީން އަދި ކޮލެސްޓްރޯލް ޓެސްޓްތައް ހެދޭނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ރައިސުލްޖު...

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ ފަށައިިފި
Raajje

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ ފަށައިިފި

“މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019” ފަށައިިފި އެެވެ ސިއްހީ ދާއިރާއަށް ޚާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެގްޒިބިޝަން ކުރިއަށްދާނީ  މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އެކްސްޕޯ ހުޅުއްވައިދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު އެވެ. ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި، މި ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ އަދި ޚިދުމަތްތައް ދޭނެ ގޮތްތަކަށް ވިޔަފާރިތައް އަހުލުވެރި ކުރުވުމާއި، އެފަދަ ޚިދުމަތްތައް […]

ބޮޑު ތިލަދުންމަތީގެ މެންބަރުން ރައީސް އާއި ބައްދަލު ކޮށްފި
Thiladhunmathi News

ބޮޑު ތިލަދުންމަތީގެ މެންބަރުން ރައީސް އާއި ބައްދަލު ކޮށްފި

ތިލަދުންމަތީގެ މަޖިލިސް މެންބަރުންނާއި ރައީސް ބައްދަލު ކުރައްވައިފި އެވެ. ހއ ހދ އަދި ށ އަތޮޅު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ބައްދަލު ކުރެއްވުން އޮތީ އިއްޔެ ރައީސް އޮފީހުގައެވެ. President @ibusolih has today met with @mvpeoplesmajlis members representing Ha, Hdh Sh. Atoll constituencies. pic.twitter.com/DDUTxOeSoT — The President's Office (@presidencymv) October 17, 2019   އިހަވަންދޫ ދާއިރާގެ މެންބަރ ސިފާއު ވިދާޅުވިގޮތުގައި މިބައްދަލުވުމަކީ އެމްޑީޕީ މެންބަރުން އިސްނަގައިގެން ބޭއ...

Raajje

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދިޔާނާ އާއި މަހާޒުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުންގެ މަޖިލީހަށް މިއަދު ދެ ނަންފުޅެއް ހުށަހަޅުއްވައިފިއެވެ. ޤާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާނެ ބޭފުޅެއް ކަނޑައެޅުއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ ގދ. މަޑަވެލި، މޭނާ އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރުގެ ނަންފުޅާއި އައްޑޫ ސިޓީ ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛް ފާޠިމަތު ދިޔާނާ ސަޢީދުގެ ނަނ...

ޕޭޕަލް ނުލިބޭތީ ޝަކުވާ ބޮޑުވެ "ނޭޝަނަލް ޕޭމަންޓް ގޭޓްވޭ" ހަދަނީ
Raajje

ޕޭޕަލް ނުލިބޭތީ ޝަކުވާ ބޮޑުވެ "ނޭޝަނަލް ޕޭމަންޓް ގޭޓްވޭ" ހަދަނީ

ޕޭޕަލް ފަދަ މުހިއްމު ހިދުމަތްތައް ރާއްޖޭގައި ނުލިބޭކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބޭ ކަމަށާއި އެކަންތަކަށް ހައްލެއް ގެނައުމަށް މަރުކަޒީ ބޭންކުން ނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނަމުގައި ޕޭމަންޓް ސިސްޓަމެއް ހަދަމުން އަންނަކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް އިއްޔެ ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އިތުރަށް ވިދާޅުވީ ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ އަކީ، އަގުބޮޑު، ބޭނުން ކުރަން އުނދަގޫ އަދި އެންމެ...

އެމްޑީއެން ރިޕޯޓާއި މެދު އެދުރުންވެސް ބަސް ބުނަންވާނެ: ޑރ. އަލީ ފަވާޒް
Raajje

އެމްޑީއެން ރިޕޯޓާއި މެދު އެދުރުންވެސް ބަސް ބުނަންވާނެ: ޑރ. އަލީ ފަވާޒް

ކޮންމެ އެދުރަކު ވެސް އެ ބޭފުޅެއްގެ ބަސް ވިދާޅުވާން ޖެހޭ ކަމަށް ގައުމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވެއްޖެ އެވެ. ޑރ. ޝަރީޕް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ވިދާޅުވެ ފޭސްބުކްގައި ލިއުއްވި ސްޓޭޓަސްއެއްގައެވެ. “އަދި އަޅުގަނޑު ގަބޫލުކުރަނީ ކޮންމެ އެދުރަކުވެސް އެ ރިޕޯޓް ކިޔުއްވާ އެބޭފުޅެއްގެ ބަސް ބުނަންވާނެ ކަމަށެވެ. އަދި […]

އެކަނިވެރި މަންމައިންނާއި ބައްޕައިންނަށް 10،000 ރުފިޔާ ދޭން ރައީސް މިއަދު ނިންމަވައިފި
Raajje

އެކަނިވެރި މަންމައިންނާއި ބައްޕައިންނަށް 10،000 ރުފިޔާ ދޭން ރައީސް މިއަދު ނިންމަވައިފި

އެކަނިވެރި މަންމައިންނާއި ބައްފައިންނަށް 10،000 ރުފިޔާ ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފި އެވެ، އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް އިޞްލާޙުކުރަން ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގަ...

މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ޔޫނިއަނެއް އުފައްދައިފި
Raajje

މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ޔޫނިއަނެއް އުފައްދައިފި

މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ޔޫނިއަނެއް އުފައްދައިފިއެވެ. މާލޭ ޓެނަންޓްސް ޔޫނިއަން ނުވަތަ އެމްޓީޔޫ އަކީ އެތަށް ޒަމާންތަކެއް ވަންދެން މާލޭގައި ކުއްޔަށް ދިރިއުޅެމުން އައި މީހުންގެ ވޭނާއި ތުރާތަށް ހިއްސާކުރުމަށާއި އަދި ކުއްޔަށް ދިރިއުޅޭމީހުންގެ އަޑަށް ރަސްމީ ސިފައެއް ދިނުމުގެ ގޮތުން އުފެއްދިފައިވާ ޖަމިއްޔާއެކެވެ. މާލޭގައި ކުއްޔަށް ދިރިއުޅޭ ކޮންމެމީހަކަށްވެސް މިޖަމިއްޔާގައި ބައިވެރިވެ އެމީހެއްގެ ތަކުލީފުތަށް ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެކަމިއްޔާއިން ބުނެއެވެ. މިޖަމިއްޔާގެ...

Raajje

ކުޅުދުއްފުށި - ކޮޗިން ފެރީ: އިމިގްރޭޝަންގެ ކަންބޮޑުވުން

ހދ ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ކަނޑު މަގުން ފަށަން އުޅޭ ފެރީ ދަތުރުގެ ޚިދުމަތާ މެދު ކަންބޮޑުވުންތައްކެއް ހުރި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ. އިމިގްރޭޝަން އިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ މިއަދު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލު ކުރެއްވުމުން ދެއްވި ޖަވާބުގައެވެ. މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލު ކުރެއްވީ ކޮޗިން އަދި ކުޅުދުއްފުއްޓާ ދެމެދު ފެރީ ދަތުރު ފަށައިގެން، އޭގެއިން ދަތުރުކުރާ މީހުންގެ ރެކޯޑްސްތައް […]