މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ޔޫނިއަނެއް އުފައްދައިފިއެވެ.
މާލޭ ޓެނަންޓްސް ޔޫނިއަން ނުވަތަ އެމްޓީޔޫ އަކީ އެތަށް ޒަމާންތަކެއް ވަންދެން މާލޭގައި ކުއްޔަށް ދިރިއުޅެމުން އައި މީހުންގެ ވޭނާއި ތުރާތަށް ހިއްސާކުރުމަށާއި އަދި
ކުއްޔަށް ދިރިއުޅޭމީހުންގެ އަޑަށް ރަސްމީ ސިފައެއް ދިނުމުގެ ގޮތުން އުފެއްދިފައިވާ ޖަމިއްޔާއެކެވެ.
މާލޭގައި ކުއްޔަށް ދިރިއުޅޭ ކޮންމެމީހަކަށްވެސް މިޖަމިއްޔާގައި ބައިވެރިވެ އެމީހެއްގެ ތަކުލީފުތަށް ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެކަމިއްޔާއިން ބުނެއެވެ.
މިޖަމިއްޔާގެމައިގަނޑު މަގްސަދަކީ މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ހައްގުތަށް ހިމާޔަތްކޮށް ދިފާއުކުރުމާއި ކުއްޔަށް ދިރިއުޅޭމީހުންނަށް އެހީ ތެރިކަން ފޯރުކޮށްދިނުމާއި، ކުލީ ދިރިއުޅުމާއި ބޯހިޔާވަހިކަމާއި ގުޅޭ ރޭވިގެން ހިންގޭ ކެމްޕެއިން ހިންގުމެވެ.
މިޔޫނިއަނުން ކުރިޔަށް އޮތްތާނގައި ގިނަގުނަ ޚިދުމަތްތަކެއް ދިނުމަށް ދަނީ ރޭވެމުން. މިގޮތުން އެއްގެއިން އަނެއްގެއަށް ބަދަލުވާއިރު ދިމާވާ މައްސަލަތަކުގައި އެހީތެރިކަމާއި، ކޮންޓްރެކްޓު ހެދުމާއި އަދި އެހެނިހެން މައްސަލަތަކުގައި ވަކީލުންގެ އެހީތެރިކަމާއި އަދި ހޯމް އިންޝޫރަންސް ފަދަ ޚިދުމަތްތަށް ލިބޭނޭ ގޮތް ކުރިޔަށް އޮތްތާނގައި ހަދާދިނުމަށް ވަނީ ރޭވިފައި އަދި މެމްބަރުންގެ އެއްބާރުލުމާއި އެއްކޮށް ކުރިޔަށް ގެންދެވޭނޭ ކެމްޕެއިންތަކެއްވެސް ދަނީ ރޭވެމުން. އޭގެ ތެރޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ހައްގުތަށް ރައްކާތެރި ކުރުމަށް ގާނޫނު ހެދުމަށް ބާރުއެޅުމާއި އަދި ކުލި ކޮންޓުރޯލުކުރުމަށް ބާރު އެޅުން ހިމެނޭ.
އެޖަމިއްޔާއިން ބުނެފައިވެއެވެ.
ކުއްޔަށްދޭ ފަރާތުގެ ހައްގުގައި މިހާރުވެސް މަސައްކަތްކުރާ އެމްއެންއޭސީއައިފަދަ ބާރުގަދަ ޖަމިއްޔާތަށް ވީހިނދު މިހާތަނަށް ކުއްޔަށް ދިރިއުޅޭ މީހުން ރަމްޒުކޮށްދޭނޭ ސީދާ ޖަމިއްޔާއެއް އުފެއްދިފައެއް ނުވެއެވެ.
މާލޭ ސަރަހައްދުގައި ކުއްޔަށް ދިރިއުޅޭމީހުންނަކީ މާލޭގެ އާބާދީގެ %63 ނުވަތަ މެޖޯރިޓީއެވެ. މިހާ ގިނަބަޔެއްގެ އެދުންތަކަށް އެތަކެއް ދުވަސްވީ އިރުވެސް އެއްވެސް ސަރުކާރަކުން އަޅާނުލާ އޮތީ ކުއްޔަށް އުޅޭމީހުންގެ ސީދާ ޖަމިއްޔާއެއް ނެތުމުން ކަމުގައި ވެދާނެއެވެ. މިހެންކަމުން މިޖަމިއްޔާ ރެޖިސްޓުރީ ވުމަކީ މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ބޭނުންތަށް ފުރިހަމަ ކުރުމަށް އެޅޭ ބޮޑު އަދި މުހިންމު ފިޔަވަޅެކެވެ.
"އެމްޓީޔޫ އަބަދުވެސް މަސައްކަތްކުރާނީ ކުއްޔަށް ދިރިއުޅޭ އެއްމެން ޔޫނިއަންގައި ރަޖިސްޓްރީކޮށް، އެކަތިގަޑަކަށްވެ ކުލީގެ މައްސަލަ ހައްލުމުރުމަށް ކަމަށެވެ".
މާލޭ ޓެނަންޓްސް ޔޫނިއަންގެ އެއް މުއައްސިސް ޝާއިން ފާހަގަކުރި އެވެ.
އެޖަމިއްޔާއިން މަސައްކަތް ކުރާނީ ޑިމޮކްރެޓިކް ނިޒާމަކުން ޔޫނިއަން މެމްބަރުންގެ ފުރިހަމަ ރުހުމާއި އެއްގޮތަށްކަމަށް ހާމަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!